Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޕާކިސްތާން އާއި އެހެން ޤައުމު ތަކުގެ އެދުމުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮޕަރޭޝަން އެމެރިކާ އިން މެދު ކަނޑާލައިފި

އީރާންއާ ދެކޮޅަށް އެމެެރިކާ އިން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގައި ބޮޑެތި ކާމިޔާބީ ތަކެއް ހޯދިފައިވާ ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އީރާންގެ މަންދޫބުންނާ އެކު ފަހުގެ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތުގައި މިހާރު ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 މެއި 2026 | ބުދަ 07:12
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާ ތަކުގައި ބޮޑެތި ކުރިއެރުން ތަކެއް ލިބެމުންދާތީވެ، ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ އުޅަނދު ފަހަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ސިފައިން ކުރިއަށް ގެންދިޔަ "ޕްރޮޖެކްޓް ފްރީޑަމް" މެދު ކަނޑާލަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ. 

ޓްރަމްޕްގެ އަމުރުފުޅަށް އެމެރިކާގެ އަސްކަރިއްޔާ އިން ފެށި މި އޮޕަރޭޝަން މެދު ކަނޑާލަން ޓްރަމްޕް ނިންމެވީ، ޕާކިސްތާންގެ އިތުރުން، އެހެން ޤައުމު ތަކުގެ ވެސް އެދުމުގެ މަތީންނެވެ. ޕާކިސްތާން އަކީ، އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤައުމެވެ. 

އީރާންއާ ދެކޮޅަށް އެމެެރިކާ އިން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގައި ބޮޑެތި ކާމިޔާބީ ތަކެއް ހޯދިފައިވާ ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އީރާންގެ މަންދޫބުންނާ އެކު ފަހުގެ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތުގައި މިހާރު ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށެވެ. 

މި އޮޕަރޭޝަން ވަގުތީ ގޮތުން މެދު ކަނޑާލި ނަމަވެސް، އީރާންއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ކަނޑުގެ ހުރަސްތައް، ނުވަތަ ނޭވަލް ބްލޮކޭޑް އެގޮތުގައި ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، "ޕްރޮޖެކްޓް ފްރީޑަމް" މަޑު ޖައްސާލަން ނިންމީ އީރާން އާއެކު ވެވޭ އެއްބަސްވުމުގައި ސޮއިކޮސް، އެކަން ނިންމާލެވޭތޯ ބެލުމަށް ދެވޭ ފުރުސަތެއްގެ ގޮތުންނެވެ. 

ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ އުޅަނދު ފަހަރަށް ހިމާޔަތް ދިނުމުގެ މި މަޝްރޫއު މެދު ކަނޑާލުމަށް އެމެރިކާ އިން ނިންމި ނިންމުމާ އެކު، ސަރަހައްދީ މަސްރަހަށް ބަދަލު ތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވީ އެމެރިކާގެ އަސްކަރީ ބާރުވެރިކަން އެ ސަރަހައްދުގައި ދެމި އޮންނާނެ ކަމަށާއި، ބްލޮކޭޑުގެ ކަންކަން ފުރިހަމަ ބާރާ އެކު ކުރިއަށް ދާނެ ކަމަށެވެ. 

މި ނިންމެވުމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ބުނެފައި ވަނީ މިއީ ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލު ކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި އީރާން އާއެކު އެކުލަވާލެވޭ ފަހުގެ އެއްބަސްވުމަކީ ދާއިމީ ޙައްލަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެމެރިކާ ސަރުކާރުން ވަނީ ހާމަ ކޮށްފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި

ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި

06 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފި

06 މެއި 2026
އީރާންއާ ދެކޮޅަށް އެމެރިކާާ އިން ފެށި އަސްކަރީ އޮޕަރޭޝަން ނިމިފައިވާ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

އީރާންއާ ދެކޮޅަށް އެމެރިކާާ އިން ފެށި އަސްކަރީ އޮޕަރޭޝަން ނިމިފައިވާ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

06 މެއި 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޗައިނާ އަށް

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޗައިނާ އަށް

05 މެއި 2026
ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

05 މެއި 2026

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު