Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހައްމަދު ނަޝީދު

ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ދަނީ ފަޅުވަމުން، މިއީ ރައްޔިތުންގެ އަތުން މިގައުމު ގެއްލިގެންދާނެ ކަމެއް: ނަޝީދު

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ފަޅުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޖަޒީރާވަންތަކަން ގެއްލެމުންދާ ކަމަށް. މީހުން ޖަމާކުރުމުގެ ބަދަލުގައި ރަށްރަށުގައި ވަސީލަތްތައް ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އަތޮޅު ކައުންސިލްތައް އުވާލުމާއި ރަށްރަށުން އާބާދީ މަދުވުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި. އެހެންކަމުން މިފަދަ ނިންމުންތަކާ މެދު ރައްޔިތުން ފުންކޮށް ވިސްނައި، ގައުމުގެ ހައްގުގައި ނުކުތުމަށް ނަޝީދު ވަނީ ގޮވާލައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 05:03
އާދިއްތަ ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ.

އާދިއްތަ ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ފަޅުވަމުންދާ ކަމަށާއި، މިއީ ރައްޔިތުންގެ އަތުން މިގައުމު ގެއްލިގެންދާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނަޝީދު ވިދާޅުވީ މާލޭ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އަބަދުވެސް ބޯހިޔާވަހިކަމުގެ ދަތިކަމާއި، މާލެ ތޮއްޖެހުމުގެ ޝަކުވާ ކަމަށެވެ. އަދި މިޝަކުވާތައް މާލެއިން އަޑު އިވޭއިރު ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުވުމުން އެމީހުން ވެސް މާލެއާ ވަރަށް ގުޅޭ ޝަކުވާތައް ކުރާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތައް މަޑުމަޑުން ފަޅު ވަމުންދާ ކަމަށާއި، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހީންނަށް ތަނަވަސްކަން ނުލިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ރާއްޖޭއަކީ އަތޮޅުތަކެއްގެ މައްޗަށް އެކުލެވިފައިވާ ޖަޒީރާ ގައުމެއް ކަމަށްވާއިރު، މިސަރުކާރު އަތޮޅުތައް އުވާލާފައިވާތީ އެކަމަށް ވެސް ނަޝީދު ވަނީ ފާޑު ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ އަތޮޅުތައް އުވާލުމުން ވެސް ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. 

އަޅުގަނޑު މިދިޔައީ މިސާލަކަށް ކިނބިދޫއަށް އިހަކަށް ދުވަހު ގޮސްފައި މިއައީ. ކޮޅުމަނޑުލު ކިނބިދޫއަށް. އެތަނުގައި މިހާރު ގްރޭޑް 1 ނެތް. ކުދީން ނެތިގެން. މިއަންނަ އަހަރު ގްރޭޑް 2 ނޯންނާނެ. އޭގެ އަނެއް އަހަރު ގްރޭޑް 3 ނޯންނާނެ. އޭގެ އަނެއް އަހަރު ގްރޭޑް 4 ނޯންނާނެ. ހިސާތަކު ކިނބިދޫއެއް ނޯންނާނެ. ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފު ބާރު މިނެއްގައި ފަޅުވަމުން އެބަ ދޭ. ނެތެމުން އެބަ ދޭ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. ކިނބިދޫ ކައުންސިލް މެންބަރުން އަޅުގަނޑުގާތުގައި ބުނީ 65 ކިނބިދޫ އާއިލާއަށް މާލޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނީމާ އޭގެ ސަބަބުން ކިނބިދޫ އެކީގައި ފަޅުވެ މިދަނީއޭ. ސަރުކާރުތަކުގެ ސިޔާސާތަކަށް ވެފައި އެބައޮތް މާލޭ ކައިރިއަށް ހުރިހާ ރާއްޖޭގެ ރައްޔިތުން ގެނެސް އެއްކުރުން. ރާއްޖެތެރެ އުވާލުން. މި ޖަޒީރާ ގައުމުކަން އަޅުގަނޑުމެންގެ އަތުން ނިގުޅައި ގަތުން. އެނގިލައްވާނެ މިހާރު އަތޮޮޅު ކައުންސިލް މިހާރު އެވަނީ އުވާލާފައި. އެހެންވީމަ އަތޮޅުތައް އަޅުގަނޑުމެންނަށް މި ގެއްލުނީ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

މީގެ އިތުރުން ނަޝީދު ވިދާޅުވީ މިސަރުކާރުގެ ސިޔާސަތު ދެކޮޅު ނުޖެހޭ ކަމަށާއި، މަސައްކަތް ކުރަނީ މާލެއަށް ނުވަތަ މާލެ ކައިރިއަށް ރައްޔިތުން ގެނެސް ތޮއް ޖެހުން ކަމަށެވެ. ނަމަވެސް މީހުން ދިރިއުޅޭ މަދުރައްތައް ވަރަށް ބޮޑަށް ހިއްކާ ކަމަށާއި، އެއީ ކޮން ބޭނުމެއްގައި ކުރާ ކަމެއްތޯ ނަޝީދު ސުވާލު އުފެއްދެވި އެވެ.

އޭގެ މިސާލެއްގެ ގޮތުގައި ނަޝީދު ނެންގެވީ ތ. ގާދިއްފުއްޓެވެ. އެރަށުގައި ވަޒަންވެރިވެ އުޅެނީ ވަރަށް މަދު ބައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ މިކަންކަމާއި ރައްޔިތުން ވިސްނައި، ގައުމުގެ ހައްގުގައި ނުކުންނަން ޖެހޭ ކަމަށެވެ.

މުހައްމަދު ނަޝީދުމާފަންނު

ކޮމެންޓް

އިތުރަށް ކިޔާލަން

 އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު

އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު

02 މެއި 2026
އެމްޑީޕިގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިޚާބު ރިޔާސީ ޕްރައިމަރީ އަށް ފަހު ބާއްވަން ހުށަހަޅައިފި

އެމްޑީޕިގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިޚާބު ރިޔާސީ ޕްރައިމަރީ އަށް ފަހު ބާއްވަން ހުށަހަޅައިފި

02 މެއި 2026
އިންތިޚާބުތަކުން ރައީސް މުއިއްޒު ބަލިވީ ޕާޓީގެ މެމްބަރުންނާ ހެދިއެއް ނޫން، ބަލިވީ ފަލްސަފާއެއް ނެތުމުން: ރައީސް ނަޝީދު

އިންތިޚާބުތަކުން ރައީސް މުއިއްޒު ބަލިވީ ޕާޓީގެ މެމްބަރުންނާ ހެދިއެއް ނޫން، ބަލިވީ ފަލްސަފާއެއް ނެތުމުން: ރައީސް ނަޝީދު

25 އެޕްރީލު 2026
މަސައްކަތް ފެށީ މި ވެރިކަން ބަދަލުކުރަން، އެހެންކަމަކާއި ވިސްނާނީ ވެސް ވެރިކަން ބަދަލުކޮށްފައި: ރައީސް ނަޝީދު

މަސައްކަތް ފެށީ މި ވެރިކަން ބަދަލުކުރަން، އެހެންކަމަކާއި ވިސްނާނީ ވެސް ވެރިކަން ބަދަލުކޮށްފައި: ރައީސް ނަޝީދު

25 އެޕްރީލު 2026
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

22 އެޕްރީލު 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު