Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރު ދީދީއަށް ތުހުމަތުކުރުން

ވަޒީރު އިހުސާންގެ ނުސީދާ ތުހުމަތެއް ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ދީދީ އަށް

އަދަދު ނޫހުން އާންމުކުރި ޑޮކިއުމަންޓްރީއެއްގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ހޯމް މިނިސްޓަރު އަލީ އިހުސާން ނުފޫޒު ފޯރުވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ތުހުމަތުތައް މިނިސްޓަރު ދޮގުކުރެއްވި. މިނިސްޓަރު ވިދާޅުވީ އެއްވެސް ތަހުގީގަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 30 އެޕްރީލު 2026 | ބުރާސްފަތި 11:03
ކުރީގެ އުއްތަމަފަނޑިޔާރު ދީދީ އަދި މިނިސްޓަރ އަލީ އިހުސާން

ކުރީގެ އުއްތަމަފަނޑިޔާރު ދީދީ އަދި މިނިސްޓަރ އަލީ އިހުސާން | ސޯޝަލް މީޑިއާ

 ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މަޤާމުގައި ހުންނެވި ދުވަސްވަރު އަމަލުކުރީ ރަނގަޅަށް ނޫންކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވައި، ހޯމް މިނިސްޓަރ އަލީ އިހުސާން ދީދީ އަށް ނުސީދާ ތުހުމަތުތަކެއް ކުރައްވައިފި އެވެ.

އަދަދު ނޫހުން އާއްމު ކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ އަދަދު އޮފީހަށް ވަދެ ފުލުހުން ވަނީ އެތަން ބަލާ ފާސްކޮށްފަ އެވެ. އެކަމާއި ގުޅޭ ގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވަނީ އެ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ބާރު މިނިސްޓަރަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. ދީދީ ވަނީ އެ ޑޮކިއުމަންޓްރީގެ ތަހުގީގަށް ވަޒީރުގެ ނުފޫޒު ފޯރުވާކަން އިހުސާން  ސޯޝަލްމީޑިއާގައި ކުރައްވާފައިވާ ޕޯސްޓުތަކުން ހާމަވާ ކަމަށް ވިދާޅުވެފަ އެވެ. ދީދީ ވަނީ އެ ތަހުގީގު މިނިވަންކަމާއި ނަޒާހަތްތެރިކަމާ އެކު ހިންގުމަށް ފުލުހުންނަށް ފުރުސަތު ލިބޭ މިންވަރާއި މެދު ސުވާލު އުފައްދަވައި، އެ ތަހުގީގު މިނިވަންކަމާއި އެކު ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

ދީދީގެ އެ ވާހަކަތަކާއި ގުޅިގެން އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިފައި ނުވާތީ އެ ބާރު ބޭނުން ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި މިނިސްޓަރ ވަނީ އެ މަނިކުފާނު ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ، ދީދީ ''އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ގޮތަކަށް ނޫން'' ކަމަށް ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރގެ އެ ވާހަކަތަކުން އުއްތަމަ ފަނޑިޔާރުކަމުގައި ދީދީ ހުންނެވި ދުވަސްވަރު ލިބިވަޑައިގެންފައި ނެތް ބާރެއް ބޭނުންކުރެއްވުން، ނުވަތަ ނުފޫޒު ބޭނުންކޮށްގެން ކަންތައްތަކެއް ކުރައްވާފައިވާ ކަމަށް ދޭހަވެ އެވެ. ނަމަވެސް ވަޒީރު އެފަދަ ތުހުމަތެއް ކުރެއްވި ސަބަބު ތަފްސީލްކޮށް ވިދާޅުވެފަ އެއް ނުވެ އެވެ. 

އަޙްމަދު ޢަބްދުﷲ ދީދީއަލީ އިހުސާންއައިޝާ ޑޮކިއުމެންޓްރީއަދަދު

އިތުރަށް ކިޔާލަން

30 އެޕްރީލު 2026

އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު

30 އެޕްރީލު 2026
އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު
30 އެޕްރީލު 2026

ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި

30 އެޕްރީލު 2026
ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި
29 އެޕްރީލު 2026

އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް

29 އެޕްރީލު 2026
 އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް
29 އެޕްރީލު 2026

އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

29 އެޕްރީލު 2026
އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!
28 އެޕްރީލު 2026

އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް

28 އެޕްރީލު 2026
އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު