Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައިޝާ ޑޮކިއުމެންޓްރީ

ނުފޫޒުން ބޭރުން "އައިޝާ" ޑޮކިއުމެންޓްރީ ގެ މައްސަލަ ތަހުގީގު ކުރަން، ހާއްސަ އިންވެސްޓިގޭޓަރ އެއް އައްޔަންކުރަން ޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު އަބްދުﷲ ދީދީ

"އަދަދު" ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ހޯމް މިނިސްޓަރު ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި، އެ މައްސަލަ ބެލުމަށް މިނިވަން އިންވެސްޓިގޭޓަރަކު އައްޔަންކުރުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ގޮވާލައްވައިފި. މިނިސްޓަރުގެ ބަސްމަގު ހުރި ގޮތުން ފުލުހުންނަށް މިނިވަންކަމާއެކު ތަހުގީގު ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، މި މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 30 އެޕްރީލު 2026 | ބުރާސްފަތި 13:24
ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ)

ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) | އެކްސް

"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގަށް ދާޚިލީ  ވަޒީރު އަލީ އިހުސާނު ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވައި، އެ މައްސަލަ ބެލުމަށް މިނިވަން ހާއްސަ އިންވެސްޓިގޭޓަރެއް އައްޔަންކުރުމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ގޮވާލައްވައިފި އެވެ. ބުދަ ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، މި މައްސަލަ ނަޒާހަތްތެރިކަމާއެކު ތަހުގީގު ކުރުމުގެ ގާބިލުކަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ލިބިފައި ނުވާނަމަ، މިނިވަން އިންވެސްޓިގޭޓަރަކު އައްޔަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިހާރު ކަން ހިނގަމުންދާ ގޮތުން، ފުލުހުންނަށް މިނިވަންކަމާއެކު މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޑރ. ދީދީ ފާހަގަކުރެއްވި ގޮތުގައި، ހޯމް މިނިސްޓަރު އަލީ އިހުސާން ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓުތަކުން އެ ތަހުގީގަށް ނުފޫޒު ފޯރުވާކަން އެނގެން އެބައޮތެވެ. ޖިނާއީ ތަހުގީގުތައް ހިންގާ ފުލުހުންގެ މުއައްސަސާ އަކީ ދާޚިލީ ވަޒީރުގެ ބެލުމުގެ ދަށުން ހިނގާ ތަނެއް ނަމަވެސް، ފުލުހުން ކުރިއަށްގެންދާ އެއްވެސް ތަހުގީގަކަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ނުފޫޒު ފޯރުވުމުގެ ގާނޫނީ ބާރެއް ވަޒީރަށް ލިބިވަޑައިގެންފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މިނިސްޓަރު އިހުސާން ވިދާޅުވެފައި ވަނީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ހައްގަކަށް ވީނަމަވެސް، އެއީ ދޮގު މައުލޫމާތު ފަތުރައިގެން މީހުންގެ އަބުރު ކިލަނބުކުރުމަށް ދީފައިވާ "ލައިސަންސެއް" ނޫން ކަމަށެވެ. މިނިސްޓަރުގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ތަހުގީގު ނިމުމުގެ ކުރިން އެއީ "ދޮގު މައުލޫމާތު" ކަމަށް މިނިސްޓަރު ކަނޑައެޅުއްވުމަކީ ތަހުގީގަށް ނުފޫޒު ފޯރުވު މެވެ.

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން "އަދަދު" ނޫހާ މެދު ސަރުކާރުން ފިޔަވަޅު އަޅަމުންދާތީ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ދަނީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަކީ ޑިމޮކްރަސީގެ އަސާސެއްކަން ފާހަގަކޮށް، މި ހައްގުތަކަށް އުނިކަން ލިބޭ ފަދަ އަމަލުތައް ހިންގުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް ބުނަމުންނެވެ.

ޑރ. ދީދީ އިތުރަށް ވިދާޅުވީ، "އައިޝާ" ޑޮކިއުމެންޓްރީގެ ތަހުގީގަކީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަހުގީގަކަށް ހެދުމަށްޓަކައި، އެ މަސައްކަތް ހާއްސަ އިންވެސްޓިގޭޓަރަކާ ހަވާލުކުރުމަކީ މިވަގުތަށް އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.

އަދަދުއައިޝާ ޑޮކިއުމެންޓްރީޕްރެސް ފްރީޑަމްހޯމް މިނިސްޓަރު އަލީ އިޙްސާނުޑރ. އަހުމަދު އަބްދުﷲ ދީދީކުރީގެ އުއްތަމަ ފަނޑިޔާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީރު އިހުސާންގެ ނުސީދާ ތުހުމަތެއް ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ދީދީ އަށް

ވަޒީރު އިހުސާންގެ ނުސީދާ ތުހުމަތެއް ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ދީދީ އަށް

30 އެޕްރީލު 2026
އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު

އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު

30 އެޕްރީލު 2026
ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި

ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި

30 އެޕްރީލު 2026
 އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް

އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް

29 އެޕްރީލު 2026
އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

29 އެޕްރީލު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު