Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޚިޔާލު ހޯދުމުގެ ވޯޓު

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ކަންކަން އޮޅުވާލަމުންދާ ކަމަށް ތުހުމަތުކޮށް، އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ބަންޑާރަ ނައިބުގެ މިނިވަންކަމާ މެދު ސުވާލު އުފައްދައިފި. މި ޖަލްސާގައި ވާހަކަދެއްކެވި މެންބަރުން ވަނީ ރައީސް މުއިއްޒު އާއިލީ ވެރިކަމެއް ގާއިމުކުރައްވަން އުޅުއްވާ ކަމަށް ބުނެ، ރެފަރެންޑަމްގައި "ނޫނެކޭ" ބުނުމަށް ރައްޔިތުންނަށް ގޮވާލާފަ. ސަރުކާރުގެ އަމަލުތައް ހުރީ ރަސްކަމެއް ކުރާ އުސޫލުން ކަމަށާއި، ނަމަވެސް ރައްޔިތުން އެކަމަށް ޖާގަ ނުދޭނެ ކަމަށް އެ ޕާޓީން ބުނޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 17:45
އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން

އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒަށް މި ސަރުކާރާ ހަވާލުވެވަޑައިގެންނެވުނީ އެތައް ބަޔަކަށް، ޚާއްސަކޮށް އެމަނިކުފާނު ގެ އަމިއްލަ ޕާޓީ އަށް ވެސް އޮޅުވާލައިގެން ކަމަށްވާތީ ކޮންމެ ކަމެއް ވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް އެމަނިކުފާނަށް ހީފުޅުކުރެވޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުން ޝާތިރު ވިދާޅުވީ ރައީސް މުއިއްޒަށް މި ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތީ ވެސް އެތައް ބަޔަކަށް އޮޅުވާލައިގެން ކަމަށެވެ. އެހެންކަމުން މިއަދު އެހެން ހުރިހާ ކަމެއްގައި ވެސް ރައްޔިތުންނަށް އޮޅުވާލެވިދާނެ ކަމަށް އެމަނިކުފާނާއި، އެމަނިކުފާނުގެ ޓީމުން ހީފުޅު ކުރައްވާ ކަމަށް ޝާތިރު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެގޮތުން ރާއްޖޭގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް މިއަދު ހުންނެވީ ފިޔަކޮށާލާފައިވާ ދޫންޏެއް ފަދައިން ކަމަށާ އެމަނިކުފާނު ވެސް ކުރައްވާހާ ކަމަކީ ރައީސް މުއިއްޒު ވިދާޅުވާހާ ގޮތަކަށް ރައްޔިތުންނަށް އޮޅުވާލުމަށް ނޫސް ބަޔާން ނެރުއްވުން ކަމަށް ޝާތިރު ވިދާޅުވި އެވެ. 

ރައީސް މުއިއްޒާއި މި ރާއްޖޭގެ ބަންޑާރަ ނައިބަށް އެކަން ވަރަށް ރަނގަޅަށް ސާފުވާނެ. ބަންޑާރަ ނައިބުވެސް ހުރީ މިހާރު ފިޔަ ކޮށާލާފަ. ރައީސް މުއިއްޒު ވިދާޅުވި ގޮތަކަށް ނޫސް ބަޔާން ނެރެމުން އެ ދަނީ. 
އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން 

އެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގައި ރަސްކަމެއް ކުރައްވަން ކަމަށެވެ. އެގޮތުން އާއިލާ ބޭފުޅުންނާ އަރިސް ބޭފުޅުންނަށް މުޅި ދައުލަތް ބަހަމުން ދާއިރު އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މި ގައުމުގައި ގިނަ ދުވަސްތަކެއް ވަންދެން އެ ރަސްކަން ދެމެހެއްޓުމަށް ކަމަށް ވެސް މާޒް ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދު ރައްޔިތުން ތިބީ ހޭލާ ކަމަށާ ރައްޔިތުން އެކަމަށް ޖާގަ ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އާދިއްތަ ދުވަހުގެ ޕިކަޕް ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވެސް ވަނީ ރެފަރެންޑަމްގައި ނޫނެކޭ ބުނުމަށް ގޮވާލާފަ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީޝާތިރު އަބްދުއްރަހްމާންއަހްމަދު އުޝާމްއަހުމަދު ސަލީމްޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

22 މާރިޗު 2026
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

22 މާރިޗު 2026
އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

22 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި

22 މާރިޗު 2026
ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

22 މާރިޗު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު