Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުޙައްމަދު ޒާހިދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި

1 މެއި 2026 | ހުކުރު 09:48

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މަގާމުން އިސްތިއުފާ ދެއްވިކަން އެ ކޮމިޝަނުން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވޭ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ މަގާމަށް އައްޔަންކުރެއްވި ޒާހިދަކީ މީގެ ކުރިން އެޗްއާރުސީއެމްގެ މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވާ ބޭފުޅެއް.

މަޚްތޫމް
މަޚްތޫމް | 1 މެއި 2026 | ހުކުރު 09:48
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު | ރާއްޖެއެމްވީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވައިފި އެވެ. 

ޒާހިދު އިސްތިއުފާ ދެއްވީ ހުކުރު ދުވަހުގެ މެންދުރު 2:03 ހާއިރު އެވެ. އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި ނައިބު ރައީސް އަބްދުއްރަހުމާން ސޮލާހު ރަޝީދު ރާއްޖެއެމްވީ އަށް ވިދާޅުވީ ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވިކަން އަންގަވާފައިވާ ކަމަށެވެ. އެގޮތުން ކުރެއްވި މެސެޖެއްގައި ވިދާޅުވީ އިސްތިއުފާ ދެއްވި ކަމަށާއި، ސަބަބެއް ވިދާޅު ނުވާ ކަމަށެވެ. ޒާހިދު އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރެއްވީ 26 ޖެނެއަރީ 2025 ގަ އެވެ. ޒާހިދު އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރެވުނު އިރު އޭނާ އަކީ އެޗްއާރުސީއެމްގެ މެންބަރުކަމުގައި ހުންނަވަނިކޮށް 19 ވަނަ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކޮށްފައިވާ ފަރާތެކެވެ.

ޒާހިދު އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ދައުރުން ބޭރުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. ޒާހިދު އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އީސީގެ ކުރީގެ ދެ މެންބަރުން ކަމުގައިވާ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރި އެވެ. 

ޒާހިދަކީ މިނިވަން މުއައްސަސާތަކުގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް 20 ވަނަ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ރައީސެކެވެ. 

މުޙައްމަދު ޒާހިދުއިލެކްޝަންސް ކޮމިޝަންއަބްދުއްރަހުމާން ސޮލާހު ރަޝޯދުއެޗްއާރްސީއެމް

އިތުރަށް ކިޔާލަން

01 މެއި 2026

ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި

01 މެއި 2026
ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި
30 އެޕްރީލު 2026

އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް

30 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް
29 އެޕްރީލު 2026

ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް

29 އެޕްރީލު 2026
ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް
27 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

27 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި
22 އެޕްރީލު 2026

ފިޔަވަޅުނާޅާނަމޭ ބުނެ، ނާޅާ ކެތެއް ހަމަ ނުވީ އެވެ.

22 އެޕްރީލު 2026
ފިޔަވަޅުނާޅާނަމޭ ބުނެ، ނާޅާ ކެތެއް ހަމަ ނުވީ އެވެ.
20 އެޕްރީލު 2026

އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވިތާ 12 ގަޑިއިރު ނުވަނީސް މުޒާހަރާކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި

20 އެޕްރީލު 2026
އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވިތާ 12 ގަޑިއިރު ނުވަނީސް މުޒާހަރާކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި
18 އެޕްރީލު 2026

ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން
18 އެޕްރީލު 2026

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑިސީ އިންތިޚާބުގެ ދެވަނަ ބުރު: 47 އިންސައްތަ މީހުން ވޯޓު ލައިފި

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބާއި ޑަބްލިއުޑިސީ އިންތިޚާބުގެ ދެވަނަ ބުރު: 47 އިންސައްތަ މީހުން ވޯޓު ލައިފި
18 އެޕްރީލު 2026

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި
17 އެޕްރީލު 2026

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި

17 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް