Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޓީސީސީ

ޕީއެންސީ ގެ ބޮޑު ޖަލްސާ އަށް މީހުން އުފުލުމަށް އެމްޓީސީސީގެ ބަސްތައް ބޭނުން ކުރި ގޮތް ސާފު ކުރަން އެދުމުން ސީދާ ޖަވާބެއް ނުދީ މަސައްކަތް ކުރީ އޮޅުވާލަން!

މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުން އުނދަގޫވެފައިވާއިރު، ސަރުކާރުގައި ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވެފައި އޮތަސް، މިނިސްޓްރީތަކާއި ކުންފުނިތަކުން މައުލޫމާތު ހޯދުން ވަނީ އުނދަގޫ ކަމަކަށްވެފައި.

ރާއްޖެ އެމްވީ | 4 ޖެނުއަރީ 2026 | އާދީއްތަ 12:10
އެމްޓީސީސީ އިން އޮޕަރޭޓް ކުރާ އާރުޓީއެލް ބަސް

އެމްޓީސީސީ އިން އޮޕަރޭޓް ކުރާ އާރުޓީއެލް ބަސް

ރައީސް މުއިއްޒު ވެރިކަން ކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މާލޭ ގައި ހުސްވި އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ ބޭއްވި ބޮޑު ޖަލްސާ އަށް މީހުން އުފުލުމަށް އެމްޓީސީސީގެ ބަސްތައް ބޭނުން ކުރި ގޮތް ސާފު ކުރަން ރާއްޖެޓީވީ އިން ހުށަހެޅުމުން ސީދާ ޖަވާބެއް ނުދީ ވާހަކަ އޮޅުވާލަން އެ ކުންފުނިން މަސައްކަތް ކޮށްފި އެވެ.

އާރުޓީއައި ގެ ދަށުން ރާއްޖެޓީވީ އިން ހުށަހެޅީ އެމްޓީސީސީ ގެ ބަސްތައް ޕްރައިވެޓް ހަޔަރގެ ގޮތުގައި އެ އިވެންޓަށް ބޭނުން ކުރީ ކޮން އިންތިޒާމެއްގެ ދަށުންތޯ އާއި އެކަމަށް ކިތައް ބަސް ބޭނުން ކުރިތޯ އާއި އެ ފައިސާ ލިބުނުތޯ އާއި ފައިސާ ދެއްކީ ކޮން ފަރާތަކުންތޯ ސާފު ކުރުމަށެވެ.

ޖަލްސާ އަށް މާލެ އައި މީހުން އެއަރޕޯޓުން އުފުލުމަށާއި އަދި ޖަލްސާ އަށް މީހުން ގެންދިއުމަށް ފުޅާ ދާއިރާ އެއް ގައި އެމްޓީސީސީ ގެ ބަސްތައް ބޭނުން ކުރި މަންޒަރު ފެނިފައިވާއިރު، ޕީއެންސީ ގެ މީހުން އުފުލުމަށް އެ ދުވަހު ހިނގި ޚަރަދުގެ ކަންކަން ސާފު ކުރުމަށް އެދުމުން ދިން ޖަވާބު ގައި ބުނެފައިވަނީ "އާންމު އުސޫލުން ކޮންމެ ފަރާތަކަށް ވެސް ޕްރައިވެޓް ޚިދުމަތް މެދުވެރިކޮށް އެމްޓީސީސީ ގެ ބަސް ކުއްޔަށް ހިފުމަށް އެދުމުގެ ފުރުސަތު އޮންނާނެ،" ކަމަށެވެ.

"ވީމާ މި ކުންފުނިން އެ ދުވަހެއްގައި ޝެޑިއުލް ކުރެވިފައިވާ ދަތުރުތަކަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނޭހެން ކުންފުނީގެ އުސޫލުތަކާ އެއް ގޮތަށް އެދިފައިވާ ފަރާތްތަކަށް ޕްރައިވެޓް ހަޔަރ ގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގައި،" ދަންނަވާ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

އޭގެ އިތުރުން ކޮށްފައިވާ ސުވާލަށް ޖަވާބެއް ދިނުމުގެ ބަދަލު ގައި ދެންވެސް އެމްޓީސީސީ އިން އިތުރަށް ދައްކާފައިވަނީ ކޮށްފައިވާ ސުވާލާ ސީދާ ގުޅުމެއް ނެތް ވާހަކަތަކެވެ.

"ކުންފުނިން ޕްރައިވެޓް ހަޔަރ ގެ ޚިދުމަތް ދެނީ ކަނޑައެޅިފައިވާ ވަކި ރޭޓެއްގަ އެވެ. މި ރޭޓްތަކުގެ މައުލޫމާތު މި ކުންފުނީގެ ހޮޓްލައިން....އާ ގުޅާލުމުން ކޮންމެ ބޭފުޅަކަށް ވެސް ލިބޭނެއެވެ."

ކުންފުނިން ޕްރައިވެޓް ހަޔަރ އުސޫލުން ޚިދުމަތް ހޯދާ ފަރާތްތަކުން ފައިސާ ދައްކަން ޖެހޭނެ ކަމަށް ވެސް ޖަވާބުގައި އިތުރަށް ބުނެފައިވެ އެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުންފުނީގެ އުސޫލުތަކާއި އެއްގޮތައް ކުރެވިގެންދާނެ ކަމަށް ވެސް ލިޔެފައިވެ އެވެ.

ސަރުކާރުން ހިންގާ ކުންފުނިތަކުގައި ކަރަޕްޝަން އަށަގަނެފައިވާ ކަމުގެ ވާހަކަތައް އާއްމު ކޮށް އިވެމުންދާއިރު، ކުންފުނިތައް އާންމު ރައްޔިތުންނަށް ޖަވާބުދާރީ ވުމުގައި ވެސް އެއްވެސް ޒިންމާދާރުކަމެއް ނެތް ކަން ވަނީ ފާހަގަ ކުރެވިފަ އެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ހުށަހަޅާ ސުވާލުތަކަށް އެތައް ދުވަހެއް ފަހުން އަންނަ ޖަވާބުގައި ހޯދަން އެދޭ މައުލޫމާތު ނުހިމަނައި އެހެން ވާހަކަތައް ދައްކައިގެން ވާޖިބު އަދާކުރެވުނީ ކަމަށް ދުށުން ވެސް ވަނީ މިހާރު އާންމު ކަމަކަށްވެފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވުން ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ސަރުކާރެއް ގައި ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމުގައެވެ. އެހެން ނަމަވެސް ވެރިކަމުގެ ތިންވަނަ އަހަރަށް އަޅާފައިވާއިރު ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން މައުލޫމާތު ހޯދާ ލިބިގަތުމަކީ ރާއްޖޭގައި އެންމެ އުނދަގޫ އެއް ކަންތަކުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފަ އެވެ.

ޕީއެންސީއެމްޓީސީސީމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ވައުދުވެގެން އައި ސަރުކާރުން މުގުރާލީ ރެކޯޑެއް!

ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ވައުދުވެގެން އައި ސަރުކާރުން މުގުރާލީ ރެކޯޑެއް!

01 ޖެނުއަރީ 2026
ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން: "ވަގު ވޯޓު" އެޅި މައްސަލަ ހޫނުވެ، މައްޗަންގޮޅި އުތުރު ދާއިރާ ގެ ވޯޓު ފޮށި ކައިރީ ހަމަ ނުޖެހުން ހިނގައިފި

ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން: "ވަގު ވޯޓު" އެޅި މައްސަލަ ހޫނުވެ، މައްޗަންގޮޅި އުތުރު ދާއިރާ ގެ ވޯޓު ފޮށި ކައިރީ ހަމަ ނުޖެހުން ހިނގައިފި

27 ޑިސެމްބަރު 2025
ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ކުރީގެ އިމާރާތަކާއި ބޭރު ފާރު މަރުތޭލަކުން ތަޅާތާ 4 މަސް

ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ކުރީގެ އިމާރާތަކާއި ބޭރު ފާރު މަރުތޭލަކުން ތަޅާތާ 4 މަސް

23 ޑިސެމްބަރު 2025
ދުވާފަރު ކައުންސިލުގެ ނައިބު ރައީސް ޕީއެންސީ ގެ ޓިކެޓުގައި އިންތިޚާބުގައި ވާދަ ކުރަން ލީ ފޯމު ރިޖެކްޓް ކޮށްފި، ސަބަބެއް ނުބުނި!

ދުވާފަރު ކައުންސިލުގެ ނައިބު ރައީސް ޕީއެންސީ ގެ ޓިކެޓުގައި އިންތިޚާބުގައި ވާދަ ކުރަން ލީ ފޯމު ރިޖެކްޓް ކޮށްފި، ސަބަބެއް ނުބުނި!

23 ޑިސެމްބަރު 2025
ޕްރައިމަރީ އިން ނަން ނަގަން އިންޒާރު ދިނުމަށްފަހު، ނަން ނުނެގުމުން ފޯމު ރިޖެކްޓު ކޮށް ކަނޑޫދޫ ޕީއެންސީ ޕްރައިމަރީ ކެންސަލް ކޮށްފި

ޕްރައިމަރީ އިން ނަން ނަގަން އިންޒާރު ދިނުމަށްފަހު، ނަން ނުނެގުމުން ފޯމު ރިޖެކްޓު ކޮށް ކަނޑޫދޫ ޕީއެންސީ ޕްރައިމަރީ ކެންސަލް ކޮށްފި

23 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު