Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

އެމްޑީޕިގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިޚާބު ރިޔާސީ ޕްރައިމަރީ އަށް ފަހު ބާއްވަން ހުށަހަޅައިފި

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައިފި. މިގޮތަށް ހުށަހެޅުއްވީ މިވަގުތު އިންތިޚާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅިދާނެތީ އާއި، އިންތިޚާބު ބާއްވާނެ ފައިސާ ޕާޓީގައި ނެތުމުން ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން ޕާޓީ ހިންގުމާ މެދު އިސް ފަރާތްތަކުން މަޝްވަރާކޮށް ގައުމީ މަޖިލީހަށް ހުށަހެޅުމަށް ޣަފޫރު ވަނީ އެދިވަޑައިގެންފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 މެއި 2026 | ހޮނިހިރު 01:45
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ގެ ވަގުތީ ޗެއާޕަރސަން އަބްދުލްޣަފޫރު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ގެ ވަގުތީ ޗެއާޕަރސަން އަބްދުލްޣަފޫރު މޫސާ | އެމްޑީޕީ ސެކްރިޓޭރިއެޓް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ޕާޓީ ގެ ޗެއާޕަރސަން ހޮވުމަށް ބާއްވާ އިންތިޚާބު، ރިޔާސީ ޕްރައިމަރީ އަށް ފަހު ބޭއްވުމަށް ހުށަހަޅައިފި އެވެ. 

އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި މި ހުށަހެޅުން ހުށަހެޅުއްވީ އެ ޕާޓީގެ ވަގުތީ ޗެއާޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.

Advertisement - newsAdvertisement

ޣަފޫރު ވިދާޅުވީ ޗެއާޕަރސަން އިންތިޚާބާއި ދާއިރާގެ އިންތިޚާބު ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް ފެންނަ ކަމަށެވެ. ސަބަބަކީ މި ދެ އިންތިޚާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެތީ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިއަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާ އިރު، ޕާޓީ ހިންގުމަށާއި އިންތިޚާބު ބާއްވާނެ އެއްވެސް ފައިސާއެއް ޕާޓީގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން ޕާޓީ ހިންގުމަށްޓަކައި އޭނާ ނުހިމެނޭހެން އިސް ފަރާތްތައް މަޝްވަރާކުރުމަށްފަހު އެކަން ގައުމީ މަޖިލީހަށް ހުށަހަޅުމަށް ޣަފޫރު އެދިވަޑައިގެންފައިވެ އެވެ. 

ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ. މީގެ ކުރިން އެ މަގާމަށް ވާދަކުރައްވާނެކަން ހާމަކުރެއްވި އަލްހާން ފަހުމީ މިހާރު ވަނީ ވާދަނުކުރައްވާނެކަން ހާމަކުރައްވައިފަ އެވެ.

މިހާރު ތާވަލުކުރެވިފައިވާ ގޮތުން މި އިންތިޚާބު އޮންނާނީ 12 ޖޫން 2026 ވާ ހުކުރުދުވަހުގެ މެންދުރު 2:30 ން ރޭގަނޑު 8:00 އަށެވެ. 

އެމްޑީޕީއަބްދުލްޣަފޫރު މޫސާމުހައްމަދު ނަޝީދުމީކާއިލް އަހުމަދު ނަސީމްއަލްހާން ފަހުމީރިޔާސީ ޕްރައިމަރީ

އިތުރަށް ކިޔާލަން

01 މެއި 2026

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު: ރައީސް ސޯލިހު

01 މެއި 2026
މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު: ރައީސް ސޯލިހު
01 މެއި 2026

ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި

01 މެއި 2026
ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި
30 އެޕްރީލު 2026

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ
30 އެޕްރީލު 2026

އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް

30 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް
29 އެޕްރީލު 2026

މީކާއިލް ސަޕޯޓަރުންނަށް: ވާދަކުރާ ފަރާތްތަކަށް މަލާމާތުގެ ބަސްތައް، ފުރައްސާރައިގެ ބަސްތައް ރައްދު ނުކުރޭ

29 އެޕްރީލު 2026
މީކާއިލް ސަޕޯޓަރުންނަށް: ވާދަކުރާ ފަރާތްތަކަށް މަލާމާތުގެ ބަސްތައް، ފުރައްސާރައިގެ ބަސްތައް ރައްދު ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު