Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރަންޓު ބިލު

ތެލުގެ އަގަށް އައި ބަދަލު ކަރަންޓުން ރިފްލެކްޓް ނުވާނެ ކަމަށް ފާހަގަކުރައްވާ ވަޒީރު ޒަމީރު ކަރަންޓު ބިލު ބޮޑުވުން ދިފާއު ކުރައްވައިފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް އަންނަ ބަދަލުތަކުން ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވި. ކަރަންޓު ބިލުތައް ބޮޑުވުމުގެ ޝަކުވާ އާންމުން ކުރަމުންދިޔަ ނަމަވެސް، މި މަހުގެ ބިލުތަކަށް އިތުރު ޑިސްކައުންޓެއް ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ވަޒީރު ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 29 އެޕްރީލު 2026 | ބުދަ 13:09
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ | ރައީސް އޮފީސް

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލު ކަރަންޓުން ރިފްލެކްޓް ނުވާނެ ކަމަށް ފާހަގަކުރައްވައި، މާލީ ވަޒީރު މޫސާ ޒަމީރު ކަރަންޓު ބިލު ބޮޑުވުން ދިފާއު ކުރައްވައިފި އެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

ކަރަންޓު ބިލު ބޮޑު ވިޔަސް ޑިސްކައުންޓް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. މާޗު މަހަކީ ކޮންމެ އަހަރެއްގައި ވެސް ކަރަންޓު ބިލް ބޮޑުވާ ދުވަސްކޮޅެއް ކަމަށް ފާހަގަކުރައްވައި ވަޒީރު ވަނީ ކަރަންޓު ބިލު އާދަޔާއި ޚިލާފަށް ބޮޑުވުމުގެ މައްސަލަ ފާހަގަ ނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. ޒަމީރު ވިދާޅުވީ  ބިލުތަކަށް މި މަހު އިތުރު ޑިސްކައުންޓެއް ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. މީގެ އިތުރުން މާލޭގައި މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު 130 މެގަވޯޓަށް އަރާނެ ކަމަށާއި އެއީ 15% ގެ އިތުރުވުމެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.

"ތެލުގެ ސަބްސިޑީ އަށް ކުރާ ޚަރަދު ވަރަށް ބޮޑު. ތެލުގެ އަގަށް ސަބްސިޑީ ދިނުމުގައި އެސްޓީއޯގައި އޮންނަ ފޯމިއުލާ އަކަށް މި ބަލަނީ. ޓްރާންސްޕޯޓް ސެކްޓަރ އެވެސް އަގުތަށް އަތް ނުފޯރާ ހިސާބަށް ދާނެ ގޮތަކަށް ބަލައިގެން ތެޔޮ ލިބޭނެ ގޮތް ގޮތް ރޭވޭ. ޖެނެރަލީ އަގުތައް އަތް ނުފޯރާ ހިސާބަށް ދިޔަ ނުދިނުމަށް ފިޔަވަޅު އެބަ އަޅަން." ޒަމީރު ވިދާޅުވި އެވެ. 

އާއްމުން ދަނީ ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން އެކަމާއި މެދު ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުންނެވެ.  ތެލުގެ އަގު އާދަޔާއި ޚިލާފަށް ބޮޑުވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޒަމީރު ވަނީ ފާހަގަކުރައްވާފަ އެވެ.  ތެލުގެ ރިޒާވް ޤާއިމްކުރުމަށް 2 ފަޅެއް ބަލަމުންދާ ކަމަށާއި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެކަމަށް ބޭނުންވާ ސަރވޭގެ މަސައްކަތް ފަށާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން، އެކަމަށް ބޭނުންވާ ޑިޒައިންގެ މަސައްކަތްތަކާއި ފައިނޭންސިންގެ މަސައްކަތްތަކުގެ އިތުރުން ފީސިބިލިޓީ ހިމެނޭހެން ފައިނަލް ޕްލޭންއެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ ރައީސް ނިންމަވާ ގޮތަށް ކަމަށް ވަޒީރު ވިދާޅުވި އެވެ. 

މޫސާ ޒަމީރުމެދު އިރުމަތިކަރަންޓު ބިލްތެލުގެ އަގުއެސްޓީއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ބަލި މީހަކަށް ދޫކުރި މައްސަލައެއް ފެންމަތިވެއްޖެ

ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ބަލި މީހަކަށް ދޫކުރި މައްސަލައެއް ފެންމަތިވެއްޖެ

26 އެޕްރީލު 2026
އެލްޖީއޭގެ ރައީސް ކަމަށް މިނިސްޓަރު މޫސާ ޒަމީރު އައްޔަން ކުރައްވައިފި

އެލްޖީއޭގެ ރައީސް ކަމަށް މިނިސްޓަރު މޫސާ ޒަމީރު އައްޔަން ކުރައްވައިފި

24 އެޕްރީލު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު

19 އެޕްރީލު 2026
2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ

2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ

19 އެޕްރީލު 2026
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް

16 އެޕްރީލު 2026

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު