Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންތިޚާބުތަކުން ބަލިވުން

އިންތިޚާބުތަކުން ރައީސް މުއިއްޒު ބަލިވީ ޕާޓީގެ މެމްބަރުންނާ ހެދިއެއް ނޫން، ބަލިވީ ފަލްސަފާއެއް ނެތުމުން: ރައީސް ނަޝީދު

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު އިސްލާހީ ބަދަލުތަކާއެކުވެސް، ރައްޔިތުންގެ ޙައްޤުތަކާއި މާލީ ތަނަވަސްކަމަށް ހުރަސްއެޅޭ ފަދަ ކަންބޮޑުވުންތަކެއް ހުރިކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފާހަގަކުރެއްވި. މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާސްކަމުން އަރައިގަތުމަށްޓަކައި، އެމްޑީޕީގެ މިސްރާބު ހަރުދަނާކޮށް 2028 ވަނަ އަހަރުގެ ކުރިން ވެރިކަން ބަދަލުކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 އެޕްރީލު 2026 | ހޮނިހިރު 17:18
އެންމެ ފަހުން އޮތްް އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު

އެންމެ ފަހުން އޮތްް އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު | އެމްޑީޕީ

ނިމިދިޔަ އިންތިޚާބުތަކުން ރައީސް ޑރ މުޙައްމަދު މުއިއްޒަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ އެ ޕާޓީގެ މެމްބަރުންނަށް މަސައްކަތް ނުކުރެވިގެންނެއް ނޫން ކަމަށާއި، ބަލިވީ ފަލްސަފާއެއް ނެތުމުންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

އައްޑޫގައި ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރާ ގޮތް ބަދަލުކޮށްފައިވާ ކަމަށާއި، އެއީ ރައްޔިތުން ވެރިކަން ކުރާ ގޮތަށް ގެނެވުނު ބަދަލު ކަމަށެވެ. އެގޮތުން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި، މިނިވަން މުއައްސަސާތައް ގެނެވި ދައުލަތުގެ ހިންގުމަށް ޤާނޫނުއަސާސީ މެދުވެރިކޮށް އޭރު ގެނެވުނު ބަދަލުތަކަށް އަލިއަޅުވާލައްވާ ރައީސް ނަޝީދު ވިދާޅުވީ، މިއަދު ފެންނަމުންދަނީ މުޅިންވެސް އެ ބަދަލުތަކަށް ސަރުކާރުތަކުން އަމަލުކުރަމުންދާ ގޮތާއިމެދު ރައްޔިތުން ކުރަމުންދާ ޝަކުވާގެ ވާހަކަ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ޤާނޫނުއަސާސީ މިހާރު އޮތްގޮތުން ވެރިކަމުގެ ފަރާތުން އެދޭގޮތަކަށް ރާއްޖޭގެ ކަންކަން ގެންދިއުމަށް ފުރުސަތު ލިބޭކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެކަންކަމުގެ ސަބަބުން ރައްޔިތުންގެ ތަނަވަސްކަމާއި، ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗަކަށް ހުރަސްއެޅޭ ކަމަށެވެ. އަދި ވިދާޅުވީ، މިއަދު އޮތް ކަންބޮޑުވުމަކީ ލިބިފައިވާ ޙައްޤުތައްވެސް ނެތިގެން ގޮސްދާނެކަމުގެ ކަންބޮޑުވުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ލިބިފައިވާ ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފައިގެން ރައްޔިތުންނަށް ހާސްކަމެއް ނެތި އުފާވެރިކަމާއެކު ދިރިއުޅެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށެވެ. އަދި އެކަންކަން ހޯދުމަށްޓަކައި މިއަދު ބޮޑު ބަދަލަކަށް ބޭނުންވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

  އަޅުގަނޑު ތިތަނުން ކޮންމެ ބޭފުޅެއް ގާތުގައި އަހާލި ނަމަވެސް ހާސްކަމެއް ނެތްކަމަކަށް އެއްވެސް ބޭފުޅަކު ނުދަންނަވާނެ، ކަންބޮޑުވުން އެބަހުރި ކިތަންމެހާވެސް
ކުރީގެ ރައީސް މުޙައްމަދު ނަޝީދު

މިއަދު އޮތް ޕީއެންސީގެ ވެރިކަން ކޮންމެހެންވެސް ބަދަލުވާން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެ ބަދަލު ގެނެވޭނީ އެމްޑީޕީގެ މިސްރާބު ބަދަލުކޮށް، ހަރުދަނާ ކޮށްގެން ކަމަށެވެ. އެހެންކަމުން ޕާޓީ ބިނާކޮށް ޕާޓީއަށް ލިބެންޖެހޭ ބާރުތައް ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށްދާން ޖެހޭކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއް އުފެއްދުމަކީ ރައްޔިތުންނަށްޓަކައިވެސް ކޮށްދޭން ޖެހޭ ކަމެއް ކަމަށާއި، މި ވެރިކަން ބަދަލުނުވެ އޮއްވައި 2028 އައިސްފިނަމަ ރައްޔިތުންނަށް އޭގެ ގެއްލުން ވާނެ ކަމަށެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީން ރައްޔިތުންނަށް މިހާތަނަށް ގެނެސްދީފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

ރައީސް ނަޝީދު ވަނީ ޕީއެންސީގެ މެމްބަރުންނަށްވެސް މެސެޖެއް ދެއްވާފައެވެ. އެގޮތުން ރާއްޖެއަށް ހެޔޮ އެދޭނަމަ ވިސްނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ރައީސް މުއިއްޒު އިންތިޚާބުތަކުން ނާކާމިޔާބުވެވަޑައިގެންނެވީ އެ ޕާޓީގެ މެމްބަރުން މަސައްކަތް ނުކޮށްގެންނެއް ނޫން ކަމަށާއި، ބަލިވީ ފަލްސަފާއެއް ނެތުމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަންކަމަށް ވާދަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ ޕާޓީއަކަށް ވާން ޖެހޭ ކަމަށެވެ. ވީއިރު ރައްޔިތުން އެދޭގޮތް އިތުރަށް ސާފުކުރަންޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ނަޝީދު-މުއިއްޒުމުހައްމަދު ނަޝީދުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މީކާއިލްގެ "އިތުބާރު" ކެމްޕޭން ކާށިދޫ އަދި ގާފަރުގައި

މީކާއިލްގެ "އިތުބާރު" ކެމްޕޭން ކާށިދޫ އަދި ގާފަރުގައި

18 މެއި 2026
މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

18 މެއި 2026
އައްޑޫ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސޯބެ: ޖަލުގެ ތޭރިތަކުން ވެސް އިސްލާހީ މަސައްކަތުގައި ދެއްކެވީ ސާބިތުކަން!

އައްޑޫ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސޯބެ: ޖަލުގެ ތޭރިތަކުން ވެސް އިސްލާހީ މަސައްކަތުގައި ދެއްކެވީ ސާބިތުކަން!

18 މެއި 2026
މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

18 މެއި 2026
މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން

މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން

18 މެއި 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު