Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޗެއަޕާސަން އިންތިހާބު

އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި ނަމަވެސް، އެކަމަށް ގިނަ ބަޔަކު އަންނީ ދެކޮޅު ހަދަމުން. ޕާޓީގެ މަސްލަހަތާއި މާލީ ހާލަތަށް ރިއާޔަތްކޮށް އިންތިހާބު ލަސްކުރަން ޣަފޫރު ބޭނުންފުޅުވި ނަމަވެސް، ފައްޔާޒު އިސްމާއީލް އާއި މީކާއީލް ނަސީމް ވަނީ ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ގޮވާލައްވާފަ. އިންތިހާބާ ކުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ޕާޓީގެ ތާވަލާ އެއްގޮތަށް ކުރިއަށް ދިއުމަށް ކެންޑިޑޭޓުން ބާރުއަޅުއްވާ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 2 މެއި 2026 | ހޮނިހިރު 06:46
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް | ރާއްޖެ އެމްވީ

އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު  ބޭއްވުން ފަސްކުރަން ތާއީދު ނުކުރައްވާ ކަމަށް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހާމަކުރައްވައިފި އެވެ.

ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީއަށް ފަހު ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށެވެ. އެގޮތަށް އޭނާ ހުށަހެޅުއްވީ ޕާޓީގެ އެތެރޭގެ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. އޭނާ ވިދާޅުވީ އިންތިހާބު ބާއްވާނެ ފައިސާ ޕާޓީގައި ނެތް ކަމަށާއި އެ ތާރީހުގައި އިންތިހާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ކަމަށެވެ.

Advertisement - newsAdvertisement

ޣަފޫރު ވިދާޅުވީ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިމާޔަތްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މެދުނުކަނޑާލައި ކުރިއަށްގެންދަން ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ޖެހޭ ކަމަށެވެ. 

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއީލް ވިދާޅުވީ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ އޭނާ ވެސް އަދި ޕާޓީގެ އެއްވެސް މެންބަރެއްވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭ ކަމަށާއި ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބާ ނުކުޅުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ. 

ކުރީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވީ އިންތިހާބު ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޕާޓީއަށް ފައިސާ ހޯދޭނެ ގޮތްތައް އޮންނާނެ ކަމަށެވެ. އޭނާ ވަނީ އިންތިހާބު ހަމަޖެހިފައިވާ ތާރީހުގައި ބޭއްވުމަށް ގޮވާލައްވާފަ އެވެ.

މީކާއީލްގެ އިތުރުން އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ރައީސް ނަޝީދު އަދި މީކާއީލް ވެސް ދަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި މި އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ފޯރިއާއެކު ހިންގަމުންނެވެ. 

އެމްޑީޕީފައްޔާޒް އިސްމާއިލްމީކާއިލް އަހުމަދު ނަސީމްއަބްދުލްޣަފޫރު މޫސާމުހައްމަދު ނަޝީދުއެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު 2026

އިތުރަށް ކިޔާލަން

02 މެއި 2026

އެމްޑީޕިގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިޚާބު ރިޔާސީ ޕްރައިމަރީ އަށް ފަހު ބާއްވަން ހުށަހަޅައިފި

02 މެއި 2026
އެމްޑީޕިގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިޚާބު ރިޔާސީ ޕްރައިމަރީ އަށް ފަހު ބާއްވަން ހުށަހަޅައިފި
01 މެއި 2026

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު: ރައީސް ސޯލިހު

01 މެއި 2026
މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު: ރައީސް ސޯލިހު
01 މެއި 2026

ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި

01 މެއި 2026
ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި
30 އެޕްރީލު 2026

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ
30 އެޕްރީލު 2026

އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް

30 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު