Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރަހައްދު އޮފީސް ގާއިމުކުރުން

ރާއްޖޭގެ ސަރަހައްދުތަކާބެހޭ މައްސަލަތައް ބެލުމަށް "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސް މުއިއްޒު އުފައްދަވައިފި

މި އޮފީހުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތައް ކަނޑައެޅުމާއި، ސަރަހައްދީ ހައްގުތައް ރައްކާތެރިކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ފޯރުކޮށްދިނުން ހިމެނޭ. މި އިދާރާގެ މަސައްކަތްތައް އަމަލީގޮތުން ފެށުމަށްޓަކައި މުވައްޒަފުން ހޯދުމާއި އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ރައީސް އޮފީހުން މިހާރު ދަނީ ކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 16 އެޕްރީލު 2026 | ބުރާސްފަތި 14:51
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް ބުރާސްފަތި ދުވަހު ރަސްމީކޮށް އުފައްދަވައިފި އެވެ.

މި އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި ހިނގާ އޮފީހެއް ކަމަށް ރައީސް އޮފީހުން ހާމަކުރެއްވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި އޮފީހަކީ، ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރެއްވި އޮފީހެކެވެ. މި އޮފީސް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހުން ކުރަމުންގެންދާނެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ޚިލާފުތަކާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުން ހިމެނެ އެވެ.

އަދި ދިވެހިރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައަޅައި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މި އޮފީހުން ކުރާނެ މަސައްކަތެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި އިދާރާގެ މަސައްކަތްތައް ޢަމަލީގޮތުން ފެއްޓެވުމަށް ޓަކައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތަކާއި، އެ އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސްރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

16 އެޕްރީލު 2026

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސް މުއިއްޒު އުފައްދަވައިފި

16 އެޕްރީލު 2026
ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސް މުއިއްޒު އުފައްދަވައިފި
16 އެޕްރީލު 2026

ރައްޔިތުންނަށް ހެވާ ލާބަޔަަށް އެދޭ ކަަމަށްވާނަމަ، ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގެންނެވުން: ފަލާހު

16 އެޕްރީލު 2026
ރައްޔިތުންނަށް ހެވާ ލާބަޔަަށް އެދޭ ކަަމަށްވާނަމަ، ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގެންނެވުން: ފަލާހު
15 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު

15 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު
15 އެޕްރީލު 2026

ރާއްޖޭގެ ރައްޔިތުން ގޭހަށް ބޭހަށް ޖެހެމުންދާއިރު، ރައީސް މުއިއްޒުއާ ވެރިކަން ހަވާލު ކޮށްގެން ތިބެވެން ނެތް: ޝިފާޒު

15 އެޕްރީލު 2026
ރާއްޖޭގެ ރައްޔިތުން ގޭހަށް ބޭހަށް ޖެހެމުންދާއިރު، ރައީސް މުއިއްޒުއާ ވެރިކަން ހަވާލު ކޮށްގެން ތިބެވެން ނެތް: ޝިފާޒު
15 އެޕްރީލު 2026

ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

15 އެޕްރީލު 2026
ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު