Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޝާ ޑޮކިއުމަންޓްރީ

އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު

"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ޕީޖީ އޮފީހުން އިސްނަގައިގެން އެދިގެން ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި. ނަމަވެސް، މި މައްސަލައިގައި ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި ދުވަހު ފުލުހުން އެ ނޫސް އިދާރާއަށް ވަދެފައިވާކަން ފާހަގަކުރެވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 އެޕްރީލު 2026 | ބުރާސްފަތި 10:57
ފުލުހުން އަދަދު ނޫހުގެ އޮފީހުގައި ހަރަކާތްތެރި ވަނީ

ފުލުހުން އަދަދު ނޫހުގެ އޮފީހުގައި ހަރަކާތްތެރި ވަނީ | ރާއްޖެ އެމްވީ

އޮންލައިން ނޫސް "އަދަދު" ގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފެށީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އަންގައިގެންކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު ވިދާޅުވީ، އަދަދު ނޫހުން ހެދި ޑޮކިއުމަންޓްރީގެ މައްސަލައިގައި ތަހުގީގު ކޮށްދޭން އެދި ހުށަހަޅަން ނުޖެހުނު ކަމަށާއި، ސަބަބަކީ ޕީޖީ އޮފީހުން އިސްނަގައިގެން ފުލުހުންނަށް އެ މައްސަލަ ތަހުގީގުކޮށްދޭން އެދިފައިވާތީ ކަމަށެވެ.

Advertisement - newsAdvertisement

މުންދު ވިދާޅުވި ގޮތުގައި ޕީޖީން އިސްނަގައިގެން ލިއުމުން ވަނީ އެ މައްސަލަ ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅާފައެވެ.

ޕީޖީ އޮފީހުގެ އިތުރުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އެ މައްސަލަ ބަލަމުންދާކަން އަދަދު ނޫހަށް އަންގާފައިވާކަން މުންދު ފާހަގަ ކުރެއްވިއެވެ.

މުންދު އެހެން ވިދާޅުވި ނަމަވެސް، އަދަދު ނޫހަށް ވަދެ އެތަން ރެއިޑްކުރަން ފުލުހުން ދިޔައީ ރައީސް ޑރ މުޙައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައިގައި ފިޔަވަޅު އެޅުއްވުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލެއްވި ދުވަހުކަން ފާހަގަ ކުރެވެއެވެ. އަދި ކޮންޓްރޯލް ކޮމިޝަނުންވެސް އެ މައްސަލައާ ގުޅޭގޮތުން ބަޔާނެއްވެސް ނެރެފައިވަނީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހުއެވެ.

އައިޝާ ޑޮކިއުމެންޓްރީއަދަދު ނޫސްރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)

އިތުރަށް ކިޔާލަން

30 އެޕްރީލު 2026

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ ރާއްޖެއަށްވުރެ ފަހަތުގައި ތިބި ޤައުމުތައް ކުރިއެރުމުންކަމަށްވެސް ވެދާނެ: މުންދު

30 އެޕްރީލު 2026
ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ ރާއްޖެއަށްވުރެ ފަހަތުގައި ތިބި ޤައުމުތައް ކުރިއެރުމުންކަމަށްވެސް ވެދާނެ: މުންދު
30 އެޕްރީލު 2026

ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ "ސައިޒް ކުޑަކުރުމުގެ" މަސައްކަތް ނިމުމުންކަމަށް މުންދު ވިދާޅުވެއްޖެ

30 އެޕްރީލު 2026
ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ "ސައިޒް ކުޑަކުރުމުގެ" މަސައްކަތް ނިމުމުންކަމަށް މުންދު ވިދާޅުވެއްޖެ
30 އެޕްރީލު 2026

ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި

30 އެޕްރީލު 2026
ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި
29 އެޕްރީލު 2026

އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް

29 އެޕްރީލު 2026
 އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް
29 އެޕްރީލު 2026

އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

29 އެޕްރީލު 2026
އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު