Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ނަޝީދުގެ ކެމްޕޭނުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: ވަހީދު

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ކުރި ކަމެއް ނޫން ކަމަށާއި، އެއީ ވަކީލަކު އަމިއްލަ ހައިސިއްޔަތުން ހުށަހެޅި މައްސަލައެއް ކަމަށް އެ ކެމްޕޭނުން ބުނެފި. މި މައްސަލައަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އިންތިހާބާ ބެހޭ ކޮމިޓީން އަމަލުކުރަމުންދާތީ އެ ވަކީލު އަމިއްލަ ގޮތުން ހުށަހެޅި މައްސަލައެއް ކަމަށާއި، ކެމްޕޭން ޓީމުގެ އަމާޒަކީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުސަތު މެންބަރުންނަށް ލިބުން ކަމަށް އެ ފަރާތުން ހާމަކުރޭ. އެހެންކަމުން، ހަގީގަތާ ހިލާފު ވާހަކަ ފެތުރުމަކީ ޕާޓީގެ މަސްލަހަތު ގެއްލި، އިންތިހާބުތަކަށް އޮންނަ އިތުބާރު ކުޑަވާނެ ކަމެއް ކަމަށްވެސް ބަޔާންކޮށްފައިވޭ.

މަޚްތޫމް
މަޚްތޫމް | 4 މެއި 2026 | ހޯމަ 17:36
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ރައީސް ނަޝީދުގެ ކެމްޕޭން ތަރުޖަމާނު އަބްދުﷲ ވަހީދު.

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ރައީސް ނަޝީދުގެ ކެމްޕޭން ތަރުޖަމާނު އަބްދުﷲ ވަހީދު. | ރާއްޖެ އެމްވީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މައްޗަށް ދައުވާކޮށް އާދިއްތަ ދުވަހު ސިވިލް ކޯތަށް ހުށަހެޅި މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ. 

އަބްދުﷲ ވަހީދު ވިދާޅުވީ މިބާވަތުގެ ދޮގު ވާހަކަ ފެތުރުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ މަސްލަހަތަކަށް މިކަމުގެ ސަބަބުން ހިޔަނި އެޅޭނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ކެމްޕޭނުގެ ފަރާތުން އެދެނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުސަތު އެމްޑީޕީގެ އާންމު މެންބަރުންނަށް ލިބުން ކަމަށް ވިދާޅުވެފައިވެ އެވެ. 

ވަހީދު ނެރުއްވި ނޫސްބަޔާނުގައި އިތުރަށް ވިދާޅުވީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުން ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ކަމަށެވެ. 

އެގޮތުން އެ މައްސަލަ ބިނާވެގެން ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއާ ހިލާފަށް، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ އެއްވެސް އިރުޝާދެއް ނުވަތަ އެންގުމެއް ނެތި، އިންތިހާބާ ބެހޭ ކޮމިޓީ އިން އަމިއްލަ ގޮތްތަކެއް ނިންމައި، އިންތިހާބު އިންތިޒާމުކުރަމުން ދިއުމާއި، ޕާޓީގެ ލީޑަރޝީޕާއި އިންތިހާބާ ބެހޭ ކޮމިޓީން އެމްޑީޕީގެ އަސަސީ ގަވާއިދަށް ފުރިހަމައަށް އަމަލުު ކުރުމަށް އަމުރު ކޮށްދިނުމަށެވެ. 

ވަހީދު ވިދާޅުވީ މި ކެމްޕޭނުގެ ފަރާތުން ހިންގާ ހަރަކާތްތަކާއި، ނިންމާ ނިންމުންތައް އަދި އަޅާ ފިޔަވަޅުތައް އެ ކެމްޕޭނުގެ ފަރާތުން ގަވާއިދުން އާންމުކުރަމުން ގެންދާނެ ކަމަށެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީމުހައްމަދު ނަޝީދުއަބްދުﷲ ވަހީދުސިވިލް ކޯޓުއަބްދުﷲ ޝާއިރު

އިތުރަށް ކިޔާލަން

04 މެއި 2026

ޕާޓީގެ ތެރެއިން ނިންމެން ހުންނަ ކަންކަން، ކޯޓު މެދުވެރިކޮށް ނިންމަން އުޅުމަކީ ހިތާމަ ކުރާ ކަމެއް: މީކާއީލް

04 މެއި 2026
ޕާޓީގެ ތެރެއިން ނިންމެން ހުންނަ ކަންކަން، ކޯޓު މެދުވެރިކޮށް ނިންމަން އުޅުމަކީ ހިތާމަ ކުރާ ކަމެއް: މީކާއީލް
04 މެއި 2026

އެމްޑިޕީ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް!

04 މެއި 2026
އެމްޑިޕީ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް!
04 މެއި 2026

ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ދަނީ ފަޅުވަމުން، މިއީ ރައްޔިތުންގެ އަތުން މިގައުމު ގެއްލިގެންދާނެ ކަމެއް: ނަޝީދު

04 މެއި 2026
ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ދަނީ ފަޅުވަމުން، މިއީ ރައްޔިތުންގެ އަތުން މިގައުމު ގެއްލިގެންދާނެ ކަމެއް: ނަޝީދު
02 މެއި 2026

އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު

02 މެއި 2026
 އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު
02 މެއި 2026

އެމްޑީޕިގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިޚާބު ރިޔާސީ ޕްރައިމަރީ އަށް ފަހު ބާއްވަން ހުށަހަޅައިފި

02 މެއި 2026
އެމްޑީޕިގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިޚާބު ރިޔާސީ ޕްރައިމަރީ އަށް ފަހު ބާއްވަން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު