Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީގެ ޗެއަރޕާސަން

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މެއި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މި އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ 12 ޖޫން 2026 ގައި. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާންޖެހޭނެ ކަމަށް އެ ޕާޓީން ބުނޭ. މިހާތަނަށް މި އިންތިޚާބުގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، މީކާއިލް އަޙްމަދު ނަސީމްގެ އިތުރުން އަލްހާން ފަހުމީ ވަނީ ހާމަކުރައްވާފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 22 އެޕްރީލު 2026 | ބުދަ 18:39
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް މިހާތަނަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުން (ކ-ވ) ރައީސް ނަޝީދު، އަލްހާން އަދި މީކާއިލް

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް މިހާތަނަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުން (ކ-ވ) ރައީސް ނަޝީދު، އަލްހާން އަދި މީކާއިލް | ރާއްޖެ އެމްވީ

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

އެމްޑީޕީ އިން ބުނީ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ބުދަ ދުވަހު (22 އެޕްރީލް 2026) އިން ފެށިގެން 02 މެއި 2026 ވާ ބުދަ ދުވަހުގެ މެންދުރު 2:00 ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޕާޓީގެ މެންބަރެއްކަމުގައިވުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫންގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން ހިމެނެ އެވެ.

އަދި ޕާޓީގެ ފަރާތުން ކުރިމަތިލުމަށް އެދޭ މެންބަރުން، ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅުމަށް އެމްޑީޕީއިން ވަނީ އެދިފަ އެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު އަދި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު މިފޯމާއިއެކު ހުށަހަޅަންޖެހޭނެ އެވެ.

މިއިންތިޚާބު އޮންނާނީ 12 ޖޫން 2026 ވާ ހުކުރުދުވަހުގެ މެންދުރު 2:30 ން ރޭގަނޑު 8:00 އަށެވެ. 

ޗެއަރޕާސަން އިންތިހާބުގެ ޓައިމްލައިންގައިވާ ގޮތުން ވޯޓު ލެވޭނީ 22 އެޕްރީލް އާ ހަމައަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ތިބޭ މެންބަރުންނަށެވެ. މީގެ އިތުރުން ކެންޑިޑޭޓުންގެ ލިސްޓް ކެންޑިޑޭޓުންގެ ނަންބަރާއެކު އާންމު ކުރާނީ 3 މެއިގަ އެވެ. އަދި އެދުވަހު ވޯޓުލުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 3 ދުވަސް ވަންދެން ދެވޭނެ އެވެ. 

މި އިންތިހާބަށް މިހާތަނަށް 3 ފަރާތަކުން ކުރިމަތިލުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އަދި ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ އެވެ. 

އެމްޑީޕީމުހައްމަދު ނަޝީދުމީކާއިލް އަހުމަދު ނަސީމްއަލްހާން ފަހުމީޗެއާޕާސަންއެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ

ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ

22 އެޕްރީލު 2026
ކަރަންޓް މުގުރު ބޭނުން ކުރުމުން މުޒާހަރާގެ ބައިވެރިއެއް ފިޓްޖެހުނު ކަމަށް އެމްޑީޕީން ބުނި ނަމަވެސް ބާރުގެ ބޭނުން ނުކުރާ ކަމަށް ފުލުހުން ބުނެފި

ކަރަންޓް މުގުރު ބޭނުން ކުރުމުން މުޒާހަރާގެ ބައިވެރިއެއް ފިޓްޖެހުނު ކަމަށް އެމްޑީޕީން ބުނި ނަމަވެސް ބާރުގެ ބޭނުން ނުކުރާ ކަމަށް ފުލުހުން ބުނެފި

22 އެޕްރީލު 2026
އެމްޑީޕީ ކުއްލި ހަރަކާތް: ފުލުހުންގެ ކަރަންޓް މުގުރުން ބައިވެރިއެއް ގައިގައި ޖެހުމުން ފިޓް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެނީ

އެމްޑީޕީ ކުއްލި ހަރަކާތް: ފުލުހުންގެ ކަރަންޓް މުގުރުން ބައިވެރިއެއް ގައިގައި ޖެހުމުން ފިޓް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެނީ

21 އެޕްރީލު 2026
ރައީސް ނަޝީދު މުއިއްޒުއަށް: މުޢިއްޒާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމި ތިބޭނަން

ރައީސް ނަޝީދު މުއިއްޒުއަށް: މުޢިއްޒާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމި ތިބޭނަން

21 އެޕްރީލު 2026
މީކާއިލްގެ ކެމްޕޭން ލޯންޗްކޮށްފި: ވިދާޅުވީ އޭނާ ހުންނަވާނީ އާންމު މެންބަރުންނާއެކު ކަމަށް

މީކާއިލްގެ ކެމްޕޭން ލޯންޗްކޮށްފި: ވިދާޅުވީ އޭނާ ހުންނަވާނީ އާންމު މެންބަރުންނާއެކު ކަމަށް

21 އެޕްރީލު 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު