Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑު އޮޅިއަށް ވަންނަން އެމެރިކާގެ އަސްކަރިއްޔާ އިން މަސައްކަތް ކޮށްފި ނަމަ، ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

އީރާންގެ އަސްކަރިއްޔާ އިން އިތުރަށް ބުނެފައި ވަނީ، އެ ޤައުމުގެ މުޅި ބާރު ބޭނުން ކޮށްގެން ހޮރްމޫޒް ކަނޑު އޮޅީގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދާނެ ކަަމަށް. އެހެންކަމުން، އެ ސަރަހައްދުން ދަތުރު ކުރާ ހުރިހާ މުދާ އުފުލާާ ބޯޓު ފަހަރާއި، ތެޔޮ ޓޭންކަރު ތަކުން ވެސް، އީރާންގެ އަސްކަރިއްޔާގެ ހުއްދައެއް ނެތި އެއްވެސް ޙަރަކާތެއް ނުހިންގުމަށް ވަނީ އިލްތިމާސް ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 10:02
ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ބޯޓެއްގެ ކައިރީގައި، ކުޑަ އުޅަނދެއް ޙަރަކާތްތެރިވާ މަންޒަރު.

ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ބޯޓެއްގެ ކައިރީގައި، ކުޑަ އުޅަނދެއް ޙަރަކާތްތެރިވާ މަންޒަރު. | ރޮއިޓާސް

ހޮރްމޫޒް ކަނޑު އޮޅި އަށް ވަންނަން އެމެރިކާގެ އަސްކަރިއްޔާ އިން މަސައްކަތް ކޮށްފި ނަމަ، އެ ފައުޖުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާންގެ އަސްކަރިއްޔާ އިން ދީފި އެވެ. 

އީރާން އިން މި އިންޒާރު ދީފައި ވަނީ، އެ ސަރަހައްދުގައި ތާށިވެފައިވާ އުޅަނދު ފަހަރު ނެރުމަށްޓަކައި އެމެރިކާގެ އަސްކަރީ މިޝަނެއް ފެށުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައި، އެކަން އިއުލާން ކޮށްފައި ވަނިކޮށެވެ. 

އީރާންގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހޮރްމޫޒް ކަނޑު އޮޅީޣެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ފުރިހަމަ ބާރު އޮތީ އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ހަތިޔާރު އެޅި ސިފައިންގެ އަަތް މަތީގައި ކަމަށެވެ. އަދި ކޮންމެ ޙާލަތެއްގައި ވެސް، އެ ސަރަހައްދުން އުޅަނދު ފަހަރު ދަތުރު ކުރަން ވާނީ، އީރާންގެ އަސްކަރިއްޔާއާ ކޯޑިނޭޓު ކުރުމަށް ފަހު، އެ ފަރާތުގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. 

އީރާންގެ އަސްކަރިއްޔާ އިން އިތުރަށް ބުނެފައި ވަނީ، އެ ޤައުމުގެ މުޅި ބާރު ބޭނުން ކޮށްގެން ހޮރްމޫޒް ކަނޑު އޮޅީގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދާނެ ކަަމަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރު ކުރާ ހުރިހާ މުދާ އުފުލާާ ބޯޓު ފަހަރާއު، ތެޔޮ ޓޭންކަރު ތަކުން ވެސް، އީރާންގެ އަސްކަރިއްޔާގެ ހުއްދައެއް ނެތި އެއްވެސް ޙަރަކާތެއް ނުހިންގުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އީރާން އިން ބުނާ ގޮތުގައި، މިގޮތަށް އަމަލު ކުރުމަކީ މި އުޅަނދު ފަހަރުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. 

މީގެ އިތުުރުން ބޭރުގެ އެއްވެސް އަސްކަރީ ފައުުޖަކުން، ޚާއްސަކޮށް އެމެރިކާގެ އިސްތިއުމާރީ ސިފައިން ހޮރްމޫޒް ކަނޑުއޮޅިއާ ގާތްވާން މަސައްކަތްކޮށް، ނުވަތަ އެ ސަރަހައްދަށް ވަންނަން އުޅެފި ނަމަ، އެ ބަޔަކަށް ހަމަލާ ދޭނެ ކަމުގެ ހަރުކަށި އިންޒާރު އީރާން އިން ވަނީ ދީފަ އެވެ. އީރާން އިން ބުނާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާ އަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާ ބައެކެވެ. 

މި މައްސަލައިގައި މަސްރަހު ގޯސްވެފައި ވަނީ، މެދު އިރުމަތީގެ ކަނޑުގެ ސަރަހައްދު ތަކުގައި ދަތުރު ކުރާ އުޅަނދު ފަހަރަށް ހިމާޔަތް ދިނުމުގެ ނަމުގައި އެމެރިކާ އިން އަސްކަރީ ޙަރަކާތްތައް ވަރުގަދަ ކުރަން ފެށުމާ ގުޅިގެންނެވެ. ހޮރްމޫޒް ކަނޑު އޮޅި އަކީ ދުނިޔޭގެ ތެލުގެ ވިޔަފާާރީގައި އެންމެ މުހިންމު އެއް މަގު ކަމަށްވާއިރު، މި ސަރަހައްދުގެ ކޮންޓްރޯލް ހޯދުމަށް އެމެރިކާ އާއި އީރާންއާ ދެމެދު ނުތަނަވަސްކަން މިހާރު ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން ގޮވާލެއްވީ ހޮރްމޫޒް އަލުން ހުޅުވާލުމަށް، އެމެރިކާ އާއި އީރާން ގުޅިގެން މަސައްކަތް ކުރުމަށް

މެކްރޮން ގޮވާލެއްވީ ހޮރްމޫޒް އަލުން ހުޅުވާލުމަށް، އެމެރިކާ އާއި އީރާން ގުޅިގެން މަސައްކަތް ކުރުމަށް

04 މެއި 2026
އެމެރިކާ އިން ހިފެހެއްޓި އީރާނުގެ ބޯޓުގެ 22 ފަޅުވެރިން ޕާކިސްތާނާ ހަވާލު ކޮށްފި

އެމެރިކާ އިން ހިފެހެއްޓި އީރާނުގެ ބޯޓުގެ 22 ފަޅުވެރިން ޕާކިސްތާނާ ހަވާލު ކޮށްފި

04 މެއި 2026
އީރާނުން އެމެރިކާއަށް އިންޒާރު: ހޮރްމޫޒް ކަނޑުއޮޅިއާ ގާތް ނުވާތި!

އީރާނުން އެމެރިކާއަށް އިންޒާރު: ހޮރްމޫޒް ކަނޑުއޮޅިއާ ގާތް ނުވާތި!

04 މެއި 2026
މަޝްވަރާތައް ދިގު ކުރުމަށް އީރާން އިން "ގޭމު" ކުޅެމުންދާ ކަމަށް ބުނެ، އެމެރިކާގެ ސެނެޓަރު ގްރެހަމް ފާޑު ވިދާޅުވެއްޖެ

މަޝްވަރާތައް ދިގު ކުރުމަށް އީރާން އިން "ގޭމު" ކުޅެމުންދާ ކަމަށް ބުނެ، އެމެރިކާގެ ސެނެޓަރު ގްރެހަމް ފާޑު ވިދާޅުވެއްޖެ

04 މެއި 2026
ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ބޯޓު ތަކަށް ރައްކާތެރިކަން ދިނުމަށް ޓްރަމްޕް އަމުރު ކުރެއްވުމާ އެކު، އެމެރިކާގެ ޚާއްސަ އޮޕަރޭޝަނެއް

ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ބޯޓު ތަކަށް ރައްކާތެރިކަން ދިނުމަށް ޓްރަމްޕް އަމުރު ކުރެއްވުމާ އެކު، އެމެރިކާގެ ޚާއްސަ އޮޕަރޭޝަނެއް

04 މެއި 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު