Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޕޭރަންސީ މޯލްޑިވްސް

ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި

'އައިޝާ' ޑޮކިއުމެންޓްރީއާ ގުޅިގެން 'އަދަދު' ނޫހުގެ އޮފީސް ބަލައިފާސްކޮށް، ނޫސްވެރިންގެ އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ މަސްދަރު ހާމަވުމުގެ ބިރު އޮތް، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަމަލެއް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފި. މީޑިއާގެ މަދަނީ ގަވާއިދުތަކުގެ ބަދަލުގައި ޖިނާއީ އުސޫލުތައް ބޭނުންކުރުން ހުއްޓާލައި، ހިފަހައްޓާފައިވާ ތަކެތި ވަގުތުން އަނބުރާ ދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައ. އަދި ފަހަކަށް އައިސް ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންކަން ހިނގަމުންދާތީ އެކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 30 އެޕްރީލު 2026 | ބުރާސްފަތި 01:40
"އައިޝާ" ޑޮކިއުމެންޓްރީ އާ ގުޅިގެން ބުދަ ދުވަހު ޖިނާއީ ތުހުމަތު ތަކެއް ކޮށް ފުލުހަށް ހާޒިރު ކުރި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު. 
އެއް ފަރާތެއްގަ ގާނޫނީ ވަކީލު އަލީ ހުސެއިން.

"އައިޝާ" ޑޮކިއުމެންޓްރީ އާ ގުޅިގެން ބުދަ ދުވަހު ޖިނާއީ ތުހުމަތު ތަކެއް ކޮށް ފުލުހަށް ހާޒިރު ކުރި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު. އެއް ފަރާތެއްގަ ގާނޫނީ ވަކީލު އަލީ ހުސެއިން. | ރާއްޖެ އެމްވީ

ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށާއި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް އަނބުރާ ގެންދިއުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ސަރުކާރަސް ގޮވާލައިފި އެވެ. 

'އައިޝާ" ޑޮކިއުމެންޓްރީ އާއި ގުޅިގެން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރުމާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މީޑިއާގެ މަދަނީ ގަވާއިދުތަކުގެ ދަށުން ހައްލުކުރެވެން ހުރި ކަންކަމުގައި ޖިނާއީ އުސޫލުތައް ބޭނުންކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށެވެ.

Advertisement - newsAdvertisement

ޓްރާންސްޕޭރެންސީ އިން ބުނީ އެއްވެސް މީހަކު ހާމަކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަދަދުގެ ނޫސްވެރިން ބޭނުންކުރަމުންދިޔަ އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ސަބަބުން އެ ނޫސްވެރިންގެ މަސްދަރުތައް ހާމަވުމުގެ ފުރުސަތު ބޮޑު ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

 މީޑިއާ ރެގިއުލޭޓް ކުރުމަށް ކަނޑައެޅިފައިވާ މަދަނީ އުސޫލުތަކުގެ ބޭނުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ޒިންމާދާރުކުރުވުން ކަމަށްވާއިރު، ކަމާބެހޭ ފަރާތްތަކުން އެ އުސޫލުތައް ދޫކޮށްލުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ، ހިފަހައްޓާފައިވާ އަދަދު ނޫސްވެރިކަމުގެ ހުރިހާ އާލާތްތަކާއި ތަކެތި ވަގުތުން އަނބުރާ ދިނުމަށާއި، އޮފީސް ފާސްކުރިއިރު އަމަލުކޮށްފައިވާ ގޮތުގެ ގާނޫނީ ސައްހަކަން މުރާޖާއު ކުރުމަށް ގޮވާލާފަ އެވެ.

ޤާނޫނުއަސާސީ އިން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންތައްތަކެއް ފަހަކަށް އައިސް ހިނގަމުންދާކަން އެ ޖަމިއްޔާ އިން ވަނީ ފާހަގަ ކޮށްފަ އެވެ. 

ޓްރާންސްޕޭރެންސީ މޯލްޑިވްސްއަދަދުއައިޝާ ޑޮކިއުމެންޓްރީޕްރެސް ފްރީޑަމްޖިނާއީ ޤާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

 އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް

އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް

29 އެޕްރީލު 2026
އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

29 އެޕްރީލު 2026
އަދަދު ނޫހުގެ އޮފީސް ފާސްކޮށް އެނޫހުގެ ނޫސްވެރިންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ، ތަހުގީގީ ނޫސްވެރިކަން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރާ މަސައްކަތެއް: ސީޕީޖޭ

އަދަދު ނޫހުގެ އޮފީސް ފާސްކޮށް އެނޫހުގެ ނޫސްވެރިންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ، ތަހުގީގީ ނޫސްވެރިކަން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރާ މަސައްކަތެއް: ސީޕީޖޭ

29 އެޕްރީލު 2026
އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް

އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް

28 އެޕްރީލު 2026
'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

28 އެޕްރީލު 2026

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު