Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އެމްއޭސީއެލްގައި ބޮޑެތި މުސާރަ ދޭ ސިޔާސީ މަގާމުތަކެއްގައި ބަޔަކު ތިބިކަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެއްޖެ

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް މުއިއްޒު ވަނީ ސީދާ ސުވާލަށް ޖަވާބު ނުދެއްވައި، ކުންފުނިތައް އިސްލާހުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފައި. ރައީސް މުއިއްޒު ވިދާޅުވީ ޕާފޯމަންސްއާއި މަސައްކަތުގެ ފަރުވާތެރިކަމާއި، ވަޒީފާއަށް ގަޑިއަށް ނުކުތުމާއި ހާޒިރީއާއި އެ ނޫން ވެސް ކަންކަމަށް ބެލުމަށްފަހު މުވައްޒަފުން މަދު ކުރުމަށް އަންގާފައިވާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 އެޕްރީލު 2026 | ހޯމަ 07:59
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގައި ބޮޑެތި މުސާރަ ދޭ ސިޔާސީ  މަގާމުތަކެއްގައި ބަޔަކު ތިބިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް މުއިއްޒު ވަނީ ސީދާ ސުވާލަށް ޖަވާބު ނުދެއްވައި، ކުންފުނިތައް އިސްލާހުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ ޕާފޯމަންސްއާއި މަސައްކަތުގެ ފަރުވާތެރިކަމާއި، ވަޒީފާއަށް ގަޑިއަށް ނުކުތުމާއި ހާޒިރީއާއި އެ ނޫން ވެސް ކަންކަމަށް ބެލުމަށްފަހު މުވައްޒަފުން މަދު ކުރުމަށް އަންގާފައިވާ ކަމަށެވެ. 

ވަރަށް ގިނަ އިސްލާހީ ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ގާނޫނާ ގަވާއިދާ އެއްގޮތް ވާ ގޮތުގެ މަތީން ކުންފުނިތަކުގައި އޮންނަ އިޖުރާއަތްތާ އެއްގޮތަށް އެހުރިހާ ކަމެއް ކުރިއަށް ގެންދާނެ ކަމަށެވެ. 

އެމްއޭސީއެލް އެކަންޏެއް ނޫން. ޖުމްލަކޮށް ހުރިހާ އެސްއޯއީތަކުގައި ވެސް މުވައްޒަފުންގެ އަދަދު މަދު ކުރުމަށް މިހާރު އެއޮތީ ފިނޭންސް މިނިސްޓަރު ޕީސީބީއަށް އަންގާފައި. ޕަރފޯމަންސް ބޭސްޑްކޮށް ބައްލަވާފައި މަސައްކަތުގެ ފަރުވާ ތެރިކަން ހުރި މިންވަރާއި ނޫނިއްޔާމުން ވަޒީފާއަށް ގަޑިއަށް ނުކުމޭތޯ ހާޒިރިއާއި މިހުރިހާ ކަމަކަށް ބަލާފައި އަދި ކުންފުންނީގެ ހިންގުމަށް ބަލާފައި. މިހުރިހާ ކަމަކަށް ބަލާފައި މުވައްޒަފުންގެ އަދަދު މަދު ކުރުމަށް މިހާރު އެވަނީ އަންގާފައި. އަދި އޭއާ ގުޅިގެން ކުރަން ޖެހޭ މަސައްކަތް ކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު މަދު ކުރުމަށް މިހާރު އެ މަސައްކަތްތަކެއް ކުންފުނިތަކުގެ މެދުގައި ފެށިފައި. ވަރަށް ގިނަ އިސްލާހީ ހެޔޮ ބަދަލުތަކެއް އަންނާނެ. 
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އެމްއޭސީއެލްގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓު ވެސް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. 

އަޅުގަނޑާ ހަމައަށް ތިޔަ ކަހަލަ ލިސްޓެއް ވެސް ނާދޭ. ޖުމްލަ ކޮށް ހުރިހާ އެސްއޯއީތަކަށް މިިހާރު ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އަންގާފައި މުވައްޒަފުންގެ އަދަދު މަދުކުރަން ތިން ބައި ކުޅަ އެއްބައި މަދު ކުރަން. ކުރެވެން ހުރި ހުރިހާ ތަނެއްގައި. މަދުކުރާއިރުގައި އެކަށީގެންވާ ވަރަށް މުސާރަ ލިބޭ ފަރާތްތައް ކަމުގައި ވިޔަސް މިދެންނެވިހެން ޕާފޯމަންސް ބޭސްޑް ކޮށް ތަނަށް ބޭނުން ނުކުރެވޭ މީހުން ކަމަށްވަންޏާ ތަނުގައި އޮންނަ މިންގަނޑުތަކާ ހިލާފަށް ހުރި ކަމެއް ވެއްޖެއްޔާ ހުރިހާ ކަމެއް ރަނގަޅު ކުރަން. ހުރިހާ އެސްއޯއީތަކުގެ ތެރޭގައި މިދެންނެވި މަސައްކަތް ހިނގާނެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު މިމޭރުން ވާހަކަފުޅު ދެއްކެވިއިރު، ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރެވޭނީ ސީދާ ރައީސްއަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ. އަދި އެކްސްގައި އާންމުކޮށްފައިވާ ލިސްޓުން އެނގޭ ގޮތުގައި އެމްއޭސީއެލް އިން 50،000 އިން ދަށުގެ އެކި ބޮޑު މުސާރަތައް ލިބޭ 85 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުންނާއި ނޫސްވެރިއަކު ހިމެނެ އެވެ. އެ ލިސްޓާ އެކު އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. 

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

 500 ސިޔާސީ މުވައްޒަފުން ވަކިކުރަން އުޅޭ ވާހަކަ، ޗީފް ސްޕޯކްސްޕާސަން މުންދު ދޮގު ކުރައްވައިފި

500 ސިޔާސީ މުވައްޒަފުން ވަކިކުރަން އުޅޭ ވާހަކަ، ޗީފް ސްޕޯކްސްޕާސަން މުންދު ދޮގު ކުރައްވައިފި

18 އެޕްރީލު 2026
މި ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުއްވިޔަސް، ރައްޔިތުންގެ އިތުބާރެއް ދެން ނުލިބޭނެ: ތަޒްމީލް

މި ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުއްވިޔަސް، ރައްޔިތުންގެ އިތުބާރެއް ދެން ނުލިބޭނެ: ތަޒްމީލް

17 އެޕްރީލު 2026
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް

16 އެޕްރީލު 2026
ރާއްޖޭގެ ސަރަހައްދުތަކާބެހޭ މައްސަލަތައް ބެލުމަށް "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސް މުއިއްޒު އުފައްދަވައިފި

ރާއްޖޭގެ ސަރަހައްދުތަކާބެހޭ މައްސަލަތައް ބެލުމަށް "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސް މުއިއްޒު އުފައްދަވައިފި

16 އެޕްރީލު 2026
ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސް މުއިއްޒު އުފައްދަވައިފި

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސް މުއިއްޒު އުފައްދަވައިފި

16 އެޕްރީލު 2026

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު