Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޖަވާބެއް ނެތް ނޫސްވެރިންގެ ބައްދަލުވުންތައް: މޫނުތަކާއި މަގާމުގެ ނަންތައް ބަދަލުވި ނަމަވެސް، ކަން ހިނގާ ގޮތަކަށް ބަދަލެއް ނާދޭ

ސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މުހިންމު ސުވާލުތަކަށް ސީދާ ޖަވާބު ނުލިބޭތީއާއި، ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރަން އިންކާރުކުރުން ފަދަ ކަންކަމުގެ ސަބަބުން ދެފުށް ފެންނަ ސިޔާސަތެއް ނެތް. މީގެ އިތުރުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ހުރަސްއެޅުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިއުމަކީ ސަރުކާރު ޖަވާބުދާރީވުމުން ރެކެން އުޅޭކަމުގެ ހެއްކެއް. ތަރުޖަމާނުން ބަދަލުވި ނަމަވެސް، މައުލޫމާތު ހާމަކުރުމުގައި ސަރުކާރުން ގެންގުޅޭ ހަރުކަށި އުސޫލުތަކަށް ބަދަލެއް ނާދޭ.

މަޚްތޫމް
މަޚްތޫމް | 30 އެޕްރީލު 2026 | ބުރާސްފަތި 12:32
ޗީފް ގަވަރމަންޓް ސްޕޯކްސް ޕާސަން މުންދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.

ޗީފް ގަވަރމަންޓް ސްޕޯކްސް ޕާސަން މުންދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. | ރާއްޖެ އެމްވީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ޑިމޮކްރެޓިކް ނިޒާމެއްގެ އަސާސީ ހައްގެކެވެ. ޖަވާބުދާރީވުމަކީ ރައްޔިތުންނަށްޓަކައި އަދާކުރަންޖެހޭ މުހިއްމު ޒިންމާއެކެވެ. އެ ޒިންމާއިން ސަރުކާރު ރެކެމުންދާ މަންޒަރަކީ މި ސަރުކާރު ފެށުނު ފަހުން ކޮންމެ ދުވަހަކުވެސް ފެންނަމުންދާ މަންޒަރެކެވެ. އެކަން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ފެނިގެން ދިޔަ އެވެ. 

މިސާލަކަށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފާ ވަނީ ވަރަށް މުހިންމު ސުވާލެއް ކުރިމަތިވެފަ އެވެ. އެއީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ސޮއްސައިގެން ދިއުމުގައި، މީޑިއާއާ މެދު ސަރުކާރުން ގެންގުޅޭ އުސޫލުތަކުގެ ދައުރެއް އޮތްތޯ ކުރި ސުވާލެވެ.

ހަގީގަތުގައި އެއީ ވަރަށް ސީދާ ސުވާލެކެވެ. އެ ސުވާލަށް ބޭނުންވީވެސް ހަމަ އެހާމެ ސީދާ ޖަވާބެކެވެ.

ނަމަވެސް، އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ފެނިގެންދިޔައީ އެހެން ދިމާލަކަށް މިސްރާބު އަނބުރާލުމާއި، ޒިންމާއިން ރެކުމަށް ކުރި މަސައްކަތެވެ. ރާއްޖޭގެ ރޭންކިން ދަށަށް ދިޔައީ ހަމައެކަނި ސަރުކާރުގެ ނާގާބިލުކަމުން ނޫން ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. 

ޕްރެސް ފްރީޑަމް އިންޑެކްސްގައި ސަރުކާރުގެ އަމަލުތަކުގެ ދައުރެއް ނެތް ކަމަށް ހެދުމަކީ، ފާއިތުވި އަހަރުތަކުގައި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ފެންނަމުންދާ ހަގީގަތްތަކަށް ފާޅުގައި ފުރަގަސްދިނުން ނޫން ކޮން ކަމެއްތޯއެވެ؟ 

ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް މައުލޫމާތު ހޯދުމަށް އޮތް އެންމެ މުހިންމު ވަސީލަތް ކަމުގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު (އާރް.ޓީ.އައި) ގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ޖަވާބު ނުލިބުމާއި، އާދަޔާ ޚިލާފަށް ލަސްވުން ވަނީ އާންމުވެފަ އެވެ. ރަސްމީ ދާއިރާތަކުން ކުރާ ސުވާލުތަކަށް ގިނަ ފަހަރަށް ޖަވާބެއް ނުލިބެ އެވެ.

ކެބިނެޓުގެ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި، ކެމެރާތަކުގެ ކުރިމަތީގައި ބަޔާންތައް އިއްވި ނަމަވެސް، ނޫސްވެރިންގެ ހަގީގީ ސުވާލުތަކަށް ޖަވާބެއް ނުލިބެ އެވެ. އެހެންކަމުން ދެފުށް ފެންނަ ސިޔާސަތެއްގެ ބަދަލުގައި ފެންނަމުންދަނީދެއްކުންތެރިކަމެވެ. 

ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރުމަށް މިއަދު އިންކާރު ކުރުމަކީ މީގެ އަނެއް މިސާލެވެ. މިއީ ގައުމީ ސަލާމަތާ ގުޅުންހުރި ސިއްރު މައުލޫމާތެއް ނޫނެވެ. މިއީ ރައްޔިތުންގެ ފައިސާއިން މުސާރަދޭ ސިޔާސީ މަގާމުތަކުގެ ވާހަކަ އެވެ. ސިޔާސީ މުސާރަދޭ ލިސްޓު އޮތީ ކިހާ ބޮޑަކަށްތޯއާއި، ދައުލަތުގެ ވަސީލަތްތައް ހޭދަކުރަނީ ކޮން ކަމަކަށްތޯއާއި، އަދި މަގާމުތައް ދެނީ ބޭނުންތެރިކަމަށް ބަލައިގެންތޯ ނުވަތަ ސިޔާސީ ވަފާތެރިކަމަށް ބަލައިގެންތޯ އެނގުމުގެ ފުރިހަމަ ހައްގު ދިވެހި ރައްޔިތުންނަށް ލިބިގެންވެ އެވެ.

މިފަދަ އަސާސީ ސުވާލަކަށް ޖަވާބު ދޭން އިންކާރު ކުރުމަކީ މި ޝައްކުތައް އިތުރަށް ބޮޑުވެގެންދާނެ ކަމެކެވެ.

ދިވެހިރާއްޖެއަކީ ކުޑަ ގައުމެކެވެ. ކަންކަން ހިނގާގޮތް ރައްޔިތުންނަށް ފާހަގަވެއެވެ. ނޫސްވެރިންނަށް އެނގެއެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުންވެސް އެ މަންޒަރު ބަލަމުންދެއެވެ. ނުވިތާކަށް ސަރުކާރުގެ ތަރުޖަމާނުން ބަދަލުވަނީވެސް މޫސުން ބަދަލުވާ ބީދައިންނެވެ. ނަމަވެސް މޫނުތަކާއި މަގާމުގެ ނަންތައް ބަދަލުވި ނަމަވެސް، ކަން ހިނގާ ގޮތަކަށް ބަދަލެއް ނާދެ އެވެ. ސާފު މައުލޫމާތެއް ނުލިބެއެވެ. ޖަވާބުދާރީވުމެއް ނެތެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)

އިތުރަށް ކިޔާލަން

30 އެޕްރީލު 2026

އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު

30 އެޕްރީލު 2026
އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު
30 އެޕްރީލު 2026

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ ރާއްޖެއަށްވުރެ ފަހަތުގައި ތިބި ޤައުމުތައް ކުރިއެރުމުންކަމަށްވެސް ވެދާނެ: މުންދު

30 އެޕްރީލު 2026
ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ ރާއްޖެއަށްވުރެ ފަހަތުގައި ތިބި ޤައުމުތައް ކުރިއެރުމުންކަމަށްވެސް ވެދާނެ: މުންދު
30 އެޕްރީލު 2026

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 4 ދަރަޖަ ދަށަށް ވެއްޓިއްޖެ

30 އެޕްރީލު 2026
ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 4 ދަރަޖަ ދަށަށް ވެއްޓިއްޖެ
30 އެޕްރީލު 2026

ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ "ސައިޒް ކުޑަކުރުމުގެ" މަސައްކަތް ނިމުމުންކަމަށް މުންދު ވިދާޅުވެއްޖެ

30 އެޕްރީލު 2026
ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ "ސައިޒް ކުޑަކުރުމުގެ" މަސައްކަތް ނިމުމުންކަމަށް މުންދު ވިދާޅުވެއްޖެ
26 އެޕްރީލު 2026

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން އަމިއްލައަށް އެއްބަސްވެއްޖެ!

26 އެޕްރީލު 2026
ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން އަމިއްލައަށް އެއްބަސްވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު