Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޝާ ޑޮކިއުމަންޓްރީ

އައިޝާ ޑޮކިއުމަންޓްރީގެ ތަހުގީގަށް އައިޝަތު އީޝާ ފުލުހަށް ހާޒިރުވާން އަންގައިފި

5 މެއި 2026 | އަންގާރަ 08:02

"އަދަދު" ނޫހުން ޝާއިއުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޛުފުކުރި ކަމުގެ ތުހުމަތުގައި، އައިޝަތު އީޝާ އަޝްރަފް ފުލުހަށް ހާޒިރުވާން އަންގައިފި. މި މައްސަލައިގައި މީގެ ކުރިން އެ ނޫހުގެ އިސްވެރިންނާ ސުވާލުކޮށްފައިވާއިރު، ތަހުގީގަށް ހިފަހައްޓާފައިވާ ތަކެތީގެ ފާސްވޯޑް ދިނުމަށް ކޯޓުން އަމުރުކުރި ނަމަވެސް މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން އެ ނޫހުން ވަނީ އެކަމަށް އިންކާރުކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 މެއި 2026 | އަންގާރަ 08:02
ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް މަޤާމުތައް ފުރާފައިވާ އައިޝަތު އީޝާ އަޝްރަފް

ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް މަޤާމުތައް ފުރާފައިވާ އައިޝަތު އީޝާ އަޝްރަފް | ފޭސްބުކް

އަދަދު ނޫހުގެ ސޯޝަލް މީޑިއާގައި ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް  ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް މަޤާމުތައް ފުރާފައިވާ އައިޝަތު އީޝާ އަޝްރަފް ހާޒިރުވާން އަންގައިފިއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް އޭނާ ހާޒިރުވުމަށް އަންގާފައިވަނީ 5 މެއި 2026 ވާ ބުދަ ދުވަހުގެ ރޭގަނޑު 21:00 އަށް ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށެވެ.

ފުލުހުން ފޮނުވާފައިވާ ޗިޓުގައި ވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ 2026 މާރޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގެ އެކްސް އެކައުންޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒަށް ގަޛުފުކޮށް، އައިޝާ ނަމުގައި ހަދާފައިވާ ޑޮކިއުމަންޓްރީގައި އޭނާގެ ބައިވެރިވުން އޮތް ކަމަށެވެ.

މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ އިތުރުން، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ) ވެސް ސުވާލުކޮށްފައެވެ. ޤާނޫނުން ލިބިދޭ ޙައްޤުގެ ބޭނުންކޮށް ފިޔާޒުގެ އިތުރުން ހަސަނުވެސް ނިންމީ މަސްދަރު ހާމަނުކޮށް، ހަނު ހުރުމަށެވެ.

 މީގެ އިތުރުން، ފުލުހުން ހިންގާ ތަހުގީގަށް، އެ ނޫހުގެ އޮފީހުން ގެންދިޔަ ލެޕްޓޮޕްތަކާއި ހާޑް ޑްރައިވްތަކުގެ ފާސްވަރޑް ފުލުހުންނަށް ދިނުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް މި މައްސަލައާ ގުޅުންހުރި މަސްދަރުތަކުގެ އިތުރުން، އެހެން މައްސަލަތަކާ ގުޅިގެން މައުލޫމާތު ދީފައިވާ ފަރާތްތަކަކީ ކޮބައިކަން ވެސް ޕާސްވަރޑް ދިނުމުން ހާމަވެދާނެ ކަމުގެ ބިރު އޮތުމުން އަދަދު ނޫހުން ވަނީ ޕާސްވޯޑު ހިއްސާ ނުކުރުމަށް ނިންމާފައެވެ.

އަދަދުއައިޝާ ޑޮކިއުމެންޓްރީފުލުހުން-ރައްޔިތުން

އިތުރަށް ކިޔާލަން

05 މެއި 2026

މެންބަރު ޒިޔާދުގެ ރައްދެއް ޕީއެންސީ އަށް: އަލިފާން ނެތިއްޔާ ދުމެއް ނާރާނެ

05 މެއި 2026
މެންބަރު ޒިޔާދުގެ ރައްދެއް ޕީއެންސީ އަށް: އަލިފާން ނެތިއްޔާ ދުމެއް ނާރާނެ
30 އެޕްރީލު 2026

ނުފޫޒުން ބޭރުން "އައިޝާ" ޑޮކިއުމެންޓްރީ ގެ މައްސަލަ ތަހުގީގު ކުރަން، ހާއްސަ އިންވެސްޓިގޭޓަރ އެއް އައްޔަންކުރަން ޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު އަބްދުﷲ ދީދީ

30 އެޕްރީލު 2026
ނުފޫޒުން ބޭރުން "އައިޝާ" ޑޮކިއުމެންޓްރީ ގެ މައްސަލަ ތަހުގީގު ކުރަން، ހާއްސަ އިންވެސްޓިގޭޓަރ އެއް އައްޔަންކުރަން ޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު އަބްދުﷲ ދީދީ
30 އެޕްރީލު 2026

ވަޒީރު އިހުސާންގެ ނުސީދާ ތުހުމަތެއް ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ދީދީ އަށް

30 އެޕްރީލު 2026
ވަޒީރު އިހުސާންގެ ނުސީދާ ތުހުމަތެއް ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ދީދީ އަށް
30 އެޕްރީލު 2026

އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު

30 އެޕްރީލު 2026
އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު
30 އެޕްރީލު 2026

ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި

30 އެޕްރީލު 2026
ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި
29 އެޕްރީލު 2026

އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް

29 އެޕްރީލު 2026
 އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް
29 އެޕްރީލު 2026

އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

29 އެޕްރީލު 2026
އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!
28 އެޕްރީލު 2026

އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް

28 އެޕްރީލު 2026
އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް
28 އެޕްރީލު 2026

'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

28 އެޕްރީލު 2026
'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް
28 އެޕްރީލު 2026

ތަހުގީގު ނުނިމެނީސް ރައީސާ ގުޅޭގޮތުން އަދަދު ނޫހުން ގެނެސްދިނީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ވަޒީރު ވިދާޅުވެއްޖެ

28 އެޕްރީލު 2026
ތަހުގީގު ނުނިމެނީސް ރައީސާ ގުޅޭގޮތުން އަދަދު ނޫހުން ގެނެސްދިނީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ވަޒީރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް