Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖެޓީވީ އާރްޓީއައި

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން އަމިއްލައަށް އެއްބަސްވެއްޖެ!

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާއާ ގުޅޭ މަޢުލޫމާތު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި މައްސަލައެއްގައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ރައީސް އޮފީހާ ސުވާލުތަކެއް ކުރިމަތިކުރުވާފައި. މި އަޑުއެހުމުގައި އައިކޮމްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، ރައީސް އޮފީހުން ހިއްސާކުރި ލިންކުތަކުން 2024 ވަނަ އަހަރުގެ އޮކްޓޯބަރުގެ ފަހުން އެ އެޖެންޑާގެ ދަށުން ކުރެވުނު މަސައްކަތެއް ސާފެއް ނުވޭ. އެހެންކަމުން، އެ ތާރީޚުގެ ފަހުން އިސްލާޙީ މަސައްކަތްތައް ހުއްޓިފައިވަނީތޯ ސާފުކޮށްދިނުމަށް އައިކޮމްއިން ވަނީ އެދިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2026 | އާދީއްތަ 09:53
ރައީސް އޮފީސް ބިލްޑިން

ރައީސް އޮފީސް ބިލްޑިން | ރައީސް އޮފީސް

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރާ ހިސާބުން ހުއްޓިފައިވާކަމަށް އެއްބަސްވާ މޭރުމުން ރައީސް އޮފީހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ވާހަކަ ދައްކައިފިއެވެ.

ރައީސް އޮފީހުން އެގޮތަށް ބުނެފައިވަނީ ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާއާ ގުޅޭގޮތުން ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި މައްސަލައެއްގެ އަޑުއެހުމުގައި އާދިއްތަ ދުވަހު ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި އައިކޮމްގެ ރައީސް އާހިދު ރަޝީދު ވިދާޅުވީ، ރައީސް އޮފީހުން ހިއްސާކުރި ދެ ލިންކަށް ބަލާއިރު، 2 ސެޕްޓެމްބަރު 2024 ގައި ރިފޯމް އެޖެންޑާގައިވާ ކަންކަން ޙާސިލު ކުރުމަށް ރައީސް ނިންމެވި ކަންކަމާ ގުޚޭ ޚަބަރެއްގެ ވާހަކަ ހިމެނޭ ކަމަށާއި، އޭގެ ފަހުން 23 އޮކްޓޯބަރުގެ ޚަބަރެއްގައި އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ ދަށުން ރައީސް ނިންމެވި ނިންމެވުންތަކެއްގެ ވާހަކަވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް މިއީ ހަމައެކަނި އިޤްތިސާދީ އިސްލާހީ އެޖެންޑާގައި ކުރެވިފައިވާ މަސައްކަތްކަމަށް ބަލަންވީތޯއާއި އޭގެ ފަހުން އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ ދަށުން މަސައްކަތެއް ކުރެވިފައިނުވަނީތޯ އާހިދު ވަނީ ސުވާލު ކުރައްވާފައެވެ.

ހަމައެކަނި އެ ދެ ލިންކުގައި އެހުރީ އިޤްތިސާދީ އިސްލާޙީ އެޖެންޑާ ގައި މަސައްކަތް ގޮސްފައިވާ ހިސާބުކަމަށްވާނަމަ އެ މައުލޫމާތު ދޫކޮށްފައިވާކަމަށް ބެލެވޭނެ، ނަމަވެސް މިހިސާބުން އަޅުގަނޑުގެވެސް އެބައޮތް ސުވާލުތަކެއް
އައިކޮމްގެ ރައީސް އާހިދު ރަޝީދު

އާހިދު ވިދާޅުވީ، ރައީސް އޮފީހުން ދެން ހިއްސާކޮށްފައި އޮތީ ކެބިނެޓުގެ ލިންކެއް ކަމަށާއި، އެ ލިންކަށް ވަދެ ބެލުމުންވެސް އެދިފައިވާ ސުވާލާ ގުޅޭ މައުލޫމާތެއް ސާފުނުވާކަމަށެވެ.

އެހެންނަމަ ވެސް މި އަޑުއެހުމުގައި ރައީސް އޮފީހުން ބުނީ، އެ އޮފީހުން ޤަބޫލުކުރާ ގޮތުގައި އެދިފައިވާ ސުވާލަށް ޖަވާބު ދެވިފައިވާ ކަމަށެވެ.

ނަމަވެސް އެ ޖަވާބު ލިބިފައިނުވާކަމަށް އާހިދު ވިދާޅުވިއެވެ. އެގޮތުން ރައީސް އޮފީހުގެ ޖަވާބަށް ބަލާއިރު، 2024 ގެ ފަހުން އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް ހުއްޓިފައިވާކަމަށް ބަލަންވީތޯ އާހިދު ސުވާލުކުރެއްވިއެވެ.

އާހިދު ވިދާޅުވީ އެގޮތަށް އެކަން ޤަބޫލު ކުރުމަކީވެސް އުނދަގޫ ކަމެއްކަމަށެވެ. އެހެންކަމުން އެކަން ސާފުކޮށްދެއްވުމަށް އާހިދު އެދިވަޑައިގެންނެވިއެވެ.

އައިކޮމްރައީސް އޮފީސްމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް އޮފީހުން އާރްޓީއައިތަކަށް ޖަވާބުދޭއިރު ޤާނޫނުގައިވާ މުއްދަތަށް އިހުތިރާމް ނުކުރާކަމުގެ ކަންބޮޑުވުން ރާއްޖެޓީވީން ފާޅުކޮށްފި!

ރައީސް އޮފީހުން އާރްޓީއައިތަކަށް ޖަވާބުދޭއިރު ޤާނޫނުގައިވާ މުއްދަތަށް އިހުތިރާމް ނުކުރާކަމުގެ ކަންބޮޑުވުން ރާއްޖެޓީވީން ފާޅުކޮށްފި!

26 އެޕްރީލު 2026
ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި މައްސަލައިގައި ރައީސް އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައެއް ނެތް!

ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި މައްސަލައިގައި ރައީސް އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައެއް ނެތް!

26 އެޕްރީލު 2026
ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކު ރައީސްގެ "ފަސްޓް ކަޒިން" މިނިސްޓަރު އަލީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި

ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކު ރައީސްގެ "ފަސްޓް ކަޒިން" މިނިސްޓަރު އަލީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި

13 އެޕްރީލު 2026
ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްފަހު ސްޓެލްކޯއަށް ލިބެންޖެހޭ ބާކީ ފައިސާ ލިބޭ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމުން އާރްޓީއައި ހުށަހެޅުމަށް އެކުންފުނިން ބުނެފި

ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްފަހު ސްޓެލްކޯއަށް ލިބެންޖެހޭ ބާކީ ފައިސާ ލިބޭ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމުން އާރްޓީއައި ހުށަހެޅުމަށް އެކުންފުނިން ބުނެފި

23 ފެބުރުއަރީ 2026
އިސްލާމިކް މިނިސްޓްރީ އިން އެދިގެން ދެފަހަރަށް ފަސްކުރި އައިކޮމް ގެ އަޑުއެހުމަށް ހާޒިރު ނުވުމުން މިނިސްޓްރީ ޖޫރިމަނާ ކޮށްފި

އިސްލާމިކް މިނިސްޓްރީ އިން އެދިގެން ދެފަހަރަށް ފަސްކުރި އައިކޮމް ގެ އަޑުއެހުމަށް ހާޒިރު ނުވުމުން މިނިސްޓްރީ ޖޫރިމަނާ ކޮށްފި

09 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު