Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރްޓީއައި ރާއްޖެޓީވީ

ރައީސް އޮފީހުން އާރްޓީއައިތަކަށް ޖަވާބުދޭއިރު ޤާނޫނުގައިވާ މުއްދަތަށް އިހުތިރާމް ނުކުރާކަމުގެ ކަންބޮޑުވުން ރާއްޖެޓީވީން ފާޅުކޮށްފި!

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ހުށަހަޅާ މައްސަލަތަކުގައި ޤާނޫނީ މުއްދަތަށް އެ އޮފީހުން އިހުތިރާމް ނުކުރާކަމުގެ ކަންބޮޑުވުން ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ފާޅުކޮށްފި. ރާއްޖެޓީވީން ބުނި ގޮތުގައި ރައީސް އޮފީހުން ޖަވާބު ދެނީ މައްސަލަ އައިކޮމްއަށް ހުށަހެޅުމުން ކަމަށްވާތީ، އެއީ ގަސްތުގައި ކުރާ ކަމެއް ކަމަށް ސުވާލު އުފެދޭ. މިކަމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ ރައީސް އޮފީހުން އަމަލުކުރަނީ ޤާނޫނާ ޚިލާފަށް ކަމަށާއި، މިކަން ތަކުރާރުވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2026 | އާދީއްތަ 09:20
އާދިއްތަ ދުވަހު އައިކޮމްގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

އާދިއްތަ ދުވަހު އައިކޮމްގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން | ރާއްޖެ އެމްވީ

ރައީސް އޮފީހަށް ރައްދުވާގޮތަށް ރާއްޖެޓީވީގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ރައިސް އޮފީހުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ފެންނަން އޮތީ ޤާނޫނުގައިވާ މުއްދަތުތަކަށް އެއްވެސް ވަރަކަށް ބޯލެނބުމެއް ނެތި ކަންކޮށްފައިވާ މަންޒަރުކަމަށް ރާއްޖެޓީވީން ބުނެފިއެވެ.  

ރާއްޖެޓީވީން އެ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އާދިއްތަ ދުވަހު އައިކޮމްގައި ކުރިއަށްދިޔަ އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ގިނަ މައްސަލަތަކެއް ހުށަހަޅައިފައިވެއެވެ. ނަމަވެސް އޭގެ ޖަވާބުތައް ރައީސް އޮފީހުން ފޮނުވާފައި ވަނީ ވެސް އައިކޮމްއަށް ހުށަހެޅޭ މައްސަލަތަކުގައި ޖަވާބު ފޮނުވަން ޖެހޭ މުއްދަތުގެ ފަހުންނެވެ.

އާދިއްތަ ދުވަހުގެ މި އަޑުއެހުމުގައި ރާއްޖެޓީވީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯ ނާޒްމީ ސައީދު އަދި ޕްރޮގްރާމް ހެޑު އާމިރު ސަލީމެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މުއްދަތުތަކެއް ކަނޑައެޅިފައިވާ ކަމަށާއި، އެ މުއްދަތުތައް ޤާނޫނުގައި ހުންނަނީ ވެސް ވަކި ބޭނުމަކު ކަމަށެވެ. ވީއިރު ޤާނޫނުގައިވާ މުއްދަތު ފާއިތުވެފައިވާތީ ރާއްޖެޓީވީން އަނެއްކާ ވެސް އެ ޝަކުވާ އައިކޮމްއަށް ހުށަހެޅިތަނާ ރައީސް އޮފީހުން ފުލުފުލުގައި ޖަވާބުތައް ފޮނުވާފައި ވަނީ އިއްތިފާޤަކުންތޯ ވެސް އާމިރު ވަނީ ސުވާލު އުފައްދަވާފައެވެ.

ޤާނޫނުން ވަކި މުއްދަތުތަކެއް ކަނޑައަޅައިގެން މި ތިބެނީ ކަމަކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެއްވެސް މުއްދަތަކަށް އިހުތިރާމު ނުކޮށް އަނެއްކާވެސް ދެން (އައިކޮމްއިން) މި ފާހަގަކުރަނީ ސަމާލުކަން ދެއްވައްޗޭ، ދެން މިސާލަކަށް އަނެއްކާވެސް 10 ދުވަސް ވެގެން އަޅުގަނޑުމެން ޝަކުވާ ހުށަހަޅައިގެން ދާންވީ، ދެމަހަށްވުރެ ގިނަ ދުވަސްވެގެން އައިކޮމްއަށް އަނެއްކާވެސް މައްސަލަ ހުށަހެޅީމާ އިއްތިފާޤަކުން ހުރިހާ ޖަވާބެއް ރައީސް އޮފީހުން އެރޭ ނޫނިއްޔާ އަނެއް ދުވަހު މި ފޮނުވަނީ
ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑު އާމިރު ސަލީމް

ނާޒްމީ ސައީދު ވެސް ވަނީ އެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން ޝަކުވާ ހުށަހެޅިތަނާ ރައީސް އޮފީހުން ޖަވާބުތައް ފޮނުވާފައިވާތީ އެފަދައިން ސުވާލު އުފެއްދުމުގެ ޖާގަ ހުޅުވިގެންދާކަން ނާޒްމީވެސް ފާހަގަ ކުރެއްވިއެވެ.

އިއްތިފާޤަކުން ނަމަވެސް ރާއްޖެޓީވީން މައްސަލަ ހުށަހެޅިތަނާ ޖެހިގެން އައި ދުވަހު އެ ޖަވާބުތައް ފުލުފުލުގައި އައީމާ އެބަ އޮވޭ ހަގީގަތުގައި މިގޮތަށް ސުވާލު އުފެއްދުމުގެ ޖާގަ
 ރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯ ނާޒްމީ ސައީދު

މީގެ އިތުރުން، އަދިވެސް ރައީސް އޮފީހުން އަމަލުކުރާ ގޮތަށް ބަލާއިރު މައުލޫމާތު ދިނުމުގެ އެއްވެސް ނިޔަތެއް އޮތްކަން ފެންނަން ނެތްކަން ރާއްޖެޓީވީން ފާހަގަކުރިއެވެ. އެގޮތުން މިއަދުވެސް ރައީސް އޮފީހުން ލިބެމުންދާ ޖަވާބަކީ ކަމާ ގުޅޭ ސެކްޝަނުން މައުލޫމާތު ސާފުކޮށްފައި ހިއްސާކުރާނެ ވާހަކަ ކަމަށާއި، އެއީ މީގެ 3 މަސްކުރިންވެސް ރައީސް އޮފީހުން ދިން ޖަވާބުކަން ނާޒްމީ ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައިކޮމްގެ ރައީސް އާހިދު ރަޝީދު ވިދާޅުވީ، ރައީސް އޮފީހުން އަމަލުކޮށްފައިވަނީ ޤާނޫނުގައި ބުނާ ގޮތަކަށް ނޫން ކަމަށާއި، ނަމަވެސް ކޮމިޝަނުން ވީހާވެސް ބޮޑަކަށް ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ، މާ ގިނައިން ތަކުރާރުކޮށް ޤާނޫނާ ޚިލާފުވާނަމަ ފިޔަވަޅުވެސް އަޅުއްވާނެކަމަށެވެ. އަދި ރައީސް އޮފީހުން އަމަލުކުރަމުންދާ ގޮތާމެދު އާހިދުވެސް ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. 

އާހިދު ވިދާޅުވި ގޮތުގައި ރައީސް އޮފީހުން ރައީސްގެ ދަތުރުފުޅުތަކާ ގުޅޭ މައުލޫމާތެއް ފޯރުކޮށްދޭން އެތައް މަސްތަކެއް ހޭދަވެގެން ނުވާނެއެވެ. 

ރާއްޖެޓީވީން ރައީސް އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި ކަން ހިނގާފައި އޮތީ މުޅީންވެސް އެގޮތަށެވެ. އެގޮތުން ރައީސް އޮފީހުން ޤާނޫނުގައިވާ މުއްދަތުގައި އެ މައުލޫމާތުތައް ފޯރުކޮށްދީފައިނުވާއިރު، ރައީސް އޮފީހުން ޖަވާބެއް ދީފައި ވަނީ ރާއްޖެޓީވީން އައިކޮމްއަށް ޝަކުވާ ހުށަހެޅި ހިސާބުންނެވެ.

އައިކޮމްމައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުރައީސް އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި މައްސަލައިގައި ރައީސް އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައެއް ނެތް!

ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި މައްސަލައިގައި ރައީސް އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައެއް ނެތް!

26 އެޕްރީލު 2026
ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކު ރައީސްގެ "ފަސްޓް ކަޒިން" މިނިސްޓަރު އަލީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި

ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކު ރައީސްގެ "ފަސްޓް ކަޒިން" މިނިސްޓަރު އަލީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި

13 އެޕްރީލު 2026
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ގެ ދަށުން ފޯރުކޮށްދޭ މައުލޫމާތަށް އަގެއް ނެގުން ރަނގަޅު: މިނިސްޓަރ އިހްސާން

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ގެ ދަށުން ފޯރުކޮށްދޭ މައުލޫމާތަށް އަގެއް ނެގުން ރަނގަޅު: މިނިސްޓަރ އިހްސާން

02 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ރައީސްގެ ފޫޅުގެ ސާޖަރީ އާ ބެހޭ ގޮތުން ދެކެވޭ ވާހަކަ އާ ގުޅިގެން ސުވާލު ކުރުމުން ތަރުޖަމާނު ވިދާޅުވަނީ "ތިދަނީ ޕްރޮފެޝަނަލް މިންގަނޑުން ބޭރަށް" ކަމަށް!

ރައީސްގެ ފޫޅުގެ ސާޖަރީ އާ ބެހޭ ގޮތުން ދެކެވޭ ވާހަކަ އާ ގުޅިގެން ސުވާލު ކުރުމުން ތަރުޖަމާނު ވިދާޅުވަނީ "ތިދަނީ ޕްރޮފެޝަނަލް މިންގަނޑުން ބޭރަށް" ކަމަށް!

06 އޯގަސްޓު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު