Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން މަޖިލީހަށް ގަރާރެއް

ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ބައްޓަންކުރުމަށް ބާރުއެޅުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ. މި ގަރާރުގައި ވަނީ ބައެއް ޕާޓީތަކުން ގާނޫނާ ޚިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން އާންމު އަމަންއަމާންކަން ގެއްލި، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކޮށްފައެވެ. އެހެންކަމުން، ގައުމީ މަސްލަހަތު އިސްކޮށް، ގާނޫނީ އިމުން ބޭރުވާ ފަރާތްތަކާ މެދު ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އެޅުމަށް މި ގަރާރުގައި ގޮވާލާފައިވެއެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 5 މެއި 2026 | އަންގާރަ 06:32
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު

ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު | ރައްޔިތުންގެ މަޖިލިސް

ސިޔާސީ ޕާޓީގެ ގާނޫނާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. 

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ގަރާރުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

Advertisement - newsAdvertisement

އެ ގަރާރުގައި ބުނީ ގާނޫނު އަސާސީ އިން ކޮންމެ ރައްޔިތަކަށް ފިކުރުކުރުމާއި ޚިޔާލުފާޅު ކުރުމާއި ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމުގެ މިނިވަންކަން ލިބިފައިވާއިރު މި ހައްގުތަކަކީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް އަދި އެހެން މީހުންގެ އަބުރާ ހައްގުތަކަށް އިހްތިރާމް ކޮށް، ގައުމީ މަސްލަހަތު އިސްކޮށްގެން ބޭނުންކުރަންޖެހޭ ހައްގުތަކެއް ކަމަށެވެ.

ނަމަވެސް ސިޔާސީ ޕާޓީތަކުން ގާނޫނާ ޚިލާފަށް ހިންގާ  ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލެމުންދާތީ އެފަދަ ކަންކަން ހުއްޓުވައި އެފަދަ އަމަލުތައް ހިންގާފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށް ވެސް ގަރާރުގައި ވެ އެވެ. 

ގަރާރުގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ  ގޮތްތަކާ ޚިޔާލުތައް ދުލާއި ގަލަމުން އަދި މީހުން ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ގާނޫނު އަސާސީގެ 30 ވަނަ މާއްދާ އިން ސިޔާސީ ޕާޓީ އުފައްދައި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮށްމެ ރައްޔިތަކަށް ލިބިގެންވާ ކަމަށް ބަޔާން ކޮށްފައި ވާއިރު ގާނޫނު އަސާސީގެ 33 ވަނަ މާއްދާގެ ދަށުން އެމީހެއްގެ ނަމާއި އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ބަޔާން ކޮށްފައި ވާ ކަމަށެވެ. 

ގާނޫނު އަސާސީގެ 67 ވަނަ މާއްދާގައި ކޮންމެ މީހަކަށް ލިބޭ ހައްގުތަކާ މިނިވަންކަމާ އެ މީހަކު އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް ކަމުގައިވާ އިރު އަނެކުންގެ ހައްގުތަކާ މިނިވަންކަމަށް ރައްކާތެރިވެ އެ ހައްގުތަކާ މިނިވަންކަމަށް އިހުތިރާމް ކުރުމާއި އެންމެހައި މީސްކަތުންގެ މެދުގައި އަދި ޖަމާއަތްތަކުގެ މެދުގައި އެކުވެރިކަމާ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމް ކުރުމުގެ މަސައްކަތް ކުރުމާއި ދިވެހިރާއްޖޭގެ ސިޔާދަތާ ރައްޔިތުންގެ އެއްބައިވަންތަކަމާއި އަމަންއަމާންކަމާ ރައްކާތެރިކަމާއި ގައުމުގެ ޝަރަފް ހިފެހެއްޓުމަށްޓަކައި މަސައްކަތްކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން ދިމިގްރާތީ އުސޫލުތަކާއި ގޮތްތައް ކުރިއެރުވުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެެއް ކަމަށް ބަޔާން ކޮށްފައިވާ ކަން ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

ގަރާރުގައި ބުނީ ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގާއިރު ގާނޫނު އަސާސީ އާ ސިޔާސީ ޕާޓީގެ ގާނޫނު އިން ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި އެފަދަ ހަރަކާތްތައް ހިންގުމަކީ ގައުމުގެ މަސްލަހަތާއި އަމަންއަމާން ކަމަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާ އާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގައި، މަސްލަހަތު ނަގާލައި، ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހަމަތަކާ ޚިލާފަށް ހިންގަމުންދާ ގާނޫނާ ޚިލާފު ސިޔާސީ ހަރަކާތްތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެކަމުގެ ދަތި އުނދަގޫތައް ތަހައްމަލު ކުރަން ޖެހިފައިވާތީ އެފަދަ ފަރާތްތަކުން ހިންގަމުން ގެންދާ ގާނޫނާ ޚިލާފު ކަންކަން ހުއްޓުވައި، އެފަދަ ފަރާތްތަކާ މެދު ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލިސްއަބްދުއްސައްތާރު މުހައްމަދުހޮޅުދޫ ދާއިރާސިޔާސީ ޕާޓީތަކުގެ ޤާނޫނުޤާނޫނުއަސާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ސަރުކާރުން އެހީވުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަތް

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ސަރުކާރުން އެހީވުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަތް

05 މެއި 2026
ފައިނޭންސްގެ ކަންކަމެއް ނޭނގެ، ރަސްމާލެ މަޝްރޫއު އެއީ ކުރަން ޖެހޭ ކަމެއް، ވީހާވެސް އަވަހަށް ހިއްކައި އާބާދު ކުރަން ޖެހޭ: މުއްތަލިބް

ފައިނޭންސްގެ ކަންކަމެއް ނޭނގެ، ރަސްމާލެ މަޝްރޫއު އެއީ ކުރަން ޖެހޭ ކަމެއް، ވީހާވެސް އަވަހަށް ހިއްކައި އާބާދު ކުރަން ޖެހޭ: މުއްތަލިބް

04 މެއި 2026
އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލައިފި

އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލައިފި

04 މެއި 2026
ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

04 މެއި 2026
ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

04 މެއި 2026

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު