Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންއާ ދެކޮޅަށް އެމެރިކާާ އިން ފެށި އަސްކަރީ އޮޕަރޭޝަން ނިމިފައިވާ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

ރޫބިއޯ ވިދާޅުވީ، އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ކޮންގްރެސް އަށް އަންގަވާފައިވާ ފަދައިން އެ އޮޕަރޭޝަން މިހާރު ނިމިފައިވާ ކަމަށާއި، ހަނގުރާމައިގެ އެ މަރުޙަލާ މިހާރުު ފުރިހަމަ ވެފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 މެއި 2026 | ބުދަ 05:21
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ. | ގެޓީ އިމޭޖަސް

އީރާންއާ ދެކޮލަށް އެމެރިކާ އިން ކުރިއަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަން، "އެޕިކް ފިއުރީ" ނިމުމަކަށް އައިސްފައިވާ ކަމަށް އެމެެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ކޮންގްރެސް އަށް އަންގަވާފައިވާ ފަދައިން އެ އޮޕަރޭޝަން މިހާރު ނިމިފައިވާ ކަމަށާއި،  ހަނގުރާމައިގެ އެ މަރުޙަލާ މިހާރުު ފުރިހަމަ ވެފައިވާ ކަމަށެވެ. 

އެމެރިކާާގެ ސަރުކާރުން އެ ޤައުމުގެ ކޮންްގްރެސްގެ މެމްބަރުންނަށް އެކަން އަންގާފައި ވަނީ، ދެ ޤައުމުގެ ދެ މެދުގައި ޤާއިމު ކޮށްފައިވާ ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާ ގުޅިގެން ހަނގުރާމަ ހުއްޓުމަކަށް އައިސްފައިވާތީ އެވެ. މީގެ ސަބަބުން، 60 ދުވަހަށް ވުރެ އިތުރަށް ހަނގުރާމަ ކުރިއަށް ގެންދާ ނަމަ، ކޮންްގްރެސްގެ ހުއްދަ ހޯދަން ޖެހޭ ޤާނޫނީ ލާޒިމު ކަމުން ސަރުކާރު ވަނީ ސަލާމަތްވެފަ އެވެ. ނަމަވެސް، އީރާން އިން އެމެރިކާާގެ އުޅަނދު ފަހަރަށް ހަމަލާ ދީފި ނަމަ، ބަދަލު ހިފާނެ ކަމުގެ އިންޒާރު ޓްރަމްޕް ވެސް ވަނީ ދެއްވައިފަ އެވެ.

މީގެ އިތުރުން ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ އުޅަނދު ފަހަރަށް އެހީތެރިވުމަށް "ޕްރޮޖެކްޓް ފްރީޑަމް"ގެ ނަމުގައި އައު ޙަރަކާތެއް ފަށާނެކަން ރައީސް ޓްރަމްޕް އޮތީ އާދީއްތަ ދުވަހު އިއުލާން ކުރައްވައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ރޫބިއޯ ވިދާޅުވީ، އެއީ އިސްވެ ހަމަލާ ދިނުމުގެ އޮޕަރޭޝަނެއް ނޫން ކަމަށާއި، އެއީ ދިފާއީ މަސައްކަތެއް ކަމަށެވެ. އަދި އެމެރިކާގެ ސިޔާސަތަކީ އެމެރިކާ އަށް އިސްވެ ހަމަލާއެއް ނާންނަނީސް، ބަޑި ނުޖެހުން ކަމަށް ރޫބިއޯ ވިދާޅުވި އެވެ. 

އެމެރިކާ އާއި އިޒްރޭލް ގުޅިގެން، މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު ވަނީ އީރާންއާ ދެކޮޅަށް ހަނގުރާމަ ފަށައިފަ އެވެ. އެ ހަމަލާ ތަކުގައި އީރާންގެ އެންމެ މަތީ ވެރިޔާގެ އިތުރުން، އެ ޤައުމުގެ އަސްކަރީ އިސް އޮފިޝަލުން ވެސް ވަނީ އަވަހާރަ ކޮށްލައިފަ އެވެ. ނަމަވެސް، އެ ހަމަލާ ތަކުގައި އީރާންގެ ސަރުކާރު ވެއްޓިފައި ނުވާއިރު، އެމެރިކާ އާއި އިޒްރޭލް އިން އެންމެ ބޮޑަށް ބޭނުންވީ އީރާންގެ ސަރުކާރު ވައްޓާލުމަށެވެ. އެމެެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން އީރާން އިން ވެސް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާއިރު، މިދިޔަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ވަނީ ހަނގުރާމަ މެދު ކަނޑާލުމަށް ދެ ޤައުމުން ވެސް އެއްބަސްވެފަ އެވެ. 

އިތުރަށް ރޫބިއޯ ވިދާޅުވި ގޮތުގައި، އެ ހަނގުރާމަ އިން އެމެރިކާ ބޭނުންވި ހުރިހާ މަގުސަދު ތަކެއް މިހާރު ވަނީ ހާސިލުވެފަ އެވެ. އީރާންގެ އިޤްތިޞާދަށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް ފާހަގަ ކުރައްވައި ރޫބިއޯ ވިދާޅުވީ، އެހެން ނަމަވެސް އެމެރިކާގެ ރައީސް ޓްރަމްޕް އަދިވެސް ބޭނުންފުޅު ވަނީ މަަޝްވަރާގެ މޭޒުގެ ދަށުން އެއްބަސްވުމަކަށް އައުމަށް ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްމާކޯ ރޫބިއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޗައިނާ އަށް

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޗައިނާ އަށް

05 މެއި 2026
ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

05 މެއި 2026
ވައިޓް ހައުސް ކައިރީގައި އަނެއްކާ ވެސް ބަޑީގެ ހަމަލާ ތަކެއް

ވައިޓް ހައުސް ކައިރީގައި އަނެއްކާ ވެސް ބަޑީގެ ހަމަލާ ތަކެއް

05 މެއި 2026
އެމެރިކާ އިން ހަމަލާ ދިނީ އާންމުން ދަތުރުކުރި ކުޑަ ދެ ކާގޯ ބޯޓަށް: އީރާން

އެމެރިކާ އިން ހަމަލާ ދިނީ އާންމުން ދަތުރުކުރި ކުޑަ ދެ ކާގޯ ބޯޓަށް: އީރާން

05 މެއި 2026
އީރާނުން އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާދީ އިންޒާރުދީފި

އީރާނުން އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާދީ އިންޒާރުދީފި

05 މެއި 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު