Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އީރާނުގެ ހަނގުރާމަމަތީ އުޅަނދުތަކެއް ފައްތާލާފައިވާ ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކަ އީރާނުން ދޮގުކޮށްފި

5 މެއި 2026 | އަންގާރަ 04:38

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެ ސަރަހައްދުގެ ކޮންޓްރޯލް ހޯދުމަށް ހިންގާ އޮޕަރޭޝަނުގައި އީރާނުގެ ހަތް އުޅަނދަކަށް ހަމަލާދީފައިވާ ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އީރާނުން ވަނީ އެމެރިކާގެ އުޅަނދުތަކަށް އެ ސަރަހައްދުން ދަތުރު ނުކުރެވޭނެ ކަމުގެ އިންޒާރު ދީފައި. މި ކުރިމަތިލުންތަކާ ގުޅިގެން ތެލުގެ އަގު އުފުލިފައިވާއިރު، ޔޫ.އޭ.އީ އަށް ހަމަލާދިން ކަމަށް ކުރެވޭ ތުހުމަތުތައް ވެސް އީރާނުން ވަނީ ދޮގުކޮށްފައި.

ރާއްޖެ އެމްވީ | 5 މެއި 2026 | އަންގާރަ 04:38
ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނެއްގައި، އީރާނުގެ ބައެއް އުޅަނދުތައް ފައްތާލާފައިވާ ކަމަށް ބުނެ އެމެރިކާގެ އަސްކަރިއްޔާއިން ކުރި ދައުވާ، އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ދޮގުކުރި.

ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނެއްގައި، އީރާނުގެ ބައެއް އުޅަނދުތައް ފައްތާލާފައިވާ ކަމަށް ބުނެ އެމެރިކާގެ އަސްކަރިއްޔާއިން ކުރި ދައުވާ، އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ދޮގުކުރި. | ޕްރެސްޓީވީ

ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އީރާނުގެ ބައެއް އުޅަނދުތައް ފައްތާލާފައިވާ ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކަ އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ދޮގުކުރައްވައިފި ކަމަށް އައި.އާރް.އައި.ބީ ނިއުސްއިން ރިޕޯޓްކޮށްފިއެވެ.

ނަން ހާމަކޮށްފައިނުވާ އެ ކޮމާންޑަރުގެ ބަޔާނާ ހަވާލާދީ އައި.އާރް.އައި.ބީ ނިއުސްއިން ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އެ އޮފިޝަލް މިފަދައިން ރައްދު ދިނީ އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި އީރާނާއި އެމެރިކާގެ ކަނޑުގެ ސިފައިންގެ މެދުގައި ކުރިމަތިލުމެއް ހިނގާފައިވާ ކަމަށް ބުނެ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ދެއްކި ވާހަކަތަކާ ގުޅިގެން ކަމަށެވެ.

އެ ކޮމާންޑަރު ވިދާޅުވީ އީރާނުގެ ހަނގުރާމަމަތީ ބައެއް އުޅަނދުތައް ފައްތާލާފައިވާ ކަމަށް ބުނެ އެމެރިކާއިން ކުރާ ދައުވާއަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ގަލްފް ސަރަހައްދުގައި ތާށިވެފައިވާ އުޅަނދުތަކަށް ދަތުރު ކުރެވޭނެ ގޮތް ހެދުމުގެ ގޮތުން އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުގެ ހަތް "ފާސްޓް ބޯޓް" އަށް އެމެރިކާއިން ހަމަލާދީފައިވާ ކަމަށެވެ.

ސެންޓްކޮމްގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕާ ހޯމަ ދުވަހުގެ ކުރީކޮޅު ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ކުދި ހަ އުޅަނދެއް ހަލާކުކޮށްލާފައިވާ ކަމަށާއި، އެމެރިކާގެ މަނަވަރުތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ހުއްޓުވާފައިވާ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުން ބާއްވަމުންދާ ކޮންޓްރޯލް ނައްތާލުމަށް ވައިޓް ހައުސްއިން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވިއެވެ.

މި ކުރިމަތިލުންތައް ހިނގާފައިވަނީ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި ވިޔަފާރި އުޅަނދުތައް ތާށިވެފައި އޮންނަތާ ދެ މަހަށްވުރެ ގިނަ ދުވަސް ވުމަށްފަހު، އެ ކަނޑުއޮޅީގެ މައްޗަށް އޮތް އީރާނުގެ ބާރު ކަނޑުވާލައި އުޅަނދުތަކަށް ދަތުރުކުރެވޭނެ މަގު ފަހިކުރުމުގެ އޮޕަރޭޝަނެއް ފެށުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ އަސްކަރިއްޔާއަށް އަމުރުކުރެއްވުމާ ގުޅިގެންނެވެ.

އައި.އާރް.ޖީ.ސީ އިން މީގެ ރައްދުގައި އިންޒާރު ދީފައިވަނީ، އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދައެއް ނެތި އެމެރިކާގެ އަސްކަރީ ނުވަތަ ވިޔަފާރި އުޅަނދެއް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަން މަސައްކަތްކޮށްފިނަމަ، ވަގުތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަމަލާދޭން ފެށީއްސުރެ ހޮރްމޫޒް ކަނޑުއޮޅި އޮތީ އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. އަދި އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ދެނީ ހަމައެކަނި ދުޝްމަނުންގެ ގޮތުގައި ނުބެލެވޭ އުޅަނދުތަކަށާއި، އީރާނުގެ އަސްކަރިއްޔާއިން ކަނޑައަޅާފައިވާ ސަލާމަތީ އުސޫލުތަކަށް ތަބާވާ އުޅަނދުތަކަށް އެކަންޏެވެ.

މި ކޮންޓްރޯލްގެ ސަބަބުން ކަނޑުއޮޅީގެ ދެފަރާތުގައި ގާތްގަނޑަކަށް 3،000 އުޅަނދާއި 20،000 އެއްހާ ފަޅުވެރިން ތާށިވެފައިވާއިރު، މީގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އީރާނުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް އީރާނުގެ އަސްކަރީ އޮފިޝަލް ދޮގުކުރެއްވި ކަމަށް އައި.އާރް.އައި.ބީ އިން ރިޕޯޓްކޮށްފައިވެއެވެ. އަދި ތެހެރާނުން އެފަދަ އެއްވެސް ރޭވުމެއް ގެންގުޅެފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުން މިފަދައިން ބުނެފައިވަނީ، ޕާޝިއަން ގަލްފްގެ އެ ގައުމަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކެއް ހުއްޓުވާފައިވާ ކަމަށާއި، ނަމަވެސް ތެޔޮ އުފައްދާ އެ ސަރަހައްދަށް އަމާޒުވި ޑްރޯންތަކެއް ހުއްޓުވިފައިނުވާ ކަމަށް ޔޫ.އޭ.އީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މަސްދަރު: ޕްރެސްޓީވީ

ހުރްމުޒް ކަނޑުއޮޅިއީރާން-އެމެރިކާއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްއީރާން-އިސްރާއީލުޔުނައިޓެޑް އަރަބް އެމިރޭޓްސް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި

17 އޯގަސްޓު 2026
އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި
17 އޯގަސްޓު 2026

އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ
16 އޯގަސްޓު 2026

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

16 އޯގަސްޓު 2026
މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި
16 އޯގަސްޓު 2026

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

16 އޯގަސްޓު 2026
ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި
16 އޯގަސްޓު 2026

އީރާނުގެ ބޮންއަޅާ ބޯޓުތަކުގެ ޕައިލެޓުން ގަތަރުން ހިފަހައްޓާފައިވާ ކަމަށް ބުނެ ތެހެރާނުން ކުރާ ތުހުމަތުތައް ގަތަރުން ދޮގުކޮށްފި

16 އޯގަސްޓު 2026
އީރާނުގެ ބޮންއަޅާ ބޯޓުތަކުގެ ޕައިލެޓުން ގަތަރުން ހިފަހައްޓާފައިވާ ކަމަށް ބުނެ ތެހެރާނުން ކުރާ ތުހުމަތުތައް ގަތަރުން ދޮގުކޮށްފި
15 އޯގަސްޓު 2026

އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމާމެދު އީރާނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެ ގައުމުން ބުނެފި

15 އޯގަސްޓު 2026
އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމާމެދު އީރާނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެ ގައުމުން ބުނެފި
15 އޯގަސްޓު 2026

ބެއިރޫތުގެ ދާހިޔާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލައި، ވަގުތުން އިސްރާއީލަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދިނިން: ގާލީބާފް

15 އޯގަސްޓު 2026
ބެއިރޫތުގެ ދާހިޔާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލައި، ވަގުތުން އިސްރާއީލަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދިނިން: ގާލީބާފް
15 އޯގަސްޓު 2026

އެމެރިކާ އިން އީރާނުގެ ބަނދަރުތައް "މުއްދަތެއް ނެތް" ގޮތަށް ބަންދުކުރުމުގެ އިންޒާރު ދިނުން: މިއީ ކިހާ ދުވަހަކަށް ދެމިއޮންނާނެ ކަމެއްބާ؟

15 އޯގަސްޓު 2026
އެމެރިކާ އިން އީރާނުގެ ބަނދަރުތައް "މުއްދަތެއް ނެތް" ގޮތަށް ބަންދުކުރުމުގެ އިންޒާރު ދިނުން: މިއީ ކިހާ ދުވަހަކަށް ދެމިއޮންނާނެ ކަމެއްބާ؟
15 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް

15 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް
14 އޯގަސްޓު 2026

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

14 އޯގަސްޓު 2026
ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް