Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ ޔޫއޭއީގެ އާންމުން ދިރިއުޅޭ ސަރަހައްދު ތަކަށާއި، އުމްރާނީ ވަސީލަތް ތަކަށް އަމާޒުކޮށް ދިން މިސައިލް އާއި ޑްރޯން ހަމަލާތައް ޕާކިސްތާން އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް. އަދި މި ދަނޑިވަޅުގައި ޕާކިސްތާން އޮތީ ޔޫއޭއީ އާއެކު، ފުރިހަމަ ސާބިތުކަަންމަތީގައި ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މެއި 2026 | އަންގާރަ 10:43
ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް.

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް. | ރޮއިޓާސް

ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އަމާޒުކޮށް އީރާން އިން ދިން ހަމަލާތައް ކުށްވެރި ކުރައްވައި، ސަރަހައްދީ ހަމަޖެހުމަށްޓަކައި ޤާއިމު ކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ގޮވާލައްވައިފި އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓާލުމާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤައުމަކީ ޕާކިސްތާން އެވެ. އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް އަންގާރަ ދުވަހު ޝެހްބާޒް ގޮވާލެއްވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ ޔޫއޭއީގެ އާންމުން ދިރިއުޅޭ ސަރަހައްދު ތަކަށާއި، އުމްރާނީ ވަސީލަތް ތަކަށް އަމާޒުކޮށް ދިން މިސައިލް އާއި ޑްރޯން ހަމަލާތައް ޕާކިސްތާން އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ޕާކިސްތާން އޮތީ ޔޫއޭއީ އާއެކު، ފުރިހަމަ ސާބިތުކަަންމަތީގައި ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

ބޮޑު ވަޒީރު ޝެހްބާޒް އިތުރަށް ވިދާޅުވި ގޮތުގައި، ސަރަހައްދީ ދާއިމީ ސުލްޙަ އާއި، ހަމަޖެހުމަށް މަގު ފަހި ކުރުމަށްޓަކައި ޑިޕްލޮމެޓިކް މަޝްވަރާ ތަކަށް ފުރުސަތު ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން، މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހުރިހާ ފަރާތްތަކުން ވެސް އިޙްތިރާމްކޮށް، އެ އެއްބަސްވުން ދެމެހެއްޓުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ. 

ހޯމަ ދުވަހުގެ ރޭ ޔޫއޭއީ އިން ހާމަ ކޮށްފައިވާ ގޮތުގައި، އީރާން އިން ވަނީ ގިނަ އަދަދެއްގެ މިސައިލް އާއި ޑްރޯން ބޭނުން ކޮށްގެން އެ ޤައުމަށް ހަމަލާ ތަކެއް ދީފަ އެވެ. މިއީ ހަފުތާ ތަކެއް ވަންދެން ދެމި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އީރާން އިން ޚިލާފުވުން ކަމަށް ޔޫއޭއީ އިން ވަނީ ބުނެފަ އެވެ. މި ހަމަލާ ތަކަކީ މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި، އިޒްރޭލް އިން އީރާން އަށް ހަމަލާ ދޭން ފެށުމާ ގުޅިގެން އުފެދުނު ހަމަ ނުޖެހުން ތަކުގެ ތެރެއިން ދީފައިވާ ހަމަލާ ތަކެކެވެ. 

މިދިޔަ އޭޕްރީލް މަހުގެ ފަހު ކޮޅުން ފެށިގެން ސަރަހައްދީ މަސްރަހު ގޯސްވެފައިވާއިރު، އީރާން އިން ވަނީ އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކަށް ރައްދު ދެމުންނެވެ. ނަމަވެސް، ޕާކިސްތާން މެދުވެރި ވެގެން ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައިވާއިރު، އެމެރިކާ އާއި އީރާން އިން ދަނީ، އެއްބަސްވުމާ ޚިލާފުވަމުން އަންނަ ކަމުގެ ތުހުމަތު އެއް ބަޔަކު އަނެއް ބަޔަކަށް ކުރަމުންނެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޝެހްބާޒް ޝަރީފް

އިތުރަށް ކިޔާލަން

05 މެއި 2026

އެމެރިކާ އިން ހަމަލާ ދިނީ އާންމުން ދަތުރުކުރި ކުޑަ ދެ ކާގޯ ބޯޓަށް: އީރާން

05 މެއި 2026
އެމެރިކާ އިން ހަމަލާ ދިނީ އާންމުން ދަތުރުކުރި ކުޑަ ދެ ކާގޯ ބޯޓަށް: އީރާން
05 މެއި 2026

އީރާނުން އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާދީ އިންޒާރުދީފި

05 މެއި 2026
އީރާނުން އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާދީ އިންޒާރުދީފި
05 މެއި 2026

ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އީރާނުގެ ހަނގުރާމަމަތީ އުޅަނދުތަކެއް ފައްތާލާފައިވާ ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކަ އީރާނުން ދޮގުކޮށްފި

05 މެއި 2026
ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އީރާނުގެ ހަނގުރާމަމަތީ އުޅަނދުތަކެއް ފައްތާލާފައިވާ ކަމަށް ބުނެ އެމެރިކާއިން ދައްކާ  ވާހަކަ އީރާނުން ދޮގުކޮށްފި
05 މެއި 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް

05 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް
05 މެއި 2026

ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން

05 މެއި 2026
ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު