Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަސްކަރީ އެއްބަސްވުން

ރާއްޖޭގެ މިނިވަންކަމާ ސިޔާދަތައް ގެއްލުންވާ ގޮތަށް ހުރި އެއްބަސްވުންތައް އިސްލާހު ކޮށް ނިމިފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހެއްދެވީ ބޮޑު އިތުރުފުޅެއްކަން ފަޅާ އަރައިފި

ރައީސް މުއިއްޒު ރާއްޖޭގެ މިނިވަންކަމާ ސިޔާދަތައް ގެއްލުންވާ އެއްބަސްވުންތައް އިސްލާހުކޮށް ނިމިފައިވާ ކަމަށް ވިދާޅުވި ނަމަވެސް ރައީސް އޮފީހުން ބުނީ އެ އެއްބަސްވުންތަކުގެ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށް ކަމަށް. އަސްކަރީ އެއްބަސްވުންތައް ހާމަކުރުމަކީ ރައީސް ވެވަޑައިގެންފައިވާ ވައުދެއް ކަމުގައިވީ ނަމަވެސް ވެރިކަމަށް ވަޑައިގެން 3 ވަނަ އަހަރު ގުނަމުންދާއިރު އެ އެއްބަސްވުންތައް ހާމަކުރުމުގައި މިހާރު ބަހަނާ ދައްކަމުންދާ ކަން ފާހަގަކުރެވޭ.

ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 10:26
އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާ ހިމެނިގެން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީންތައް - ދޯސްތީ17 ގެ ހަރަކާތެެއްގެ ތެރެއިން.

އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާ ހިމެނިގެން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީންތައް - ދޯސްތީ17 ގެ ހަރަކާތެެއްގެ ތެރެއިން. | އެމްއެންޑީއެފް

ރާއްޖޭގެ މިނިވަންކަމާ ސިޔާދަތައް ގެއްލުންވާ ގޮތަށް ހުރި އެއްބަސްވުންތައް އިސްލާހު ކޮށް ނިމިފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހެއްދެވީ ބޮޑު އިތުރުފުޅެއްކަން ފަޅާ އަރައިފި އެވެ.

މިކަން ފަޅާ އެރީ ރައީސް އޮފީހުން އެ އެ އެއްބަސްވުންތަކުގެ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށް ކަމަށް ބުނެ ފޮނުވާފައިވާ ލިޔުމަކުންނެވެ.

Advertisement - newsAdvertisement

ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ދިވެހި ރާއްޖޭގެ މިނިވަން ކަމާ ސިޔާދަތު ގެއްލިދާ ފަދަ ކަންކަން ހުރި އެއްބަސްވުންތަކަކަށް އިސްލާހު ގެނެސްފައިވާ ކަމަށް 3 މެއި 2025 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ ބައްދަލުވުމުގައި ވެސް އެއީ ކޮން އެއްބަސްވުންތަކެއް ކަން މުއިއްޒު ވިދާޅުވެފަ އެއް ނުވެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވުމާ ގުޅިގެން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ވަނީ ރައީސް އެ ވިދާޅުވި އެއްބަސްވުންތަކަކީ ކޮބައިކަން ސާފު ކުރުމަށް އެދި ރައީސް އޮފީހަށް ހުށަހަޅާފަ އެވެ.

އެ ހުށަހެޅުމުގެ ޖަވާބުގައި މި ހިނގާ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ފޮނުވި ލިޔުމުގައި ރައީސް އޮފީހުން ބުނެފައި ވަނީ، "އެއްބަސްވުންތަކާ ގުޅޭ މަޝްވަރާތައް މިހާރުވެސް ދަނީ ކުރިއަށް،" ކަމަށެވެ. 

މަޝްވަރާތައް ކުރިއަށް ދާ ކަމަށް ބުނެ ރައީސް އޮފީހުން ޖަވާބު ދިން އިރު، ހުސްވި އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި އެއްބަސްވުންތަކުގައި މިނިވަންކަމާ ސިޔަދަތައް ގެއްލުންވާ ކަމެއް މިހާރު "ނޯންނާނެ" ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"ޢަސްކަރީ އެއްބަސްވުންތައް ހާމަކުރުން. އަޅުގަނޑުވީ ވަޢުދެއް ދޮގެއްތޯ؟ ޢަސްކަރީ އެއްބަސްވުންތައް އަޅުގަނޑުމެން ބެލިން. އަޅުގަނޑު ދޭން ބޭނުންވާ މައިގަނޑު ޔަޤީންކަމަކީ، އަޅުގަނޑުމެންގެ ޤައުމަށް، ކުރިން މި ދެންނެވި މިނިވަންކަމާއި، ސިޔާދަތު ޙިމާޔަތްކުރުމުގައި، ގެއްލުންވާނެ ކަމެއް އޮތިއްޔާ، މިހާރު އެކަމެއް ނޯންނާނެ." ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ދިވެހިރާއްޖެ އިން ބޭރުގެ ގައުމުތަކާ އެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމަކީ ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެއް ކަމުގައިވީ ނަމަވެސް ވެރިކަމަށް ވަޑައިގެން 3 ވަނަ އަހަރު ގުނަމުންދާއިރު އެ އެއްބަސްވުންތައް ހާމަ ކުރުމުގައި މިހާރު ބަހަނާ ދައްކަމުންދާ ކަން ފާހަގަ ކުރެވެ އެވެ.

ރައީސް އޮފީހުން ފޮނުވި ޖަވާބުގައި އިތުރަށް ބުނެފައިވަނީ 2025 މެއި ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަަކަފުޅުގައި ވިދާޅުވެފައިވާ އެއްބަސްވުން ތަކަކީ ބައިލެޓްރަލް އެއްބަސްވުން ތަކަކަށް ވެފައި، އެއެއްބަސްވުންތަކުގެ ސިއްރު ހިފެހެއްޓުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައި ވަނީ އެއްބަސްވުންތައް ހާމަ ނުކޮށް ހުރީ އޭގައި އެއްވެސް މައްސަލަ އެއް ހުރެގެން ނޫން ކަމަށެވެ.

"އޭގެ އިޝޫޒްތަކެއް ހުރެގެނެއް ނޫން. އެހެންނަމަވެސް، ހާމަކުރާނެ ކަމަށް އަޅުގަނޑު ވަޢުދުވެފައިވާތީ، މަސައްކަތް ކުރަމުން އެބަދަން. ބައިލެޓްރަލް ޑިސްކަޝަންސްތަކުގެ ތެރެއިން، އެ ހާމަކުރުމުގެ މަސައްކަތް ކުރެވޭތޯ. ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އޭގައި ހުރެގެނެއް ނޫން. އެކަމަކު އަޅުގަނޑުގެ ވަޢުދު ފުއްދުމަށްޓަކައި،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ ތެރޭގައި ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ވައުދުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ވަނީ "މި ސަރުކާރަކީ ދެފުށް ފެންނަ ރައްޔިތުންނަށް ޖަވާބުދާރީވާ" ސަރުކާރެއް ކަމަށް ޖުމްހޫރީ ދުވަހާ ގުޅިގެން 2024 ވަނަ އަހަރު ބޭއްވި ރަސްމީ ޖަަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅުވެފަ އެވެ.

އަސްކަރީ އެއްބަސްވުންތައްމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫއިންޑިޔާ-ދިވެހިރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީ ގެ ބޮޑު ޖަލްސާ އަށް މީހުން އުފުލުމަށް އެމްޓީސީސީގެ ބަސްތައް ބޭނުން ކުރި ގޮތް ސާފު ކުރަން އެދުމުން ސީދާ ޖަވާބެއް ނުދީ މަސައްކަތް ކުރީ އޮޅުވާލަން!

ޕީއެންސީ ގެ ބޮޑު ޖަލްސާ އަށް މީހުން އުފުލުމަށް އެމްޓީސީސީގެ ބަސްތައް ބޭނުން ކުރި ގޮތް ސާފު ކުރަން އެދުމުން ސީދާ ޖަވާބެއް ނުދީ މަސައްކަތް ކުރީ އޮޅުވާލަން!

04 ޖެނުއަރީ 2026
ޖީއެމްއާރު ބޭރުކޮށްލިތާ 10 އަހަރު ފަހުން ހަނިމާދޫ އެއަރޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދައި ދިނުމަށް މުއިއްޒު ސަރުކާރުން އެދިގެން އެ މަސައްކަތް އިންޑިއާ ސަރުކާރުން ފަށައިފި

ޖީއެމްއާރު ބޭރުކޮށްލިތާ 10 އަހަރު ފަހުން ހަނިމާދޫ އެއަރޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދައި ދިނުމަށް މުއިއްޒު ސަރުކާރުން އެދިގެން އެ މަސައްކަތް އިންޑިއާ ސަރުކާރުން ފަށައިފި

31 ޑިސެމްބަރު 2025
ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި

ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި

20 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު