Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އިޒްރޭލްއާ މެދު ގެންގުޅޭ ވަންހަނާ ނިއުކްލިއާ ސިޔާސަތު ހާމަ ކުރުމަށް، ޑިމޮކްރެޓިކް ޕާޓީގެ 30 މެމްބަރަކު ގޮވާލައްވައިފި

އިޒްރޭލްގެ ނިއުކްލިއާ ޕްރޮގްރާމްއާ މެދު ގެންގުޅޭ ގޮތް ނޭނގޭ ސިޔާސަތުގެ ސަބަބުން، މެދު އިރުމަތީގައި ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތް ތަކަށް ހުރަސް އެޅޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 މެއި 2026 | ބުދަ 09:53
އެމެރިކާގެ ކޮންގްރެސްގައި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކަވަނީ.

އެމެރިކާގެ ކޮންގްރެސްގައި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކަވަނީ. | ރޮއިޓާސް

އިޒްރޭލްގެ ނިއުކްލިއާ ހަތިޔާރުގެ ޤާބިލުކަމާ ގުޅޭ ގޮތުން ގެންގުޅޭ ވަންހަނާ ސިޔާސަތު ނިމުމަކަށް ގެނެސް، އެކަމުގައި ދެ ފުށް ފެންނަ ސިޔާސަތެއް ޤާއިމު ކުރުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ 30 މެމްބަރަކު ގޮވާލައިފި އެވެ. 

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަށް ފޮނުއްވި ގުޅިފައިވާ ބަޔާނެއްގައި އެ މެމްބަރުން ވިދާޅުވީ، އެމެރިކާާ އިން މިހާރު ހަނގުރާމައިގައި ބައިވެރިވަމުން ދަނީ ނިއުކްލިއާ ހަތިޔާރު ހުރި ކަމަށް ބެލެވޭ ޤައުމަކާ އެކު ކަމަށެވެ. ނަމަވެސް، އެއީ އެމެރިކާގެ ސަރުކާރުން އެކަން ރަސްމީކޮށް ޤަބޫލު ކުރަން ދެކޮޅު ހަދާ ޤައުމެއް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. 

އިޒްރޭލްގެ ނިއުކްލިއާ ޕްރޮގްރާމްއާ މެދު ގެންގުޅޭ ގޮތް ނޭނގޭ ސިޔާސަތުގެ ސަބަބުން، މެދު އިރުމަތީގައި ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތް ތަކަށް ހުރަސް އެޅޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. 

މެމްބަރުންގެ ބަޔާނުގައި ބަޔާން ކޮށްފައިވާ ގޮތުގައި، މެދު އިރުމަތީގެ ނިއުކްލިއާ މަސްރަހާއި، މިހާރު ހިނގަމުންދާ ހަމަ ނުޖެހުން ތަކުގެ ތެރެއިން ކަންކަން ގޯސްވެގެން ދިޔުމުގެ ފުރުސަތު އޮތް މިންވަރާއި، އެފަދަ ޙާލަތެއްގައި ސަރުކާރުން ގެންގުޅޭ ޕްލޭން ތަކުގެ ފުރިހަމަ މައުލޫމާތު އެނގުމަކީ ޤާނޫނު އަސާސީ އިން ކޮންގްރެސް އަށް މަތިކޮށްފައިވާ ޒިންމާ އެކެވެ. އަދި އީރާން އިން ނިއުކްލިއާ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމި ނިންމުމަކީ، އެކަހެރި ނިންމުމެއް ނޫން ކަމަށާއި، އެއީ ސަރަހައްދީ ޤައުމު ތަކުގެ ޤާބިލުކަން ހުރި މިންވަރަށް ބަލައި ނިންމާފައިވާ ނިންމުމެއް ކަމަަށް ވެސް މެމްބަރުން ވިދާޅުވި އެވެ. 

މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް، ނުވަތަ ގެންގުޅުމަށް މަސައްކަތް ކުރާ އެހެން ޤައުމުތަކާ މެދު އެމެރިކާ އިން ގެންގުޅޭ ދެ ފުށް ފެންނަ، ހަމަހަމަ އުސޫލުތައް އިޒްރޭލްއާ މެދު ވެސް ގެންގުޅުމަށް އެ މެމްބަރުން ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ. 

އިޒްރޭލް އަކީ ނިއުކްލިއާ ހަތިޔާރު ހުރި ޤައުމެއް ކަމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ބޮޑަށް ޤަބޫލު ކުރި ނަމަވެސް، އިޒްރޭލް އިން އަބަދު ވެސް އަންނަނީ އެކަން ދޮގު ކުރަމުންނެވެ. އަދި މިހާތަނަށް އެކަމުގައި ދެ ފުށް ފެންނަ ސިޔާސަތެއް ހާމަ ކުރުމަށް ބައިނަލްއަޤުވާމީ ފަރާތް ތަކުން އިޒްރޭލް އަށް ކުރާ ފިއްތުންތައް ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ-އިޒްރޭލުހައުސް އޮފް ރެޕްރެޒެންޓެޓިވްސްޑިމޮކްރެޓިކް ޕާޓީ - އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

06 މެއި 2026
ޕާކިސްތާން އާއި އެހެން ޤައުމު ތަކުގެ އެދުމުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮޕަރޭޝަން އެމެރިކާ އިން މެދު ކަނޑާލައިފި

ޕާކިސްތާން އާއި އެހެން ޤައުމު ތަކުގެ އެދުމުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮޕަރޭޝަން އެމެރިކާ އިން މެދު ކަނޑާލައިފި

06 މެއި 2026
ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި

ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި

06 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފި

06 މެއި 2026
އީރާންއާ ދެކޮޅަށް އެމެރިކާާ އިން ފެށި އަސްކަރީ އޮޕަރޭޝަން ނިމިފައިވާ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

އީރާންއާ ދެކޮޅަށް އެމެރިކާާ އިން ފެށި އަސްކަރީ އޮޕަރޭޝަން ނިމިފައިވާ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

06 މެއި 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު