Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރުގެ ޙުކުމް

މަރުގެ ޙުކުމާ ގުޅޭ ޤާނޫނު ހެދުމަށް މަޖިލީހުގެ މި ދައުރުގައި ހުށަހަޅާނެކަމަށް ރައީސް ވިދާޅުވިނަމަވެސް އޭޖީ ވިދާޅުވީ މި ދައުރަށް ހުށަހެޅެން ނެތްކަމަށް!

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާއިރު، މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެ ބިލު ހުށަހެޅޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެ. ބިލުގެ ބޮޑު ބައެއް ނިމިފައިވީ ނަމަވެސް، ދީނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން، ބިލު ހުށަހެޅޭނީ މަޖިލީހުގެ ދެވަނަ ދައުރުގައި ކަމަށް އޭނާ ފާހަގަކުރެއްވި. މަރުގެ ޙުކުމް ތަންފީޒުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، އެކަމަށް ބޭނުންވާ ހަރުދަނާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތް ކުރިއަށްދާނެ ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 މެއި 2026 | ބުދަ 09:35
ޖޭއެސްސީގެ މެންބަރަކަށް ބަންޑާރަ ނައިބު އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޖޭއެސްސީގެ މެންބަރަކަށް ބަންޑާރަ ނައިބު އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

މަރުގެ ޙުކުމް ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނު ހެދުމަށް މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، މި ދައުރަށް އެ ބިލު ހުށަހެޅޭނެކަމަށް ފެނިވަޑައިނުގަންނަވާކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މަރުގެ ޙުކުމް ތަންފީޒުކުރުން ޤާނޫނީ ގޮތުން ކަށަވަރު ކުރަން ޖެހޭ ކަމަށާއި، މިއަދާ ހަމައަށް އައިއިރުވެސް މިކަމާ ގުޅޭ އެއްވެސް ޤާނޫނެއް ނެތްކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ޚާއްޞަ ޤާނޫނެއް ގެނައުމުގެ ބިލުގެ މަސައްކަތް މިހާރު ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާކަން 23 މާރޗު 2026 ގައި ހާމަ ކުރައްވާފައެވެ. އަދި މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެ ބިލު ހުށަހަޅުއްވާނެކަމަށް އެ ދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މި ދައުރުގެ ތެރޭގައި ހުށަހަޅަން ޤަސްދުކުރައްވާ ބިލުތަކުގެ ތަފްސީލު އޭޖީ ދެއްވިއިރު، އެ ބިލުގެ ވާހަކަ ހިމަނުއްވާފައެއް ނުވެއެވެ. އެހެންވެ އެކަމާ ގުޅޭގޮތުން ރާއްޖެޓީވީން ސުވާލު ކުރުމުން އުޝާމް ވިދާޅުވީ، މަރުގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ބޭނުންވާނެ ކަމަށާއި، އެ މަސައްކަތް އޭޖީ އޮފީހުން މިހާރު ކުރަމުންދާކަމަށެވެ.

އެހެންނަމަވެސް ރައީސް އެ ވިދާޅުވެފައިވާ ގޮތަށް މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެ ބިލު ހުށަހެޅޭނެކަމަށް ޤަބޫލު ނުކުރެވޭކަމަށް އުޝާމް ވިދާޅުވިއެވެ.

މަރުގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން، ރައީސް އެ ފާހަގަ ކުރެއްވި ފަދައިން އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ މި ދައުރުގެ ތެރޭގައި އެ ބިލު ހުށަހެޅޭތޯ، އެހެންނަމަވެސް އަޅުގަނޑަކަށް ހިއެއް ނުވޭ، މިހާރު ޤަބޫލެއް ނުކުރެވޭ މި ދައުރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހުށަހެޅޭނެކަމަކަށް. އެއީ މަޖިލީހުގެ މި ދައުރު އެބަ ނިމޭ މި މަހު 15 ގައި
ބަންޑާރަނައިބު އަހުމަދު އުޝާމް 

އުޝާމް ވިދާޅުވީ، މަޖިލީހުގެ ދެވަނަ ދައުރުގެ ތެރޭގައި އެ ބިލު ހުށަހެޅޭނެކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ، އެ ބިލުގެ ބޮޑު ބައިގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

މީގެ އިތުރުން، އެކަމުގެ ބާވަތުން ބަލަންޖެހޭ ވަރަށް ގިނަ ކަންކަން ވެސް އެބަހުރިކަން ފާހަގަ ކުރައްވައި އުޝާމް ވިދާޅުވީ، ދީނީ އޭންގަލްތަކުން ވެސް ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ އެ ކަންކަން ބެލުމުގެ މަސައްކަތްކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، މަރުގެ ޙުކުމް ތަންފީޒުކުރާ ވާހަކަ ދައްކާއިރަށް ބައިނަލްއަޤުވާމީ ގޮތުން ޝަކުވާތައް އަންނަ ކަމަށާއި، ނަމަވެސް މަރުގެ ޙުކުމް ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ. އަދި އެއީ ސުވާލެއް އޮތް ކަމެއް ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.  

އުޝާމްގެ އިތުރުން، މި ސަރުކާރުގެ ދާޚިލީ ވަޒީރު އަލީ އިޙްސާން ވެސް ވަނީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މަރުގެ ހުކުމްއަހްމަދު އުޝާމްމުއިއްޒުގެ ސަރުކާރުމަރުގެ އަދަބު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް އޮފީހުން އާރްޓީއައި ޤާނޫނާ ޚިލާފުވުމުން އޭޖީއަށް ގޯސްވީ އާރްޓީއައި ހުށަހަޅާ ފަރާތްތައް، ވިދާޅުވީ އިދާރާތަކުގެ ވަގުތު ބޭކާރުކުރާކަމަށް!

ރައީސް އޮފީހުން އާރްޓީއައި ޤާނޫނާ ޚިލާފުވުމުން އޭޖީއަށް ގޯސްވީ އާރްޓީއައި ހުށަހަޅާ ފަރާތްތައް، ވިދާޅުވީ އިދާރާތަކުގެ ވަގުތު ބޭކާރުކުރާކަމަށް!

06 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލައި ބިރުދައްކާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލައި ބިރުދައްކާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

05 މެއި 2026
ރައީސްގެ ދަތުރުފުޅާ ގުޅުވައި ލަންކާގައި ތިބި ދިވެހިންނަށް ބިރު ދެއްކުން: ޚާރިޖީ ވުޒާރާއިން ބުނީ އެކަހަލަ އެއްވެސް މައުލޫމާތެއް ލިބިފައި ނެތްކަމަށް!

ރައީސްގެ ދަތުރުފުޅާ ގުޅުވައި ލަންކާގައި ތިބި ދިވެހިންނަށް ބިރު ދެއްކުން: ޚާރިޖީ ވުޒާރާއިން ބުނީ އެކަހަލަ އެއްވެސް މައުލޫމާތެއް ލިބިފައި ނެތްކަމަށް!

05 މެއި 2026
ކުދިން ތިބީ ނަފްސާނީވެ ބިރުގެންފައި: ރައީސް ވަޑައިގަންނަވާ ތަނަށްގޮސް ހަޅުތާލު ކުރާކަށް ނެތިން!

ކުދިން ތިބީ ނަފްސާނީވެ ބިރުގެންފައި: ރައީސް ވަޑައިގަންނަވާ ތަނަށްގޮސް ހަޅުތާލު ކުރާކަށް ނެތިން!

04 މެއި 2026
ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ދެނީ "ވެއިޓިންގ ލިސްޓެއްގެ" ދަރަޖަ!

ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ދެނީ "ވެއިޓިންގ ލިސްޓެއްގެ" ދަރަޖަ!

03 މެއި 2026

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު