Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކުރީގެ މެންބަރުގެ ޝަރުތު ހަމަނުވާކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ މި ބައި-އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީ އާއި ޕީއެންސީގެ ކެންޑިޑޭޓެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހު.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 13:53
މި އިންތިޚާބުގައި އެމްޑީޕީ އިން ވާދަކުރައްވަނީ އައްޑޫގެ ކުރީ މޭޔަރު އަބްދުﷲ ސޯދިގް. އަދި ޕީއެންސީއިން ވާދަކުރައްވަނީ އަހްމަދު ސައީދު.

މި އިންތިޚާބުގައި އެމްޑީޕީ އިން ވާދަކުރައްވަނީ އައްޑޫގެ ކުރީ މޭޔަރު އަބްދުﷲ ސޯދިގް. އަދި ޕީއެންސީއިން ވާދަކުރައްވަނީ އަހްމަދު ސައީދު. | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަން ގައި ވާދަކުރަނީ 2 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ. 

މި ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރައްޏެއް އޮވެ، އެ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން އޭނާ ގެ މެންބަރުކަމުގެ ޝަރުޠު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ. 

Advertisement - newsAdvertisement

މިކަމާ ގުޅިގެން އީސީ އިން ވަނީ، އޭޕްރިލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޭޕްރީލް 29 ވަނަ ދުވަހުގެ ނިޔަލަށް، ބައި-އިލެކްޝަނަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފަ އެވެ. އެ މުއްދަތު އެ ކޮމިޝަނުން އިތުުރު ކޮށްފައިވަނީ އޭގެ ފަހުން އެ މުއްދަތު މެއި މަހުގެ 2 ވަނަ ދުވަހުގެ މެންދުރު ފަހު 03:00 ޖެހުމާ ހަމައަށެވެ. 

އީސީ އިން ބުނީ މި މުއްދަތު ހަމަވިއިރު މި ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ފަރާތުން 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން 1 ކެންޑިޑޭޓް ހިމެނޭހެން ޖުމްލަ 2 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެ ފޯމު ވެސް ބަލައިގަނެފައިވާ ކަމަށް އީސީ އިން ބުންޏެވެ. 

މި އިންތިޚާބުގައި އެމްޑީޕީ އިން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގެވެ. އަދި ޕީއެންސީއިން ވާދަކުރައްވަނީ އަހްމަދު ސައީދު އެވެ.

ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

ވޯޓު ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާނީ 2026 ޖޫން 08 ވާ ހޯމަ ދުވަހު އެވެ. 

ހިތަދޫ އުތުރުއިލެކްޝަންސް ކޮމިޝަންމުޙައްމަދު ސިނާންއަބްދުﷲ ސާދިގުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

"އާދްމީ ހަތަމް، ކާމް ހަތަމް"

"އާދްމީ ހަތަމް، ކާމް ހަތަމް"

02 މެއި 2026
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި

01 މެއި 2026
ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި

ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި

01 މެއި 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް

އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް

30 އެޕްރީލު 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު