Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުޙައްމަދު ނަޝީދު

މަސައްކަތް ފެށީ މި ވެރިކަން ބަދަލުކުރަން، އެހެންކަމަކާއި ވިސްނާނީ ވެސް ވެރިކަން ބަދަލުކޮށްފައި: ރައީސް ނަޝީދު

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށް އައްޑޫ ސިޓީގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރާއްޖެ ވަޑައިގަތީ މިހާރު އޮތް ވެރިކަން ބަދަލުކުރުމުގެ މަގްސަދުގައި ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 25 އެޕްރީލު 2026 | ހޮނިހިރު 13:09
ކުރީގެ ރައީސް ނަޝީދު މިހާރު އައްޑޫ އަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން.

ކުރީގެ ރައީސް ނަޝީދު މިހާރު އައްޑޫ އަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން. | ސޯޝަލް މީޑިއާ

މަސައްކަތް ފައްޓަވާފައި ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މި ވެރިކަން ބަދަލުކުރަން ކަމަށާއި، އެހެންކަމަކާއި ވިސްނާނީ ވެސް ވެރިކަން ބަދަލުކުރެއްވުމަށް ފަހުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ މިހާރު އެ މަނިކުފާނު ޗެއަރޕަރސަންގެ އިންތިޚާބުގެ ކެމްޕެއިން އަށް އައްޑޫ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހޮނިހިރު ދުވަހު ބައެއް އާއްމުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ގާނާގައި ކުރިން ހުންނެވި ވަޒީފާ ދޫކުރައްވާފައި ރާއްޖެ ވަޑައިގަންނަވަން ޖެހުނީ އެ މަނިކުފާނާއި އެ މަނިކުފާނުގެ ދަރިންގެ ގައުމަށް މި ގައުމު ވާއިރު ގައުމުގެ ކަންކަން ނުރަނގަޅުކޮށް ހިނގާތީ ކަަމަށެވެ.

Advertisement - newsAdvertisement

"އެކަން އިރާދަކުރެއްވިއްޔާ ކުރާނަން. ވެރިކަން ބަދަލުކުރަން އަޅުގަނޑު އައީ. ވަންދެން އަޅުގަނޑު ހަމަ ގައިމު ވެސް ހުންނާނަން. އެކަން ކޮށްފަ އަޅުގަނޑު އެހެންކަމަކާއި ވިސްނާނީ ވެސް." ނަޝީދު ވިދާޅުވި އެވެ. 

މި ވެރިކަން ހިނގަމުންދާ ގޮތް ރަނގަޅު ނޫންކަމަށް ރައީސް ނަޝީދު ވާހަކަދައްކަވާފައިވާ އިރު އެ މަނިކުފާނު ވަނީ ގައުމުގެ ކަންކަން ރަނގަޅުކުރުމަށް އެންމެ ރަނގަޅު ޕްލެޓްފޯމަކީ އެމްޑީޕީ ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި މި ވެރިކަމުގައި އާއްމުންނަށް ރަނގަޅަށް ކަންކަން ނުހިނގާ ކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ އެކި ޕްލެޓްފޯމްތަކުގައި ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމަށް ވަކާލާތުކުރައްވާފަ އެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި ވާއިރު އެ އެ އިންތިޚާބުގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ އެވެ. މި ބޭފުޅުން މިހާރު އަންނަނީ އިންތިހާބަށް ކެމްޕެއިން ވެސް ކުރައްވަމުންނެވެ.

މުހައްމަދު ނަޝީދުއެމްޑީޕީއައްޑޫމީކާއިލް އަހުމަދު ނަސީމް

އިތުރަށް ކިޔާލަން

25 އެޕްރީލު 2026

މި ސަރުކާރުގެ ސިޔާސަތެއް ނެތް ވަރު މަގުމައްޗަށް އެކަނި ބަލާލިޔަސް އެނގޭނެ: ރީކޯ މޫސަ

25 އެޕްރީލު 2026
މި ސަރުކާރުގެ ސިޔާސަތެއް ނެތް ވަރު މަގުމައްޗަށް އެކަނި ބަލާލިޔަސް އެނގޭނެ: ރީކޯ މޫސަ
25 އެޕްރީލު 2026

ހަމަލާ ދިނުމާއި ގުޅިގެން މޭޔަރު އާޒިމްއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް ސޯލިހު ގޮވާލައްވައިފި

25 އެޕްރީލު 2026
ހަމަލާ ދިނުމާއި ގުޅިގެން މޭޔަރު އާޒިމްއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް ސޯލިހު ގޮވާލައްވައިފި
25 އެޕްރީލު 2026

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

25 އެޕްރީލު 2026
ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި
24 އެޕްރީލު 2026

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމް އަށް ހަމަލާ ދީފި

24 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމް އަށް ހަމަލާ ދީފި
22 އެޕްރީލު 2026

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

22 އެޕްރީލު 2026
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު