Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒާތީ މައުލޫމާތު

ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ޑޭޓާ ޕްރޮޓެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ ޒާތީ މައުލޫމާތު އެއްކުރުމާއި، ބޭނުންކުރުމާއި އަދި ރެގިއުލޭޓުކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް މި ބިލުގެ ދަށުން ކަނޑައެޅިގެންދާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވި. މި ގާނޫނުގެ ސަބަބުން މައުލޫމާތު ބޭނުންކުރުމުގައި ހާމަކަން ބޮޑުވެ ޖަވާބުދާރީކުރުވޭނެ ނިޒާމެއް ގާއިމުވެގެންދާނެކަމަށް ސަރުކާރުން ބުނޭ. ނަމަވެސް، މިފަދަ ގާނޫނެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ސަރުކާރުން ބޭނުންވާ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެދާނެތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 މެއި 2026 | ބުދަ 10:06
އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް

އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް | ރައީސް އޮފީސް

އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަށް ޑޭޓާ ޕްރޮޓެކްޝަން ބިލެއް މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް އެފަދައިން ވިދާޅުވީ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އުޝާމް ވިދާޅުވީ، މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މައުލޫމާތު ބޭނުން ކުރުމުގެ ނިޒާމެއް ޤާއިމު ކުރުމަށް ހުށަހަޅާ ބިލެއް ކަމަށެވެ.

މި ބިލުގެ ދަށުން އެފަދަ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގެ ނިޒާމެއް ގާއިމު ކުރެވިގެންދާނެކަމަށް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާ މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓުކުރުމާ ބެހޭ އުސޫލުތައް ވެސް މި ޤާނޫނުގެ ދަށުން ކަނޑައެޅޭނެކަން އުޝާމް ފާހަގަ ކުރެއްވިއެވެ.

މިއީ ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާ މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅާ، އެ ފަރާތްތައް ރެގިއުލޭޓުކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅާނެ ބިލެއް ގާނޫނެއް.
ބަންޑާރަނައިބު އަހުމަދު އުޝާމް 

ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނެއް ގެނައި ނަމަވެސް، އެ ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ސަރުކާރުން ބޭނުންވާ ފިޔަވަޅުތައް އެޅުމަށް މި ޤާނޫނުގެ ބޭނުން ހިފާނެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވެއެވެ.

 

 

 

އަހްމަދު އުޝާމްމަޖިލިސް އިދާރާޤާނޫނީ ނިޒާމް

އިތުރަށް ކިޔާލަން

06 މެއި 2026

މަރުގެ ޙުކުމާ ގުޅޭ ޤާނޫނު ހެދުމަށް މަޖިލީހުގެ މި ދައުރުގައި ހުށަހަޅާނެކަމަށް ރައީސް ވިދާޅުވިނަމަވެސް އޭޖީ ވިދާޅުވީ މި ދައުރަށް ހުށަހެޅެން ނެތްކަމަށް!

06 މެއި 2026
މަރުގެ ޙުކުމާ ގުޅޭ ޤާނޫނު ހެދުމަށް މަޖިލީހުގެ މި ދައުރުގައި ހުށަހަޅާނެކަމަށް ރައީސް ވިދާޅުވިނަމަވެސް އޭޖީ ވިދާޅުވީ މި ދައުރަށް ހުށަހެޅެން ނެތްކަމަށް!
06 މެއި 2026

ރައީސް އޮފީހުން އާރްޓީއައި ޤާނޫނާ ޚިލާފުވުމުން އޭޖީއަށް ގޯސްވީ އާރްޓީއައި ހުށަހަޅާ ފަރާތްތައް، ވިދާޅުވީ އިދާރާތަކުގެ ވަގުތު ބޭކާރުކުރާކަމަށް!

06 މެއި 2026
ރައީސް އޮފީހުން އާރްޓީއައި ޤާނޫނާ ޚިލާފުވުމުން އޭޖީއަށް ގޯސްވީ އާރްޓީއައި ހުށަހަޅާ ފަރާތްތައް، ވިދާޅުވީ އިދާރާތަކުގެ ވަގުތު ބޭކާރުކުރާކަމަށް!
22 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

22 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"
15 މާރިޗު 2026

ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި

15 މާރިޗު 2026
ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި
08 މާރިޗު 2026

ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!

08 މާރިޗު 2026
ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު