Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަނގުރަލުގެ މައްސަލަ

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަނީ

މާލޭގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއެކު ސްރީލަންކާގެ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. މި މައްސަލައިގައި ހައްޔަރުކުރި މީހުން ޑީޕޯޓުކޮށްލުމަށްޓަކައި މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

މަޚްތޫމް
މަޚްތޫމް | 29 އެޕްރީލު 2026 | ބުދަ 19:01
ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމި 3 މީހުން.

ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމި 3 މީހުން. | ޕޮލިސް

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަން ނިންމައިފި އެވެ. 

ބަނގުރަލުގެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މަހޭސް އިންދިރާޖިތް ސިލްވަ (42އ) އާއި ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ (48އ) އާއި މަންޖުލަ ކުމާރަ ރަތްނަޔަކެ މުޑިޔަންސެ (50އ) އެވެ. މި ތިން މީހުންނަކީ ވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ.

Advertisement - newsAdvertisement

މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މި މަހު 28 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކޮށްފަ އެވެ. އެ ގެ ބަލައިފާސްކުރި އިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ 24 ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ޓައްޕެއް ފެނިފައިވެ އެވެ. މީގެ އިތުރުން، 38000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1100 އަށްވުރެ ގިނަ ޔޫއެސް ޑޮލަރު ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މާލެސްރީލަންކާކެނެބިސްކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްޑްރަގް އެންފޯސްމަންޓް ވިންގުއިމިގްރޭޝަން

އިތުރަށް ކިޔާލަން

28 އެޕްރީލު 2026

ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް

28 އެޕްރީލު 2026
ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް
28 އެޕްރީލު 2026

ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު

28 އެޕްރީލު 2026
ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު
27 އެޕްރީލު 2026

ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގެ 5 ސިޓީގައި ދަރުސްދެއްވަނީ

27 އެޕްރީލު 2026
ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގެ 5 ސިޓީގައި ދަރުސްދެއްވަނީ
26 އެޕްރީލު 2026

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ބަނގުރާ ހުރި 130 ފުޅިއާއި 14 ހަމާއެކު ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި

26 އެޕްރީލު 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ބަނގުރާ ހުރި 130 ފުޅިއާއި 14 ހަމާއެކު ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި
26 އެޕްރީލު 2026

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

26 އެޕްރީލު 2026
ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު