Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލޭ މަގުހެދުމުގެ މަޝްރޫއު

މިދިޔަ އަހަރު ކުރީ ކޮޅު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށޭނެ ދުވަހެއް ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ވިދާޅެއް ނުވެވުނު.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ބޮޑު މަޝްރޫއު 2025 ވަނަ އަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، މި މަސައްކަތް ލަސްވަނީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއުތަކުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކުގެ ސަބަބުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވެއްޖެ. މި މަޝްރޫއުގެ ފީޒިބިލިޓީ ސްޓަޑީ ނިމި، ސަރވޭ އާއި ޑިޒައިންގެ މަސައްކަތް ކުރުމަށް ހޮވުނު ޓީމު މި މަހު ރާއްޖެ އަންނާނެ ކަމަށާއި، އަމަލީ މަސައްކަތް ފެށޭނީ ޑިޒައިން ނިމި ކޮންޓްރެކްޓަރެއް ކަނޑައެޅުމުން ކަމަށް މިނިސްޓަރު މުއްތަލިބު މަޖިލީހުގައި މައުލޫމާތު ދެއްވި. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ވީހާވެސް އަވަހަކަށް މި މަޝްރޫއު ފެށުމަށް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 14:12
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވަނީ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވަނީ. | ރައީސް އޮފީސް

މިދިޔަ އަހަރު ކުރީ ކޮޅު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތް ފެށޭނެ ދުވަހެއް ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބަށް ވިދާޅު ނުވެވި ހިލޭ އެހީގެ ސަބަބުން އެކަން ނުވެގެން އުޅޭ ކަމަށް ވިދާޅުވެއްޖެ އެވެ.  

މާލޭގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫއު 2025 ވަނަ އަހަރު ފަށާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް މަސައްކަތް ފަށާނެ ކަމަށް ރައީސް މުއިއްޒު ދެއްވި ދެވަނަ ތާރީހެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ތާރީހެއް ދެއްވީ 2024 ވަނަ އަހަރު މަސައްކަތް ފެށޭނެ ކަމަށެވެ. 

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ހިލޭ އެހީއާއި ލޯނު އެހީއާ ދައުލަތުގެ ބަޖެޓުން ހިންގާ ޕްރޮޖެކްޓުތަކަކީ މުޅިން ތަފާތު އުސޫލުތަކެއްގެ ތެރެއިން ތަފާތު ގޮތްގޮތަށް ކުރިއަށްދާ މަޝްރޫޢުތަކެއް ކަމަށެވެ. އަދި ޗައިނާގެ ހިލޭ އެހީގެ ކުރިއަށްދާ މަޝްރޫޢުތަކަކީ، އަދި އެހެން ޤައުމަކުން ވެސް ހިލޭ އެހީގެ ކުރިއަށްދާ މަޝްރޫޢުތަކަކީ، އެ ޤައުމެއްގައި ކަނޑައަޅާފައި އޮންނަ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުތަކެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހަމަޖެހިގެން އިޢުލާންކުރެއްވި ޕްރޮޖެކްޓް ތައް ކަމަށާއި، އަދި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢު، އޭރުއްސުރެން ފެށިގެން ޗައިނާގެ ހިލޭ އެހީ ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. 

ތިބޭފުޅުން އެނގިވަޑައިގަންނަވާނެ ފަދައިން، ޗައިނާގެ ކުރީގައި ހިނގާފައި ހުރި މަޝްރޫޢުތައްވެސް ހިނގާފައިވާނީ ހިލޭ ހިމެނޭ މަޝްރޫޢެއް ކަމުގައި ވާނަމަ، އޭގެ ފީޒިބިލިޓީ ސްޓަޑީ ސްޓޭޖު ނިންމައި، ސަރވޭ ޑިޒައިން ސްޓޭޖް ނިންމައި ކޮންސްޓްރަކްޝަން ސްޓޭޖާ ހަމައަށް ދިޔުމަށް. އަދި މިއިން ކޮންމެ ސްޓޭޖެއްގައި ވެސް ޗައިނާގައި ޓެންޑަރ ކުރެވިގެން، ޕްރޮކިއޮ ކުރެވިގެން، ވަކި ބަޔަކު ހޯދައިގެން އެ ބަޔަކު އައިސް މަސައްކަތްކޮށްފައި އަނެއް ސްޓޭޖަށް ދިޔުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްގެން އަބަދުވެސް ކުރިއަށްދަނީ. އެ އުސޫލުން މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދަނީ. މިހާރު ގޮސްފައި އޮތް ހިސާބަކީ، ފީޒިބިލިޓީ ސްޓަޑީގެ މަސައްކަތް ނިންމައި ސަރވޭއިން ޑިޒައިން ކުރާނެ ބަޔަކު ހޮވައި، ޓެންޑަރގެ މަސައްކަތް ނިންމާ މިހާރު ބަޔަކު ހޮވާފައިވަނީ. މި މެއި މަސް ތެރޭގައި ސަރވޭއިން ޑިޒައިން މަސައްކަތްކުރުމަށްޓަކައި އެޓީމް މި ކޮޅަށް އަންނާނީ. އަދި ސަރވޭއިން ޑިޒައިން މަސައްކަތް ނިމުމަށްފަހުގައި އަނެއްކާވެސް އެ ޑިޒައިން ފައިނަލްވީމާ، ޗައިނާގެ ޓެންޑަރކުރާނެ ކޮންޓްރެކްޓަރެއް ހޮވުމުގެ މަސައްކަތް، އެ ކޮންޓްރެކްޓަރަކަށް ހޮވުނީމާ އެހިސާބުން ޢަމަލީ މަސައްކަތް ފެށިގެންދާނީ. އެހެންވީމާ، މި މަޝްރޫޢުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ގޮތަށް ކަނޑައަޅާފައި ވަގުތަށް ކުރިއަށް ގެންދާނެ.
 ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބު

މިނިސްޓަރ ވިދާޅުވީ މިއީ ހަމައެކަނި ޗައިނާގެ ހިލޭ އެހީއާ ގުޅިފައި ހުރިކަމެއް ނޫން ކަމަށެވެ. އަދި އެހެން ޤައުމުތަކުން ދޭ ހިލޭ އެހީގައި ވެސް މި ކަންތައް ކުރިއަށްދާ ގޮތް އެއީ ކަމަށާއި، ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ އިރުމަތީ ފަރާތުގެ ތޮށި މަރާމާތުކުރުމުގެ މަސައްކަތް މިހާރު ފެށުމަށް ތައްޔާރުވެފައިވާ އިރު، އެ މަޝްރޫޢަކީ ރައީސް ޔާމީން ސަރުކާރުގެ ފަހުކޮޅުން ފެށިގެން މަސައްކަތް ފެށި މަޝްރޫޢެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރުން ހުއްޓުމެއް ނެތި ވީހާވެސް އަވަހަކަށް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކަނޑައެޅިފައި އޮތް ގޮތަށް ކުރިއަށް ދާ ކަމަށެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއަބްދުﷲ މުއްތަލިބުމާލެޗައިނާމަގު ހެދުމުގެ މަޝްރޫޢު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް ފަހުމުނާމާއެއް ބަދަލުކޮށްފި

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް ފަހުމުނާމާއެއް ބަދަލުކޮށްފި

04 މެއި 2026
ސަރުކާރުން އެއްވެސް ކަމެއް ނުކުރޭ، ކުރި ހުރިހާ ކަމެއް ވެސް އޮތީ ހުއްޓިފައި: އިހަވަންދޫ މޫސާ މަނިކު

ސަރުކާރުން އެއްވެސް ކަމެއް ނުކުރޭ، ކުރި ހުރިހާ ކަމެއް ވެސް އޮތީ ހުއްޓިފައި: އިހަވަންދޫ މޫސާ މަނިކު

03 މެއި 2026
ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ

ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ

03 މެއި 2026
މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

03 މެއި 2026
މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހީ މި ސަރުކާރުން، ގެންގުޅެނީ ވަށާޖެހޭ އަދުލުވެރި ސިޔާސަަތެއް: ރައީސް

މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހީ މި ސަރުކާރުން، ގެންގުޅެނީ ވަށާޖެހޭ އަދުލުވެރި ސިޔާސަަތެއް: ރައީސް

01 މެއި 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު