Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންސީ ޓިކެޓް

ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި މުޙައްމަދު ސިނާން އިންތިޚާބުގައި ވާދަނުކުރަން ނިންމުމާ ގުޅިގެން، އެ ޕާޓީގެ ޓިކެޓް އަޙްމަދު ސަޢީދަށް ދިނުމަށް ވަނީ ނިންމާފައި. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް، އިންތިޚާބު ބާއްވާ ތާރީޚަކީ 2026 ޖޫން 06 ކަމަށް ކަނޑައަޅާފައި.

މަޚްތޫމް
މަޚްތޫމް | 29 އެޕްރީލު 2026 | ބުދަ 19:00
ގޮނޑި ގެއްލުނު ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން (ކ) އަދި ޕްރައިމަރީގެ ޓިކެޓް ދޭން ނިންމި ސައީދު (ވ).

ގޮނޑި ގެއްލުނު ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން (ކ) އަދި ޕްރައިމަރީގެ ޓިކެޓް ދޭން ނިންމި ސައީދު (ވ). | ސޯޝަލް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވި ކުރީގެ މެންބަރު މުޙައްމަދު ސިނާންގެ އަތުން ޓިކެޓް އަތުލުމަށް ފަހު، އެ ދާއިރާގެ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އަށް ޓިކެޓު ދޭން އެ ޕާޓީން ނިންމައިފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، 2024 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އެ ދާއިރާއަށް އިންތިޚާބުވި މުޙައްމަދު ސިނާންގެ މައްޗަށް ބޭންކް ލޯނެއްގެ ސާބިތު ދަރަންޏެއް އޮތްކަން ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ކޯޓަށް ސާބިތުވުމުންނެވެ. ސުޕްރީމް ކޯޓަށް ހުށަހެޅުނު މި މައްސަލައިގައި އެ ކޯޓުން ކުރި ޙުކުމާއެކު ސިނާންގެ މެންބަރުކަމުގެ ގޮނޑި ވަނީ ގެއްލިފަ އެވެ.

މި ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މިދިޔަ ހަފުތާ ބަންދުގައި ވަނީ ޕްރައިމަރީއެއް ބާއްވާފަ އެވެ. އެ ޕްރައިމަރީގައި ސިނާންއާ ވާދަކުރެއްވީ އަޙްމަދު ސަޢީދެވެ. މި އިންތިޚާބުގައި ސިނާން ވަނީ 226 ވޯޓު ހޯއްދަވައިގެން ޓިކެޓް ކަށަވަރު ކުރައްވާފަ އެވެ. ސަޢީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން ޕީއެންސީގެ ލީޑަރޝިޕުން ސިނާނަށް މަރުހަބާ ކިޔާފައިވަނިކޮށް، ބުދަ ދުވަހު އޭނާ ވަނީ އެކްސް މެދުވެރިކޮށް ޓިކެޓް ދޫކޮށްލާކަން ހާމަކުރައްވާފަ އެވެ. ސިނާން ވިދާޅުވީ މި އިންތިޚާބުގައި ވާދަނުކުރެއްވުމަށާއި، އެހެން ބޭފުޅަކަށް ފުރުސަތު ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. އެއާއެކު ޕީއެންސީން ވަނީ ޕްރައިމަރީގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އަޙްމަދު ސަޢީދަށް ޓިކެޓު ދިނުމަށް ނިންމާފަ އެވެ.

މި އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފަ އެވެ. އެންމެ ފުރަތަމަ އޭޕްރީލް 14 އިން 29 އަށް ހުޅުވާލި ފުރުސަތު، މިހާރު ވަނީ 2026 މޭ 02 ވާ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 15:00 އާ ހަމައަށް އިތުރުކޮށްފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ 2026 ޖޫން 06 ވާ ހޮނިހިރު ދުވަހުއެވެ. 

މުޙައްމަދު ސިނާންއަޙްމަދު ސަޢީދުޕީއެންސީހިތަދޫ އުތުރުސުޕްރީމް ކޯޓުއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

29 އެޕްރީލު 2026

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާޙު 20 ވަނަ މަޖިލީހަށްވެސް ހިނގާނެ: ސުޕްރީމް ކޯޓު

29 އެޕްރީލު 2026
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާޙު 20 ވަނަ މަޖިލީހަށްވެސް ހިނގާނެ: ސުޕްރީމް ކޯޓު
29 އެޕްރީލު 2026

ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

29 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!
29 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ކުރީގެ އެމްޕީ ސިނާނުގެ ޓިކެޓް އަތުލައިފި

29 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ކުރީގެ އެމްޕީ ސިނާނުގެ ޓިކެޓް އަތުލައިފި
27 އެޕްރީލު 2026

ދިރާސާ ކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޝަރުތުތަކާއެކު ހަމަޖައްސައިފި

27 އެޕްރީލު 2026
ދިރާސާ ކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޝަރުތުތަކާއެކު ހަމަޖައްސައިފި
27 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

27 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި
27 އެޕްރީލު 2026

ފަނޑިޔާރުންތަކެއްގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ތަހުގީގެއް ހިންގާކަމަށް ބުނިތާ އަހަރަކަށްވުރެ ގިނަ ދުވަސް، އޭސީސީ ބަހަބަރު!

27 އެޕްރީލު 2026
ފަނޑިޔާރުންތަކެއްގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ތަހުގީގެއް ހިންގާކަމަށް ބުނިތާ އަހަރަކަށްވުރެ ގިނަ ދުވަސް، އޭސީސީ ބަހަބަރު!
27 އެޕްރީލު 2026

ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

27 އެޕްރީލު 2026
ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް
26 އެޕްރީލު 2026

ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ޙުކުމް ކުރުން ބުދަ ދުވަހު!

26 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ޙުކުމް ކުރުން ބުދަ ދުވަހު!
26 އެޕްރީލު 2026

އޭރު ސަޅި، މިހާރު ހުތުރު، ތީތި ކަޑަ!

26 އެޕްރީލު 2026
އޭރު ސަޅި، މިހާރު ހުތުރު، ތީތި ކަޑަ!
25 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބުކުރީ އެ ގޮނޑި ގެއްލުނު ސިނާން!

25 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބުކުރީ އެ ގޮނޑި ގެއްލުނު ސިނާން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު