Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޓީއޯ

އެސްޓީއޯގެ ހުސްވި އަހަރުގެ އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު ހީނަރުވެއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެން 2025 ވަނަ އަހަރު އެސްޓީއޯގެ އާމްދަނީއަށް ހީނަރުކަމެއް އައި ނަމަވެސް، ކުންފުނީގެ ސާފު ފައިދާ ވަނީ 785 މިލިއަން ރުފިޔާއަށް އިތުރުވެފައި. ޚާއްޞަކޮށް ކޮންސްޓްރަކްޝަން، ހެލްތުކެއާ އަދި އިންޝުއަރެންސް ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ހިއްސާދާރުންނަށް ބަހާ ފައިދާވެސް ވަނީ އިތުރުކޮށްފައި.

ރާއްޖެ އެމްވީ | 3 މެއި 2026 | އާދީއްތަ 07:30
ހުޅުމާލޭ ރެއިން ކޯރަލް ރެސިޑަންސްގައި ޤާއިމްކޮށްފައިވާ "އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލެ" ރަސްމީކޮށް ހުޅުވި ރޭގެ މަންޒަރެއް.

ހުޅުމާލޭ ރެއިން ކޯރަލް ރެސިޑަންސްގައި ޤާއިމްކޮށްފައިވާ "އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލެ" ރަސްމީކޮށް ހުޅުވި ރޭގެ މަންޒަރެއް. | އެސްޓީއޯ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އާމްދަނީ އަށް އޭގެ ކުރީ އަހަރާ ބަލާއިރު ހީނަރުކަމެއް އައިސްފައިވާކަން އަހަރީ ރިޕޯޓުން ހާމަވެއްޖެ އެވެ. އެހެން ނަމަވެސް އަހަރީ ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ ވަނީ އިތުރުވެފައެވެ. 

އެސްޓީއޯގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އެ އަހަރު ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.68 ބިލިއަން ރުފިޔާއެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 16.76 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 0.5 އިންސައްތައިގެ ދަށްވުމެކެވެ. އާމްދަނީ ދަށްވީ ތެޔޮ ވިއްކި މިންވަރު 8 އިންސައްތަ އިތުރުވި ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށްވުމާ ގުޅިގެންނެވެ. ނަމަވެސް، އިންޝުއަރެންސާއި ގޭސް އަދި ޓްރޭޑިންގ ދާއިރާއިން ލިބުނު ކުރިއެރުމާއެކު، ޓެކްސަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 1.7 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ނަތީޖާތަކުން ހާމަވާ ގޮތުގައި އެސްޓީއޯގެ މައިގަނޑު ވިޔަފާރިއަކީ އަދިވެސް ތެލުގެ ދާއިރާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ގްރޫޕުގެ ޖުމްލަ އާމްދަނީގެ 70 އިންސައްތަ ހިއްސާކުރަނީ ތެލުގެ ވިޔަފާރިންނެވެ. ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ 3 އިންސައްތަ ދަށްވެ، 11.69 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

އެސްޓީއޯގެ ތެޔޮ ނޫން އެހެން ވިޔަފާރިތަކަށް ބަލާއިރު  ޓްރޭޑިންގ އާމްދަނީ 8 އިންސައްތަ އިތުރުވެ 3.39 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިންނެވެ. މި ދާއިރާގެ އާމްދަނީ 15 އިންސައްތަ އިތުރުވެ 718 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން ހެލްތުކެއާ ސޮލިއުޝަންސްއަށް 9 އިންސައްތައިގެ ކުރިއެރުމަކާއެކު 1.55 ބިލިއަން ރުފިޔާ ލިބުނުއިރު، އާންމު ވިޔަފާރިން 3 އިންސައްތައިގެ ކުރިއެރުމަކާއެކު 1.12 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ހިންގާ އިންޝުއަރެންސް ދާއިރާއިންވެސް ވަނީ 15 އިންސައްތައިގެ ކުރިއެރުމެއް ހޯދައި، 875 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. އަދި ކައްކާ ގޭހާއި، ސިއްހީ އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ގޭހުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން، ގޭހުގެ ވިޔަފާރިން ލިބުނު އާމްދަނީ ވަނީ 12 އިންސައްތަ އިތުރުވެ 291 މިލިއަން ރުފިޔާއަށް އަރާފައެވެ.

ކުންފުނީގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ޝިޕިންގ ދާއިރާއަށެވެ.  ޝިޕިންގ އާމްދަނީ ވަނީ 5 އިންސައްތަ ދަށްވެ 409 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ. 

މާލީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެސްޓީއޯއިން ކުރި މަސައްކަތުން، ދަރަންޏަށް ދައްކަންޖެހޭ އިންޓްރެސްޓް ނުވަތަ ފައިނޭންސް ކޮސްޓް ވަނީ 16 އިންސައްތަ ދަށްކުރެވިފައެވެ. އެގޮތުން 230 މިލިއަން ރުފިޔާއަށް އެ އަދަދު ތިރިކުރެވުނީ ލޯނުތަކުގެ އިންޓްރެސްޓް ކުޑަވުމާއި، ތެލުގެ ވިޔަފާރިއަށް ބޭނުންވާ ފައިސާ ހޯދުމުގައި ލުއި ގޮތްތަކެއް ހަމަޖެހުމުންނެވެ. މީގެ އިތުރުން، ކުންފުނީގެ އޮޕަރޭޓިންގ ކޭޝް ފްލޯ 2024 ވަނަ އަހަރު ހުރި 398 މިލިއަން ރުފިޔާއިން 1.1 ބިލިއަން ރުފިޔާއަށް ވަނީ ރަނގަޅުވެފައެވެ.

މި ކުރިއެރުންތަކާއެކު ވެސް، ކުންފުންޏަށް ފައިސާ ލިބުމުގައި ނުވަތަ ލިކުއިޑިޓީގެ ދަތިތަކެއް އަދިވެސް އެބަހުއްޓެވެ. އެގޮތުން ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުވަތަ ރިސީވަބަލްސް ވަނީ 7 އިންސައްތަ އިތުރުވެ 6.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މައިގަނޑު ގޮތެއްގައި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބެންޖެހޭ ފައިސާއެވެ. 

ވޭތުވެދިޔަ އަހަރު އެސްޓީއޯއިން ނިންމި އެންމެ މުހިންމު އެއް ނިންމުމަކީ ހުޅުމާލޭގައި ތަރައްގީކުރަމުންދިޔަ ހޮޓާ މަޝްރޫއު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދޫކޮށްލުމެވެ. 20 މިލިއަން ޑޮލަރުގެ މި މަޝްރޫއު ދޫކޮށްލީ ހުޅުމާލެއިން ބިމެއް ލިބޭ ގޮތަށެވެ. އެސްޓީއޯއިން ބުނި ގޮތުގައި މިއީ ކުންފުނީގެ ރައުސްމާލު އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށާއި، ކުންފުނީގެ މައިގަނޑު ވިޔަފާރިތަކަށް ސަމާލުކަން ދިނުމަށް ނިންމި ނިންމުމެކެވެ.

ހިއްސާދާރުންނަށް ލިބޭ މަންފާވެސް މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ބޯޑުން ވަނީ ހުށަހަޅާފައެވެ. މިއީ އޭގެ ކުރީ އަހަރު ބެހި 80 ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. އަދި އަހަރު ނިމުނުއިރު އެސްޓީއޯގެ ހިއްސާގެ އަގު 64 އިންސައްތަ އިތުރުވެ، ހިއްސާއެއްގެ އަގު ވަނީ 1,800 ރުފިޔާއަށް އަރާފައެވެ. މީގެ އިތުރުން ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން 2.03 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިއްސާގެ މުއާމަލާތްތައް ކުރި މިންވަރުވެސް ވަނީ 43 އިން 183 އަށް އިތުރުވެފައެވެ.

އެސްޓީއޯއެލައިޑް އިންޝުއަރެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

29 އެޕްރީލު 2026
ތެލުގެ އަގަށް އައި ބަދަލު ކަރަންޓުން ރިފްލެކްޓް ނުވާނެ ކަމަށް ފާހަގަކުރައްވާ ވަޒީރު ޒަމީރު ކަރަންޓު ބިލު ބޮޑުވުން ދިފާއު ކުރައްވައިފި

ތެލުގެ އަގަށް އައި ބަދަލު ކަރަންޓުން ރިފްލެކްޓް ނުވާނެ ކަމަށް ފާހަގަކުރައްވާ ވަޒީރު ޒަމީރު ކަރަންޓު ބިލު ބޮޑުވުން ދިފާއު ކުރައްވައިފި

29 އެޕްރީލު 2026
ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ބަލި މީހަކަށް ދޫކުރި މައްސަލައެއް ފެންމަތިވެއްޖެ

ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ބަލި މީހަކަށް ދޫކުރި މައްސަލައެއް ފެންމަތިވެއްޖެ

26 އެޕްރީލު 2026
2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ

2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ

19 އެޕްރީލު 2026
ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު، ރިޔާސަތުން ބުނީ އެއީ ހަގީގީ މައްސަލައެއް ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް

ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު، ރިޔާސަތުން ބުނީ އެއީ ހަގީގީ މައްސަލައެއް ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް

13 އެޕްރީލު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު