Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އިން ހަދަނީ ދޮގު، ހޮރްމޫޒް ކަނޑު އޮޅިން އެއްވެސް އުޅަނދެއް ދަތުރު ކޮށްފައި ނުވޭ: އީރާން

އެ ބަޔާނުގައި ބުނެފައި ވަނީ، އެމެރިކާގެ ވެރިންގެ ފަރާތުން ކުރާ ދައުވާ ތަކަކީ އަދި ފަތުރާ ވާހަކަ ތަކަކީ އެއްވެސް އަސާސެއް ނެތް، މުޅިން ދޮގު ވާހަކަ ތަކެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މެއި 2026 | އަންގާރަ 01:38
ހޮރްމޫޒް ކަނޑު އޮޅިން މީގެ ކުރިން އުޅަނދެއް ދަތުރު ކުރާ މަންޒަރު.

ހޮރްމޫޒް ކަނޑު އޮޅިން މީގެ ކުރިން އުޅަނދެއް ދަތުރު ކުރާ މަންޒަރު. | ރޮއިޓާސް

އެމެރިކާ އިން ހަދަމުން ދަނީ ކަނޑައެޅިގެން ދޮގު ކަމަށާއި، މިހާތަނަށް ހޮރްމޫޒް ކަނޑު އޮޅިން އެއްވެސް އުޅަނދެއް ދަތުރު ކޮށްފައި ނުވާ ކަމަށް އީރާން އިން ބުނެފި އެވެ. 

އީރާންގެ ތަސްނީމް ނިއުސް އެޖެންސީ އިން ހާމަ ކުރި ބަޔާނެއްގައި އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ބުނީ، ފާއިތުވި މަދު ގަޑިއިރު ތަކުގެ ތެރޭގައި ވިޔަފާރީގެ އެއްވެސް ބޯޓެއް ނުވަތަ ތެޔޮ ޓޭންކަރެއް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކޮށްފައި ނުވާ ކަމަށެވެ. 

އެ ބަޔާނުގައި ބުނެފައި ވަނީ، އެމެރިކާގެ ވެރިންގެ ފަރާތުން ކުރާ ދައުވާ ތަކަކީ އަދި ފަތުރާ ވާހަކަ ތަކަކީ އެއްވެސް އަސާސެއް ނެތް، މުޅިން ދޮގު ވާހަކަ ތަކެއް ކަމަށެވެ. 

މި ވާހަކަތައް ދޮގު ކުރުމަކީ، އެމެރިކާ އާއި އީރާންއާ ދެެމެދު މިހާރު އޮތް ނުތަނަވަސްކަމުގެ ތެރޭގައި ދިމާވި އެންމެ ފަހުގެ ހާދިސާ އެވެ. ހޮރްމުޒް ކަނޑު އޮޅި އަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ މަގެކެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް މި ކަނޑު އޮޅިން ދަތުރު ކުރެ އެވެ.

އީރާންގެ ރިވޮލިއުޝަނަރީ ގާޑް އިން މިހެން ބުނެފައިވާއިރު، މި މައްސަލައާ ގުޅޭ ގޮތުން އެމެރިކާގެ ފަރާތުން މިހާތަނަށް ވަކި ތަފްސީލެއް ހާމަ ކޮށްފައި ނުވެ އެވެ. ހޮރްމޫޒް ކަނޑު އޮޅީގައި ދަތުރު ކުރުމާ ގުޅޭ ގޮތުން މީގެ ކުރިން ވެސް އެމެރިކާ އާއި އީރާންއާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

04 މެއި 2026

ހޮރްމޫޒް ކަނޑު އޮޅިއަށް ވަންނަން އެމެރިކާގެ އަސްކަރިއްޔާ އިން މަސައްކަތް ކޮށްފި ނަމަ، ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

04 މެއި 2026
ހޮރްމޫޒް ކަނޑު އޮޅިއަށް ވަންނަން އެމެރިކާގެ އަސްކަރިއްޔާ އިން މަސައްކަތް ކޮށްފި ނަމަ، ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
04 މެއި 2026

މެކްރޮން ގޮވާލެއްވީ ހޮރްމޫޒް އަލުން ހުޅުވާލުމަށް، އެމެރިކާ އާއި އީރާން ގުޅިގެން މަސައްކަތް ކުރުމަށް

04 މެއި 2026
މެކްރޮން ގޮވާލެއްވީ ހޮރްމޫޒް އަލުން ހުޅުވާލުމަށް، އެމެރިކާ އާއި އީރާން ގުޅިގެން މަސައްކަތް ކުރުމަށް
04 މެއި 2026

އެމެރިކާ އިން ހިފެހެއްޓި އީރާނުގެ ބޯޓުގެ 22 ފަޅުވެރިން ޕާކިސްތާނާ ހަވާލު ކޮށްފި

04 މެއި 2026
އެމެރިކާ އިން ހިފެހެއްޓި އީރާނުގެ ބޯޓުގެ 22 ފަޅުވެރިން ޕާކިސްތާނާ ހަވާލު ކޮށްފި
04 މެއި 2026

އީރާނުން އެމެރިކާއަށް އިންޒާރު: ހޮރްމޫޒް ކަނޑުއޮޅިއާ ގާތް ނުވާތި!

04 މެއި 2026
އީރާނުން އެމެރިކާއަށް އިންޒާރު: ހޮރްމޫޒް ކަނޑުއޮޅިއާ ގާތް ނުވާތި!
04 މެއި 2026

މަޝްވަރާތައް ދިގު ކުރުމަށް އީރާން އިން "ގޭމު" ކުޅެމުންދާ ކަމަށް ބުނެ، އެމެރިކާގެ ސެނެޓަރު ގްރެހަމް ފާޑު ވިދާޅުވެއްޖެ

04 މެއި 2026
މަޝްވަރާތައް ދިގު ކުރުމަށް އީރާން އިން "ގޭމު" ކުޅެމުންދާ ކަމަށް ބުނެ، އެމެރިކާގެ ސެނެޓަރު ގްރެހަމް ފާޑު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު