Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އިން ހަމަލާ ދިނީ އާންމުން ދަތުރުކުރި ކުޑަ ދެ ކާގޯ ބޯޓަށް: އީރާން

އީރާނުގެ އަސްކަރީ މަސްދަރުތަކުން ހާމަކުރި ގޮތުގައި، އެމެރިކާއިން ހަމަލާދީފައިވަނީ އާންމުންގެ މުދާ އުފުލާ ދެ ބޯޓަކަށް ކަމަށާއި، މި ހަމަލާގައި އާންމުންގެ ފަސް މީހަކު ޝަހީދުވެފައިވާ ކަމަށް. އެމެރިކާގެ މި އަމަލަކީ އީރާނުގެ އަސްކަރީ ބާރަށް ބިރުން ހިންގި ޖަރީމާއެއް ކަމަށްވެސް އެ ގައުމުން ވަނީ ސިފަކޮށްފައި.

ރާއްޖެ އެމްވީ | 5 މެއި 2026 | އަންގާރަ 05:47
މެދުއިރުމައްޗަށް ފޮނުވާފައިވާ ޔޫއެސްއެސް ޓްރިޕޮލީ (އެލްއެޗްއޭ 7) މަނަވަރުގައި މަސައްކަތްކުރާ ފަޅުވެރިންނާ، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ 2026 ވަނަ އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހު ވާހަކަދައްކަވަނީ.

މެދުއިރުމައްޗަށް ފޮނުވާފައިވާ ޔޫއެސްއެސް ޓްރިޕޮލީ (އެލްއެޗްއޭ 7) މަނަވަރުގައި މަސައްކަތްކުރާ ފަޅުވެރިންނާ، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ 2026 ވަނަ އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހު ވާހަކަދައްކަވަނީ. | ޔޫއެސް ނޭވީ

އެމެރިކާގެ ބާރުތަކުން ހަމަލާދީފައިވަނީ އޮމާންގެ އައްސޭރިފަށުގައިވާ ޚަސަބުން ފުރައިގެން އީރާނުގެ އައްސޭރިފަށަށް އާންމުންގެ މުދާ ހިފައިގެން ދަތުރުކުރި ކުދި ދެ ބޯޓަކަށް ކަމަށް އީރާނުގެ އަސްކަރީ މަސްދަރަކުން ހާމަ ކޮށްފި އެވެ.

އީރާނުގެ ދެކުނުން އޮންނަ ހޮރްމޫޒް ކަނޑުއޮޅީގައި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ހަލުވި ދުވެލީގެ އުޅަނދުތަކަކަށް ހަމަލާދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ކުރާ ދައުވާތަކާ ގުޅިގެން "ތަސްނީމް" ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން، އީރާނުގެ އަސްކަރީ މަސްދަރަކުން ބުނެފައިވަނީ އެ ގައުމުގެ އުޅަނދުތަކަށް އެއްވެސް ހަމަލާއެއް އަމާޒުވެފައި ނުވާ ކަމަށެވެ.

 އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ހަނގުރާމަމަތީ ހަލުވި ދުވެލީގެ 6 އުޅަނދަކަށް ހަމަލާދިން ކަމަށް ބުނެ ފަތުރާފައިވާ ޚަބަރުތަކާ ގުޅިގެން، އެ ސަރަހައްދުގެ މަސްދަރުތައް މެދުވެރިކޮށް އެކަން ހިނގާދިޔަ ގޮތް ތަހުގީގުކޮށްފައިވާ ކަމަށް އެ މަސްދަރުން ބުންޏެވެ.

އެމެރިކާގެ މި ހަމަލާގައި އާންމުންގެ 5 މީހަކު ޝަހީދުވެފައިވާކަން ފާހަގަކުރަމުން، މި ޖަރީމާއާ ގުޅިގެން އެމެރިކާއިން ފުރިހަމައަށް ޒިންމާ އުފުލަންޖެހޭނެ ކަމަށް އެ މަސްދަރުން ބުންޏެވެ.

އަދި ދުޝްމަނުން މިފަދަ ކަންކަން ކުރަމުން ދަނީ، އައި.އާރް.ޖީ.ސީގެ ހަލުވި ދުވެލީގެ އުޅަނދުތަކުން ހިންގާ އޮޕަރޭޝަންތަކަށް އެމެރިކާގެ އަސްކަރިއްޔާއިން އިންތިހާއަށް ބިރުގަންނާތީ ކަމަށްވެސް އެ އަސްކަރީ މަސްދަރުން ފާހަގަކުރިއެވެ.

އީރާނުގެ އަސްކަރީ މަސްދަރުން މިހެން ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅީގައި އީރާނުގެ "ފާސްޓް ބޯޓްސް" ނުވަތަ ހަލުވި ދުވެލީގެ އުޅަނދުތަކަކަށް އެމެރިކާއިން ހަމަލާދީފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވާ ގޮތުގައި، އީރާނުގެ އެ ކުދި އުޅަނދުތައް ނައްތާލުމަށް އެމެރިކާއިން ވަނީ ހެލިކޮޕްޓަރު ބޭނުންކޮށްފައެވެ.

މި އޮޕަރޭޝަނަކީ ޑޮނަލްޑް ޓްރަމްޕްގެ "ޕްރޮޖެކްޓް ފްރީޑަމް" ގެ ދަށުން ހިންގި ކަމެއް ކަމަށް ރިޕޯޓްކޮށްފައިވާއިރު، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ އެއީ "ޕްރޮޖެކްޓް ޑެޑްލޮކް" ނުވަތަ މަރުތަޅު އެޅުވުމުގެ މަޝްރޫއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މަސްދަރު: ތަސްނީމް ނިއުސް އޭޖެންސީ

އީރާން-އެމެރިކާހޮރްމޫޒް ކަނޑުއޮޅިއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްޕްރޮޖެކްޓް ފްރީޑަމް

އިތުރަށް ކިޔާލަން

05 މެއި 2026

އީރާނުން އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާދީ އިންޒާރުދީފި

05 މެއި 2026
އީރާނުން އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާދީ އިންޒާރުދީފި
05 މެއި 2026

ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އީރާނުގެ ހަނގުރާމަމަތީ އުޅަނދުތަކެއް ފައްތާލާފައިވާ ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކަ އީރާނުން ދޮގުކޮށްފި

05 މެއި 2026
ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އީރާނުގެ ހަނގުރާމަމަތީ އުޅަނދުތަކެއް ފައްތާލާފައިވާ ކަމަށް ބުނެ އެމެރިކާއިން ދައްކާ  ވާހަކަ އީރާނުން ދޮގުކޮށްފި
05 މެއި 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް

05 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް
05 މެއި 2026

ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން

05 މެއި 2026
ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން
05 މެއި 2026

އެމެރިކާ އިން ހަދަނީ ދޮގު، ހޮރްމޫޒް ކަނޑު އޮޅިން އެއްވެސް އުޅަނދެއް ދަތުރު ކޮށްފައި ނުވޭ: އީރާން

05 މެއި 2026
އެމެރިކާ އިން ހަދަނީ ދޮގު، ހޮރްމޫޒް ކަނޑު އޮޅިން އެއްވެސް އުޅަނދެއް ދަތުރު ކޮށްފައި ނުވޭ: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު