Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުވައްޒަފުން ވަކިކުރުން

500 ސިޔާސީ މުވައްޒަފުން ވަކިކުރަން އުޅޭ ވާހަކަ، ޗީފް ސްޕޯކްސްޕާސަން މުންދު ދޮގު ކުރައްވައިފި

ސަރުކާރުގެ އޮނިގަނޑު އިސްލާހުކުރުމުގެ މަސައްކަތުގެ ދަށުން ސިޔާސީ މުވައްޒަފުންގެ ފެންވަރު ބެލުމަށް ފަހު ބަދަލުތައް ގެންނަމުންދާނީ ވަކި އަދަދެއް ކަނޑައަޅާފައި ނުވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި. މިނިސްޓްރީތަކުން ފޮނުވާ ޕާފޯމެންސް ރިޕޯޓްތަކަށް ބަލައި މުވައްޒަފުން ވަކިކުރުމާއި އެހެން މަގާމުތަކަށް ބަދަލުކުރުން ކުރިއަށްދާނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ނަތީޖާ ނެރެވޭނެ ގާބިލު މީހުން ކަށަވަރުކުރުމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 18 އެޕްރީލު 2026 | ހޮނިހިރު 10:36
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ޢައްޔަންކުރެއްވި ހރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ޢައްޔަންކުރެއްވި ހރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ތެރެއިން 500 މުވައްޒަފުން ވަކިކުރަން އަންގާފައިވާ ކަމަށް ބުނެ މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް މައުލޫމާތެއް ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވަކި އަދަދެއް ކަނޑައަޅައިގެން އެ އަދަދަށް މީހުން ވަކިކުރުމަށް ނޫން ކަމަށެވެ. އަދި ރައީސްގެ ސިޔާސަތުތަކަށް އިޚްލާސްތެރިކަމާއެކު އެންމެ ފުރިހަމަ އެއްބާރުލުން ދެއްވޭނެ ބޭފުޅުން އެބޭފުޅެއްގެ ފަންނުވެރިކަމާ ގުޅުންހުރި ދާއިރާއެއްގައި ހުންނަވާނެ ކަމަށް މުންދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު، މަޤާމުތަކުން ވަކިކުރާނެ މުވައްޒަފުންގެ އަދަދު އެނގޭނީ މިހާރު ކުރިއަށްދާ ޕާފޯމެންސް ރިޕޯޓްތައް ބަލައި އިވެލުއޭޓް ކުރުމަށްފަހުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި އެކަމުގައި ސަރުކާރުގެ ވަކި އަދަދެއް ނެތްކަމަށް ތަކުރާރުކޮށް މުންދު ވަނީ ވިދާޅުވެފަ އެވެ. 

މުންދު ވިދާޅުވީ، ގާތްގަނޑަކަށް ހުރިހާ މިނިސްޓްރީތަކެއްގެ މެންޑޭޓަށް އައި ބަދަލުތަކާއެކު އޮނިގަނޑު ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ރައީސް އޮފީހުގެ އެންގުމަށް ހުރިހާ ސިޔާސީ މުވައްޒަފުންގެ ޕާފޯމެންސް ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީތަކުން ކުރަމުންދާއިރު، މިއީ ކޮންމެ އަހަރަކު ވެސް ކުރަމުން އަންނަ އާންމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް ހުރިހާ ރިޕޯޓެއް ލިބި އިވެލުއޭޝަންތައް އެއްކޮށް ނިމެންދެން ސަރުކާރުން މަޑު ނުކުރާނެ ކަމަށާއި، ރިޕޯޓްތައް ލިބި އިވެލުއޭޝަންތައް ނިމެމުންދާ ވަރަކަށް މުވައްޒަފުން ވަކިކުރުމާއި، އެކި ތަންތަނަށް އަލުން އެސައިން ކުރުމުގެ މަސައްކަތް ކުރަމުންދާކަން މުންދު ފާހަގަކުރެއްވި އެވެ.

އިވެލުއޭޝަންތަކުގެ މައިގަނޑު ބޭނުމަކީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން ކަމަށާއި، ސަރުކާރުގެ އަމާޒަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ނަތީޖާ ނެރެދޭ، ގާބިލު ބޭފުޅުންނަށް ހެދުން ކަމަށް މުންދު ވަނީ ވިދާޅުވެފަ އެވެ.

 ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުގެ އަދަދު ރައީސް ވައުދުވެ ވަޑައިގެންނެވި ވަރަށް ވުރެ އިތުރު ކަން ސަރުކާރުގެ ރަސްމީ ތަފާސް ހިސާބުތަކުން ވެސް ދައްކަ އެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ސިޔާސީ މަގާމުތަކުގައި 922 މުވައްޒަފުން ތިބި ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވަނީ ވައުދުވެފަ އެވެ. 

އިދިކޮޅު ފާރާތްތަކުން ތުހުމަތު ކުރާ ގޮތުގަ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 3000 އަށް ވުރެ ގިނަ އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)ސިޔާސީ މުވައްޒަފުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ސަރަހައްދުތަކާބެހޭ މައްސަލަތައް ބެލުމަށް "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސް މުއިއްޒު އުފައްދަވައިފި

ރާއްޖޭގެ ސަރަހައްދުތަކާބެހޭ މައްސަލަތައް ބެލުމަށް "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސް މުއިއްޒު އުފައްދަވައިފި

16 އެޕްރީލު 2026
ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސް މުއިއްޒު އުފައްދަވައިފި

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސް މުއިއްޒު އުފައްދަވައިފި

16 އެޕްރީލު 2026
10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް

10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް

14 އެޕްރީލު 2026
އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު

އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު

14 އެޕްރީލު 2026
ވަޒީރު ތިޔަ ވިދާޅުވަނީ ސިއްހީ ނިޒާމް ބަލިކަށިވީ ސީދާ ރައީސް އޮފީހާއި ގުޅުން ނެތިގެން ކަމަށްތޯ؟

ވަޒީރު ތިޔަ ވިދާޅުވަނީ ސިއްހީ ނިޒާމް ބަލިކަށިވީ ސީދާ ރައީސް އޮފީހާއި ގުޅުން ނެތިގެން ކަމަށްތޯ؟

11 އެޕްރީލު 2026

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު