Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރްޓީއައި ޤާނޫނު

ރައީސް އޮފީހުން އާރްޓީއައި ޤާނޫނާ ޚިލާފުވުމުން އޭޖީއަށް ގޯސްވީ އާރްޓީއައި ހުށަހަޅާ ފަރާތްތައް، ވިދާޅުވީ އިދާރާތަކުގެ ވަގުތު ބޭކާރުކުރާކަމަށް!

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ އާރްޓީއައިތަކަށް ރައީސް އޮފީހުން ޖަވާބު ނުދޭ މައްސަލައިގައި، ބައެއް ފަރާތްތަކުން އެ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އާރްޓީއައިތަކަށް ޖަވާބު ނުދޭ އިދާރާތަކަށް ފިޔަވަޅު އެޅުމަކީ އޭޖީ އޮފީހުގެ މަސްއޫލިއްޔަތެއް ނޫންކަމަށް އުޝާމް ވިދާޅުވި ނަމަވެސް، ގާނޫނުގެ ވެރިކަން ނަގަހައްޓައި ދައުލަތުގެ އިދާރާތަކަށް އިރުޝާދު ދިނުމަކީ އެ އޮފީހުގެ ޒިންމާއެއް. ރައީސް އޮފީހުން ތަކުރާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 މެއި 2026 | ބުދަ 09:23
ބަންޑާރަނައިބު އަހުމަދު އުޝާމް

ބަންޑާރަނައިބު އަހުމަދު އުޝާމް | ރާއްޖެ އެމްވީ

ރައީސް އޮފީހުން ޤާނޫނާ ޚިލާފުވެފައިވާކަމަށާއި، ފިޔަވަޅު އަޅާނެކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިންވެސް ބުނެފައިވާއިރު، އާރްޓީއައި. ހުށަހަޅާ ފަރާތްތައް ގޯސްކުރައްވައި ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ވާހަކަ ދައްކަވައިފިއެވެ.

ރައީސް އޮފީހުން އާރްޓީއައި.ތަކަށް ޖަވާބު ނުދޭކަމުގެ ޝަކުވާ އެތައް ބަޔަކު ދަނީ ކުރަމުންނެވެ. އެގޮތުން ރައީސް އޮފީހަށް ރައްދުވާގޮތަށް ރާއްޖެޓީވީގެ ފަރާތުން އައިކޮމްއަށް ހުށަހަޅާފައިވާ މައްސަލައަށް އެކަނި ބަލާލި ނަމަވެސް، ރައީސް އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައިނުވާކަން ފެންނަން އެބައޮތްކަމަށް އައިކޮމްގެ ރައީސް އާހިދު ރަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. އަދި ތަކުރާރުކޮށް ރައީސް އޮފީހުން ޤާނޫނާ ޚިލާފުވަމުން ގޮސްފައިވާތީ އައިކޮމްއިން ވަނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ.

Advertisement - newsAdvertisement

އެހެންވެ ބުދަ ދުވަހު އޭޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީން ވާނީ ދައުލަތުގެ އިދާރާތަކުން ޤާނޫނުތަކަށް ބޯނުލަނބާއިރު، އެކަމާ ގުޅިގެން އޭޖީ އޮފީހުން އެއްވެސް އެންގުމެއް އަންގާފައިވާނެތޯ ސުވާލުކޮށްފައެވެ.  

އެ ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، އާރްޓީއައި. ޤާނޫނަކީ ވަރަށް މުހިއްމު މަޤްސަދެއްގައި އެކުލަވާލާފައިވާ ޤާނޫނެއް ކަމަށާއި، އާރްޓީއައި. ޤާނޫނު ހެޔޮ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

އެހެން ނަމަވެސް، ގިނަފަހަރު ފެނިގެންދަނީ އާރްޓީއައި. ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތަންކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބައެއް ފަރާތްތަކުން ހުށަހަޅާ އާރްޓީއައިތަކުގެ ސަބަބުން އިދާރާތަކުގެ ވަރަށް ގިނަ ވަގުތުތައް އެކަމަށް ހޭދަކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އާރްޓީއައި ހުށަހެޅުމަކީ ޤާނޫނުން ހުއްދަކޮށްގެން، ޤާނޫނުގެ ތަރަހައިގެ ތެރެއިން ކުރާ ކަމެއްކަން ހުދު އުޝާމްވެސް ޤަބޫލު ކުރައްވައެވެ.

އަޅުގަނޑުވެސް ޤަބޫލުކުރާ ގޮތުގައި އާރްޓީއައި ޤާނޫނު ހެޔޮ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމަކީ ބޭނުންތެރިކަމެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ފެނިގެން މިދަނީ އާރްޓީއައި ޤާނޫނު އެބިއުސްކުރާތަން ވެސް އެބަފެނޭ. ސަރުކާރުގެ ބައެއް އިދާރާތަކުގެ ވަރަށް ގިނަ ވަގުތު އެބަ ހޭދަކުރަންޖެހޭ ބައެއް ފަރާތްތަކުން އާރްޓީއައި ޤާނޫނު ބޭނުންކޮށްގެން ކުރާ ކަންތައްތަކުގެ ސަބަބުން.
ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް

އުޝާމް އިތުރަށް ވިދާޅުވީ، އާރްޓީއައިތަކަށް ޖަވާބު ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، ޖަވާބު ނުދިން ނަމަވެސް ފިޔަވަޅު އެޅުމަކީ އޭޖީ އޮފީހުގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

އާރްޓީއައިތަކަށް ޖަވާބު ނުދީގެން ފިޔަވަޅު އެޅުން އެއީ އޭޖީ އޮފީހުގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ނަމަވެސް، ދައުލަތުގެ އިދާރާތަކުން ކުރާ އެފަދަ ކަންކަމާ ގުޅިގެން އަންގަން ޖެހޭ އެންގުންތައް އެންގުމުގެ ބާރު ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނުން އެ އޮފީހަށް ލިބިފައިވެއެވެ. އަދި ޤާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތް ކުރުމަކީ އޭޖީ އޮފީހުގެ ޒިންމާއެއްކަމަށް ވެސް 2025 ގައި އަމަލު ކުރަން ފެށި އެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

 

އައިކޮމްމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫއަހްމަދު އުޝާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަވާބެއް ނެތް ނޫސްވެރިންގެ ބައްދަލުވުންތައް: މޫނުތަކާއި މަގާމުގެ ނަންތައް ބަދަލުވި ނަމަވެސް، ކަން ހިނގާ ގޮތަކަށް ބަދަލެއް ނާދޭ

ޖަވާބެއް ނެތް ނޫސްވެރިންގެ ބައްދަލުވުންތައް: މޫނުތަކާއި މަގާމުގެ ނަންތައް ބަދަލުވި ނަމަވެސް، ކަން ހިނގާ ގޮތަކަށް ބަދަލެއް ނާދޭ

30 އެޕްރީލު 2026
ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން އަމިއްލައަށް އެއްބަސްވެއްޖެ!

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން އަމިއްލައަށް އެއްބަސްވެއްޖެ!

26 އެޕްރީލު 2026
ރައީސް އޮފީހުން އާރްޓީއައިތަކަށް ޖަވާބުދޭއިރު ޤާނޫނުގައިވާ މުއްދަތަށް އިހުތިރާމް ނުކުރާކަމުގެ ކަންބޮޑުވުން ރާއްޖެޓީވީން ފާޅުކޮށްފި!

ރައީސް އޮފީހުން އާރްޓީއައިތަކަށް ޖަވާބުދޭއިރު ޤާނޫނުގައިވާ މުއްދަތަށް އިހުތިރާމް ނުކުރާކަމުގެ ކަންބޮޑުވުން ރާއްޖެޓީވީން ފާޅުކޮށްފި!

26 އެޕްރީލު 2026
ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި މައްސަލައިގައި ރައީސް އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައެއް ނެތް!

ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި މައްސަލައިގައި ރައީސް އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައެއް ނެތް!

26 އެޕްރީލު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

22 މާރިޗު 2026

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު