Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަލް ސަރވިސް ކޮމިޝަން

ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި

15 މާރިޗު 2026 | އާދީއްތަ 09:49

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނު އަސާސީއަށް ގެންނަ އިސްލާހާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފާށަފައިވާ ކަމަށް ބުނެފި. ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ އިންތިޚާބުތައް އެއްކުރުމުގެ އިތުރުން، ޖޭއެސްސީ އިސްލާހުކުރުމާއި މަޖިލިސް މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށް ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް. މި އިސްލާހުތައް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 މާރިޗު 2026 | އާދީއްތަ 09:49
ބަންޑާރަ ނައިބު އުޝާމް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު

ބަންޑާރަ ނައިބު އުޝާމް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު

ދެ އިންތިޚާބު އެއްކުރަން ގާނޫނު އަސާސީ އަށް މި ސަރުކާރުން ގެންނަ އިސްލާހާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އަނެއްކާ ވެސް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރާނެ ވާހަކަ ސަރުކާރުން ފަށައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައި ކަަމަށް ކަނޑައަޅާ ގާނޫނު އަސާސީ އިސްލާހު ކުރަން ސަރުކާރު ހިންގާ ޕީއެންސީގެ ފުލް މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. 

Advertisement - newsAdvertisement

މި ބިލު ތަސްދީގު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާ ގުޅޭ ގަރާރު ވެސް އާންމު ކުރައްވާފަ އެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. 

އެއާއެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހު ކުރަން އުޅޭ ވާހަކަ ސަރުކާރުން މިވަނީ ދައްކަން ފަށާފަ އެވެ. 

އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ގައި މައްސަލަތަކެއް އެބަހުރިކަމަށާއި، އެކަންކަން އިސްލާހު ކުރަން ޖެހޭކަން އެއީ އެންމެން ވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގާނޫނު އަސާސީ އަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

އެއީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުމަށް ގާނޫނު އަސާސީ އިސްލާހު ކުރުން ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނު އަސާސީ އަށް ގެންނަންޖެހޭ އިސްލާހުގެ މަސައްކަތް މިވަގުތު ކުރިއަށް މިގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށެވެ. 

އެގޮތުން މި އިސްލާހަކީ އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ގާނޫނު އަސާސީ އިން ލާޒިމްކުރާ އިސްލާހެއް ކަމަށާ ގާނޫނު އަސާސީ އަށް ދެން ގެންނަންޖެހޭ އިސްލާހުތަކަކީ އެއަށް އަމަލު ކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގާނޫނު އަސާސީ ލާޒިމްކުރާ އިސްލާހުތަކެއް ނޫން ކަމަށް އުޝާމް ވިދާޅުވި އެވެ. 

އުޝާމް ވިދާޅުވީ ގާނޫނު އަސާސީ އަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައް ވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށާއި މިހާރު ހިނގަމުންދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ. 

 މީގެ ކުރިން ވެސް މި ސަރުކާރުން ވަނީ އެކި ފަހަރު މަތިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރާނެ ކަމަށް ބުނެފަ އެވެ. އަނެއްކާ ވެސް ޖޭއެސްސީ އިސްލާހު ކުރާ ވާހަކަ ސަރުކާރުން ދައްކަން ފަށާފައި މިވަނީ މި ސަރުކާރުން ކުއްލިކުއްލި އަށް ގާނޫނު އަސާސީ އަށް ބޭނުން އިރަކު އިސްލާހު ގެންނަމުންދާ ކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. 

ގާނޫނު އަސާސީ އަށް ބަދަލު ގެނައުންޖުޑީޝަލް ސަރވިސް ކޮމިޝަންރައްޔިތުންގެ މަޖިލިސްޑރ. މުޙައްމަދު މުޢިއްޒުއަހްމަދު އުޝާމްޕީއެންސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

15 މާރިޗު 2026

ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ބިމުން ހިރިމަރަދޫ މީހުންނަށް ގޯތިދޭތީ ހަނިމާދޫ ރައްޔިތުން އިހުތިޖާޖުކޮށްފި

15 މާރިޗު 2026
ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ބިމުން ހިރިމަރަދޫ މީހުންނަށް ގޯތިދޭތީ ހަނިމާދޫ ރައްޔިތުން އިހުތިޖާޖުކޮށްފި
15 މާރިޗު 2026

ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ކުޑަ ކުރެވޭތޯ އެބަ ބަލަން: ރައީސް މުއިއްޒު

15 މާރިޗު 2026
ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ކުޑަ ކުރެވޭތޯ އެބަ ބަލަން: ރައީސް މުއިއްޒު
15 މާރިޗު 2026

ގާނޫނުން ކައުންސިލްތަކުގެ ބާރު ކަނޑުއްވާ ލެއްވުމަށްފަހު، ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް

15 މާރިޗު 2026
ގާނޫނުން ކައުންސިލްތަކުގެ ބާރު ކަނޑުއްވާ ލެއްވުމަށްފަހު، ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް
15 މާރިޗު 2026

ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގޭތީ: ރައީސް ސޯލިހު

15 މާރިޗު 2026
ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގޭތީ: ރައީސް ސޯލިހު
15 މާރިޗު 2026

ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ޖެހެނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ސަރުކާރުން އޮޅުވާލަން އުޅޭތީ، އެ ފައިސާ ޚަރަދު ކުރާނީ ރަސްމާލެ އަށް: ޝަމްހީދު

15 މާރިޗު 2026
ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ޖެހެނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ސަރުކާރުން އޮޅުވާލަން އުޅޭތީ، އެ ފައިސާ ޚަރަދު ކުރާނީ ރަސްމާލެ އަށް: ޝަމްހީދު
15 މާރިޗު 2026

ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ

15 މާރިޗު 2026
ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ
14 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

14 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"
14 މާރިޗު 2026

ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފި

14 މާރިޗު 2026
ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފި
14 މާރިޗު 2026

ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

14 މާރިޗު 2026
ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟
14 މާރިޗު 2026

ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

14 މާރިޗު 2026
 ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް