Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިހުސާނަށް ރުހުން ދިނުން

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ ގިނަ މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. މި ވޯޓުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަކި ގޮތަކަށް އަމަލުކުރަން ނިންމާފައި ނު ވާއިރު، ގިނަ މެންބަރުން ވޯޓު ދެއްވީ އަމިއްލަ ނިންމެވުމުގެ މަތިން ކަމަށް އެ ޕާޓީން ބުނޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 30 އެޕްރީލު 2026 | ބުރާސްފަތި 13:55
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގައި ބުދަ ދުވަހު ކުރިއަށްދިޔަ ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި، އެމްޑީޕީގެ ގިނަ މެމްބަރުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުންދޭން ވޯޓުދީފައިވާތީ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިހުސާން އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުކުރާ އެއް ބަޔަކީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުންނެވެ. އަދި އިހުސާން އަށް ކުރާ ކޮރަޕްޝަނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް މަޖިލީހަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅާފައިވެ އެވެ. އެހެންނަމަވެސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ފިޔަވައި އެހެން މެމްބަރުން ވަނީ އިހުސާން އަށް ރުހުން ދިނުމަށް ވޯޓުދެއްވާފަ އެވެ.  ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް އެ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. 

Advertisement - newsAdvertisement

އާއްމުން ވަނީ އިހުސާން އަށް މެމްބަރުން ރުހުން ދިން ސަބަބު ސާފުކޮށްދޭން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި އެ ނިންމުން ނިންމި ސަބަބު އާއްމުންނަށް ސާފުކޮށްދޭން ޖެހޭ ކަަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ބައެއް މެމްބަރުން ވަނީ އެ ވޯޓު ދެވުނު ގޮތާއި މެދު މަޢާފަށް އެދިވަޑައިގަންނަވާފަ އެވެ. މަޢާފަށް އެދުނު މެމްބަރުންގެ ތެރޭގައި ޑރ. އަޙްމަދު ޝަމްހީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހިމެނިވަޑައިގަންނަވަ އެވެ. 

އެމްޑީޕީގެ ޕީޖީގެ ނައިބު ލީޑަރ އަދި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވީ އިހުސާން އަށް ރުހުން ދިނުމާއި މެދު ވަކި ގޮތަކަށް ވޯޓު ދިނުމަށް ޕާޓީ އިން ނުނިންމާ ކަމަށެވެ. އެހެންކަމުން މެމްބަރުން ވޯޓު ދިން ގޮތަކީ މެމްބަރުންގެ އަމިއްލަ ވިސްނުމާއި އެއްގޮތަށް ދިން ވޯޓެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. 

އިހުސާން އަށް ރުހުން ދޭން ވޯޓުދިން މެމްބަރުންނަކީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު،  ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު، މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އެވެ.

އެމްޑީޕީ ޕީޖީ ގުރޫޕުގެ ހުރިހާ މެންބަރުން ރުހުން ދީފައި ނުވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު އަލީ ޝަރީފަށެވެ. 

އަލީ އިހުސާންއެމްޑީޕީރައްޔިތުންގެ މަޖިލިސްމިނިސްޓަރ މުޙައްމަދު ސަޢީދުހީނާ ވަލީދު އަލީ ޝަރީފު

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީރު އިހުސާންގެ ނުސީދާ ތުހުމަތެއް ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ދީދީ އަށް

ވަޒީރު އިހުސާންގެ ނުސީދާ ތުހުމަތެއް ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ދީދީ އަށް

30 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް

އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް

30 އެޕްރީލު 2026
މީކާއިލް ސަޕޯޓަރުންނަށް: ވާދަކުރާ ފަރާތްތަކަށް މަލާމާތުގެ ބަސްތައް، ފުރައްސާރައިގެ ބަސްތައް ރައްދު ނުކުރޭ

މީކާއިލް ސަޕޯޓަރުންނަށް: ވާދަކުރާ ފަރާތްތަކަށް މަލާމާތުގެ ބަސްތައް، ފުރައްސާރައިގެ ބަސްތައް ރައްދު ނުކުރޭ

29 އެޕްރީލު 2026
ރައީސް މުއިއްޒަށް ތައުރީފް ކޮށްލީމާ ޖަވާބު ދެވުނީ އެވެ. ސުވާލާ ގުޅުމެއް ނެތަސް އޯކޭ އެވެ.

ރައީސް މުއިއްޒަށް ތައުރީފް ކޮށްލީމާ ޖަވާބު ދެވުނީ އެވެ. ސުވާލާ ގުޅުމެއް ނެތަސް އޯކޭ އެވެ.

29 އެޕްރީލު 2026
ރައީސް މުއިއްޒުގެ ކެބިނެޓުގެ 14 ވަޒީރުންނަށް މަޖިލީހުން ރުހުން ދީފި

ރައީސް މުއިއްޒުގެ ކެބިނެޓުގެ 14 ވަޒީރުންނަށް މަޖިލީހުން ރުހުން ދީފި

29 އެޕްރީލު 2026

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު