Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ވައިޓް ހައުސް ކައިރީގައި އަނެއްކާ ވެސް ބަޑީގެ ހަމަލާ ތަކެއް

އެ ހަމަލާތައް ދިނުމުގެ ކުޑަ ވަގުތު ކޮޅެއްގެ ކުރިން، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްގެ ރަސްމީ މޮޓޯކޭޑު އެ ސަަރަހައްދުން ވަނީ ދަތުރު ކޮށްފައި ނަމަވެސް، ހަމަލާ ދިން މީހާ ނައިބު ރައީސްގެ މޮޓޯކޭޑާ ގާތަށް ދިޔުމުގެ، ނުވަތަ އެ މޮޓޯކޭޑަށް ހަމަލާ ދިނުމުގެ ނިޔަތެއް ގެންގުޅުނު ކަމަށް ފާހަގަވާން ނެތް ކަމަށް ވެސް ޑެޕިއުޓީ ޑިރެކްޓަރު ހާމަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 މެއި 2026 | އަންގާރަ 06:57
ވައިޓް ހައުސް ކައިރީގައި ހަމަލާ ދިން ސަރަހައްދަށް، ސީކްރެޓް ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރު މެތިއު ކުއިން ވަޑައިގަންނަވަނީ.

ވައިޓް ހައުސް ކައިރީގައި ހަމަލާ ދިން ސަރަހައްދަށް، ސީކްރެޓް ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރު މެތިއު ކުއިން ވަޑައިގަންނަވަނީ. | ރޮއިޓާސް

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ކައިރީގައި އަނެއްކާ ވެސް ބަޑީގެ ހަމަލާ ތަކެއް ދީފައިވާ ކަމަށާއި، އެ ހަމަލާ ދޭން މަސައްކަތް ކުރި މީހާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް އެމެރިކާގެ ސީކްރެޓް ސާވިސް އިން ބުނެފި އެވެ. 

ސީކްރެޓް ސާވިސް އިން ބުނެފައި ވަނީ، ހަމަލާ ދިން މީހާ ހަމަލާ ދިނުމަށް ފަހު ދުވެ ފިލަން މަސައްކަތް ކުރި ކަމަށާއި، އެ ވަގުތު އޭނާ އަތުލައި ގަތުމަށްޓަކައި ސީކްރެޓް ސާވިސް އިން ވެސް އޭނާ އަށް އަމާޒުކޮށް ބަޑި ޖަހަން ޖެހުނު ކަމަށެވެ. 

ވައިޓް ހައުސް ކައިރީގައި ހިނގި މި ހާދިސާގެ ސަބަބުން، ކުޑަ ވަގުތު ކޮޅަކަށް ވައިޓް ހައުސް ލޮކްޑައުން ކޮށްފައި ވެސް ބަހައްޓަން ޖެހުނެވެ. މި ހާދިސާ ހިނގާފައިވާއިރު، މިދިޔަ މަހުގެ ފަހު ކޮޅު އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވީ ރަސްމީ އިވެންޓެއްގެ ތެރެއިން ވެސް މީހަކު ވަނީ ބަޑީގެ ހަމަލާ ތަކެއް ދީފަ އެވެ. 

ސީކްރެޓް ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރު މެތިއު ކުއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވައިޓް ހައުސް ކޮމްޕްލެކްސްގެ ބޭރުގެ ސަރަހައްދުގައި ޕެޓްރޯލް ކުރަމުން ދިޔަ އެޖެންޓުންނަށް، އެ މީހާ ދެނެގަނެވުނު ކަމަށެވެ. އަދި އޭނާގެ އަތުގައި ހަތިޔާރު ހުރި ކަމަށް ދެނެގަނެވުމާ އެކު، އޭނާ ހުއްޓުވަން މަސައްކަތް ކުރި ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން ޑެޕިއުޓީ ޑިރެކްޓަރު ވިދާޅުވީ ސީކްރެޓް ސާވިސްގެ އެޖެންޓުން އޭނާ ގާތަށް ދިޔުމުން، އޭނާ މަސައްކަތް ކުރީ ދުވެ ފިލަން ކަމަށާއި، އެ ވަގުތު އޭނާ ބަޑިން ހަމަލާ ދޭން މަސައްކަތް ކުރި ކަމަށެވެ. އޭގެ ފަހުން ސީކްރެޓް ސާވިސްގެ އެޖެންޓުން ވެސް އޭނާ އަށް އަމާޒުކޮށް ބަޑިން ހަމަލާ ދިންއިރު، އޭނާ ހައްޔަރު ކުރުމަށް ފަހު ވަނީ ހޮސްޕިޓަލް އަށް ގެންގޮސްފަ އެވެ. 

އެ ހަމަލާތައް ދިނުމުގެ ކުޑަ ވަގުތު ކޮޅެއްގެ ކުރިން، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްގެ ރަސްމީ މޮޓޯކޭޑު އެ ސަަރަހައްދުން ވަނީ ދަތުރު ކޮށްފަ އެވެ. ނަމަވެސް، ހަމަލާ ދިން މީހާ ނައިބު ރައީސްގެ މޮޓޯކޭޑާ ގާތަށް ދިޔުމުގެ، ނުވަތަ އެ މޮޓޯކޭޑަށް ހަމަލާ ދިނުމުގެ ނިޔަތެއް ގެންގުޅުނު ކަމަށް ފާހަގަވާން ނެތް ކަމަށް ވެސް ޑެޕިއުޓީ ޑިރެކްޓަރު ހާމަ ކުރެއްވި އެވެ. 

ވައިޓް ހައުސްގެ ކައިރީގައި މިފަހަރު ވެސް ހަމަލާ ތަކެއް ދީފައިވާއިރު، އެ ވަގުތު އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ވައިޓް ހައުސްގައި ހުންނެވި އެވެ. މިފަހަރުގެ ހަމަލާ އަމާޒު ކޮށްފައި ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް އަށް ތޯ ސުވާލު ކުރުމުން ޑެޕިއުޓީ ޑިރެކްޓަރު ވިދާޅުވީ، މިއީ ރައީސް އަށް އަމާޒު ކުރި ހަމަލާއެއް ކަމަށް ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެކަން ބަލާނެ ކަމަށާއި، އަދި އެކަން ދެނެގަންނާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ހަމަލާގައި ހައްޔަރު ކުރި މީހާގެ އަތުން ހަތިޔާރު އަތުލާފައިވާ ކަމަށް ހާމަ ކޮށްފައި ވީ ނަމަވެސް، އޭނާގެ އަތުގައި އޮތީ ކޮން ކަހަލަ ހަތިޔާރެއް ކަމެއް ހާމަކޮށްފައި ނުވެ އެވެ.

މަސްދަރު: ރޮއިޓާސް

އެމެރިކާވައިޓް ހައުސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޖޭޑީ ވޭންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮރްމޫޒް ކަނޑު އޮޅިއަށް ވަންނަން އެމެރިކާގެ އަސްކަރިއްޔާ އިން މަސައްކަތް ކޮށްފި ނަމަ، ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

ހޮރްމޫޒް ކަނޑު އޮޅިއަށް ވަންނަން އެމެރިކާގެ އަސްކަރިއްޔާ އިން މަސައްކަތް ކޮށްފި ނަމަ، ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

04 މެއި 2026
މެކްރޮން ގޮވާލެއްވީ ހޮރްމޫޒް އަލުން ހުޅުވާލުމަށް، އެމެރިކާ އާއި އީރާން ގުޅިގެން މަސައްކަތް ކުރުމަށް

މެކްރޮން ގޮވާލެއްވީ ހޮރްމޫޒް އަލުން ހުޅުވާލުމަށް، އެމެރިކާ އާއި އީރާން ގުޅިގެން މަސައްކަތް ކުރުމަށް

04 މެއި 2026
ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ބޯޓު ތަކަށް ރައްކާތެރިކަން ދިނުމަށް ޓްރަމްޕް އަމުރު ކުރެއްވުމާ އެކު، އެމެރިކާގެ ޚާއްސަ އޮޕަރޭޝަނެއް

ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ބޯޓު ތަކަށް ރައްކާތެރިކަން ދިނުމަށް ޓްރަމްޕް އަމުރު ކުރެއްވުމާ އެކު، އެމެރިކާގެ ޚާއްސަ އޮޕަރޭޝަނެއް

04 މެއި 2026
ޖަަރުމަނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ޓްރަމްޕް ނިންމުނުން، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ކަންބޮޑުވެއްޖެ

ޖަަރުމަނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ޓްރަމްޕް ނިންމުނުން، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ކަންބޮޑުވެއްޖެ

03 މެއި 2026
އީރާން އިން ބަސް ނާހާ ނަމަ، ހަނގުރާމަ ފަށަން ޖެހިދާނެ: ޓްރަމްޕް

އީރާން އިން ބަސް ނާހާ ނަމަ، ހަނގުރާމަ ފަށަން ޖެހިދާނެ: ޓްރަމްޕް

03 މެއި 2026

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު