Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފި

ޔޫކޭއެމްޓީއޯ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ހާދިސާ ހިނގާފައި ވަނީ މުހިންމު ކަނޑުގެ މަގެއް ކަމަށް ހޮރްމޫޒް ކަނޑުއޮޅިން ބޯޓު ދަތުރު ކުރަމުން ދަނިކޮށް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މެއި 2026 | ބުދަ 05:24
ބަންދަރު އައްބާސް ކައިރީގައިވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުންދާ އުޅަނދު ފަހަރު.

ބަންދަރު އައްބާސް ކައިރީގައިވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުންދާ އުޅަނދު ފަހަރު. | ރޮއިޓާސް

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދިޔަ މުދާ އުފުލާާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް، އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ހާމަ ކޮށްފި އެވެ. 

ޔޫކޭއެމްޓީއޯ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ހާދިސާ ހިނގާފައި ވަނީ މުހިންމު ކަނޑުގެ މަގެއް ކަމަށް ހޮރްމޫޒް ކަނޑުއޮޅިން ބޯޓު ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. މި ހަމަލާ ދީފައި ވަނީ ކޮން އެއްޗަކުން ކަމެއް މިހާތަނަށް ސާފުވެފައި ނުވާ ކަމަށް ވެސް، އެ އިދާރާ އިން ވަނީ މައުލޫމާތު ދީފަ އެވެ.

މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގެ ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. ނަމަވެސް، ޔޫކޭއެމްޓީއޯ އިން ބުނެފައި ވަނީ މި ހާދިސާގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރެއް މިހާތަނަށް އަންދާޒާ ކުރެވިފައި ނުވާ ކަމަށެވެ. 

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ކަމާ ގުޅުން ހުރި އިދާާރާ ތަކުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދު ފަހަރު ތަކުން ސަމާލުވުމަށް ވެސް ވަނީ އެދިފަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިޔޫކޭއެމްޓީއޯ

އިތުރަށް ކިޔާލަން

06 މެއި 2026

އީރާންއާ ދެކޮޅަށް އެމެރިކާާ އިން ފެށި އަސްކަރީ އޮޕަރޭޝަން ނިމިފައިވާ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

06 މެއި 2026
އީރާންއާ ދެކޮޅަށް އެމެރިކާާ އިން ފެށި އަސްކަރީ އޮޕަރޭޝަން ނިމިފައިވާ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ
05 މެއި 2026

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޗައިނާ އަށް

05 މެއި 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޗައިނާ އަށް
05 މެއި 2026

ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

05 މެއި 2026
ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ގޮވާލައްވައިފި
05 މެއި 2026

އެމެރިކާ އިން ހަމަލާ ދިނީ އާންމުން ދަތުރުކުރި ކުޑަ ދެ ކާގޯ ބޯޓަށް: އީރާން

05 މެއި 2026
އެމެރިކާ އިން ހަމަލާ ދިނީ އާންމުން ދަތުރުކުރި ކުޑަ ދެ ކާގޯ ބޯޓަށް: އީރާން
05 މެއި 2026

އީރާނުން އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާދީ އިންޒާރުދީފި

05 މެއި 2026
އީރާނުން އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާދީ އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު