ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި
ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާގެ މައްސަލަތައް ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމައިފި. މި މައްސަލަތައް ބޭރުކޮށްލީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުންތައް ގާނޫނާ ހިލާފުވާ ސަބަބެއް ބަޔާންކޮށްދެވިފައި ނުވާތީ ކަމަށް ހައިކޯޓުން ބުނެ. މީގެ ތެރޭގައި ހިމެނެނީ ވޯޓު ފޮށިތަކެއް އަލުން ގުނުމަށް އެދި ހުށަހެޅި މައްސަލަތަކެއް ކަމަށްވާއިރު، ރަޖިސްޓްރާގެ މި ނިންމެވުން މުރާޖައާ ކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީއަށް އޮންނާނެ.


އެޕްރީލް 4 ވީ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން | އިލެކްޝަންސް ކޮމިޝަން
ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލައެއް ބޭރުކޮށްލައިފި އެވެ.
ހައިކޯޓުގެ ވެބްސައިޓުގައި ވާ ގޮތުން ބުރާސްފަތި ދުވަހު ބޭރުކޮށްލާފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ.
އެގޮތުން ގއ. ކޮލަމާފުށީގައި ބެހެއްޓި P1.2 ވޯޓު ފޮށި ގުނި އިރު، އިންތިހާބުތަކާ ބެހޭ ގާނޫނާ ހިލާފަށް ބާތިލް ވޯޓު ކަނޑައަޅާފައިވާތީ އާއި ވޯޓުގެ އަދަދުތަކާ މެދު މައްސަލަތައް ދިމާވިކަން ހާމަވާތީ، އެ މައްސަލަތައް ހެއްކާއެކު އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުމުން، ޝަކުވާއާ ގުޅޭ ހެއްކާއި ގަރީނާއަށް ބެލުމެއް ނެތި ހެކި ގަރީނާ ހުށަހަޅާފައި ނުވާކަމަށް ބުނެ، ޖަވާބު ދީފައިވާތީ އާއި ކެނޑިޑޭޓުންގެ މެދުގައިވާ ވޯޓު ފަރަގު ކުޑަކަމުން، ބާތިލް ވޯޓު އަލުން ބަލައިފިނަމަ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން، އެ ފޮށީގެ ވޯޓު ކަރުދާސްތައް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑައި އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އިންތިހާބީ ޝަކުވާ ހުށަހަޅާ ފޯމުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.
މީގެ އިތުރުން ދެވަނަ މައްސަލަ އަކީ ހުޅުމާލޭގައި ބެހެއްޓި YT.20 ވޯޓު ފޮށި ގުނި އިރު، އެ ފޮއްޓަށް ލާފައިވާ ހއ. އިހަވަންދޫގެ ކައުންސިލް ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރި ކެނޑިޑޭޓުގެ 2 ސައްހަ ވޯޓު ބާތިލްކަމަށް ކަނޑައަޅާފައިވުމުން، ވޯޓުގެ ޖުމްލަ އަދަދުތަކާމެދު މައްސަލަތައް ދިމާވިކަން ހާމަވާތީ، އެ މައްސަލަތައް ހެއްކާއެކު އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުމުން، ވޯޓު ފަރަގު ބޮޑުކަމުން، ނަތީޖާއަށް ބަދަލު ނާންނާތީ އެއްވެސް ފިޔަވަޅެއް ނާޅަން ނިންމާ ޖަވާބު ދީފައިވާތީއާއި ކެންޑިޑޭޓުންގެ މެދުފައިވާ ވޯޓުގެ ފަރަގު ބާތިލް ވޯޓުގެ އަދަދަށްވުރެ ކުޑަކަމުން، ބާތިލް ވޯޓު އަލުން ބަލައިފިނަމަ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން، އެ ފޮށީގެ ވޯޓު ކަރުދާސްތައް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑައި އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އިންތިހާބީ ޝަކުވާ ހުށަހަޅާ ފޯމުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.
ތިންވަނަ މައްސަލައަކީ ހުޅުމާލޭގައި ބެހެއްޓި T16.8 ވޯޓު ފޮށި ގުނި އިރު، ބާތިލް ވޯޓެއް ސައްހަ ވޯޓު ބާތިލްކަމަށް ކަނޑައަޅާފައިވުމުން، ވޯޓުގެ ޖުމްލަ އަދަދުތަކާމެދު މައްސަލަތައް ދިމާވިކަން ހާމަވާތީ، އެ މައްސަލަތައް ހެއްކާއެކު އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުމުން، ވޯޓު ފަރަގު ބޮޑުކަމުން، ނަތީޖާއަށް ބަދަލު ނާންނާތީ އެއްވެސް ފިޔަވަޅެއް ނާޅަން ނިންމާ ޖަވާބު ދީފައިވާތީއާއި ކެންޑިޑޭޓުންގެ މެދުފައިވާ ވޯޓުގެ ފަރަގު ބާތިލް ވޯޓުގެ އަދަދަށްވުރެ ކުޑަކަމުން، ބާތިލް ވޯޓު އަލުން ބަލައިފިނަމަ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން، އެ ފޮށީގެ ވޯޓު ކަރުދާސްތައް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑައި އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އިންތިހާބީ ޝަކުވާ ހުށަހަޅާ ފޯމުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.
ހަތަރުވަނަ މައްސަލައަކީ މާލޭގައި ބެހެއްޓި PT.1 ވޯޓު ފޮށި ގުނި އިރު، އިންތިހާބުތަކާ ބެހޭ ގާނޫނާ ހިލާފަށް ބާތިލް ވޯޓު ކަނޑައަޅާފައިވާތީ އާއި ހަމަ އެ ފޮށި ގުނަމުން ދިޔައިރު ހަމަ އެހެން ހުރި ވޯޓު ބާތިލްކޮށްފައިވާތީ، ވޯޓުގެ އަދަދުތަކާ މެދު މައްސަލަތައް ދިމާވިކަން ހާމަވާތީ، އެ މައްސަލަތައް ހެއްކާއެކު އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުމުން، ޝަކުވާއާ ގުޅޭ ހެކި ގަރީނާއަށް ބެލުމެއް ނެތި ހެކި ގަރީނާ ހުށަހަޅާފައި ނުވާކަމަށް ބުނެ، ޖަވާބު ދީފައިވާތީ އާއި ކެނޑިޑޭޓުންގެ މެދުގައިވާ ވޯޓު ފަރަގު ކުޑަކަމުން، ބާތިލް ވޯޓު އަލުން ބަލައިފިނަމަ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން، އެ ފޮށީގެ ވޯޓު ކަރުދާސްތައް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑައި އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އިންތިހާބީ ޝަކުވާ ހުށަހަޅާ ފޯމުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.
ފަސްވަނަ މައްސަލައަކީ ރ. މަޑުއްވަތީގައި ބެހެއްޓި E11.1 ގެ ވޯޓު ގުނި އިރު، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތައްރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ދެ ފޮށި އެކުގައި ގުނުމުގެ ސަބަބުން އެއްވެސް ގޮތަކަށް އެއްވެސް ކެނޑިޑޭޓަކަށް ލިބުނު ވޯޓު ސާފުނުވާތީ، ވޯޓުގެ އަދަދުތަކާ މެދު މައްސަލަތައް ދިމާވިކަން ހާމަވާތީ، އެ މައްސަލަތައް ހެއްކާއެކު އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުމުން، ޝަކުވާއާ ގުޅޭ ހެކި ގަރީނާއަށް ބެލުމެއް ނެތި ހެކި ގަރީނާ ހުށަހަޅާފައި ނުވާކަމަށް ބުނެ، ޖަވާބު ދީފައިވާތީ އާއި ކެނޑިޑޭޓުންގެ މެދުގައިވާ ވޯޓު ފަރަގު ކުޑަކަމުން، ބާތިލް ވޯޓު އަލުން ބަލައިފިނަމަ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން، އެ ފޮށީގެ ވޯޓު ކަރުދާސްތައް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑައި އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އިންތިހާބީ ޝަކުވާ ހުށަހަޅާ ފޯމުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.
ހަވަނަ މައްސަލައަކީ އއ. މަތިވެރީގައި ބެހެއްޓި U4.1 ވޯޓު ފޮށި ގުނިއިރު، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތައްރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ދެ ފޮށި އެކުގައި ގުނުމާއި، ގުނާ މީހާ އާއި މޭޒު ހަމަ ލޮލަށް ފެންނަ ވަރަށްވުރެ ދުރުގައި ހުރިކަމާއި، އަދި ވެރިޔާއަށް ފިޓު ޖެހުމަށްފަހު ގުނުމުގައި އާއި ސައްހަ ބާތިލު ކަނޑައެޅުމުގައި މައްސަލަޖެހިފައިވާތީ އާއި، ބާތިލް ކަނޑައެޅި އިރުގައި ރަނގަލަށް ކަރުދާސްތައް ދައްކާފައި ނުވާތީ، ވޯޓުގެ އަދަދުތަކާ މެދު މައްސަލަތައް ދިމާވިކަން ހާމަވާތީ، އެ މައްސަލަތައް ހެއްކާއެކު އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުމުން، ޝަކުވާއާ ގުޅޭ ހެކި ގަރީނާއަށް ބެލުމެއް ނެތި ހެކި ގަރީނާ ހުށަހަޅާފައި ނުވާކަމަށް ބުނެ، ޖަވާބު ދީފައިވާތީ އާއި ކެނޑިޑޭޓުންގެ މެދުގައިވާ ވޯޓު ފަރަގު ކުޑަކަމުން، ބާތިލް ވޯޓު އަލުން ބަލައިފިނަމަ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން، އެ ފޮށީގެ ވޯޓު ކަރުދާސްތައް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑައި އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އިންތިހާބީ ޝަކުވާ ހުށަހަޅާ ފޯމުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.
ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ހުށަހަޅާފައިވާ މައްސަލަތަކުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއާ ގުޅިގެން އެކޮމިޝަނުން ނިންމި ނިންމުން ގާނޫނާ ހިލާފުވާ ސަބަބަެއް ބަޔާންކޮށްދީފައި ނުވާތީ، ގާނޫނޫ ނަންބަރު 11/2008 (އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު) ގެ 64 ވަނަ މާއްދާއަށް ހަވާލާދީ، އިންތިހާބީ ޝަކުވާގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ އެ ކޯޓަށް ބަލައިގަނެވބެން ނެތްކަން އަންގާ ކަމަށެވެ.
ހައިކޯޓުގެ ރަޖިސްޓްރާގެ މި ނިންމެވުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ ނިންމެވުން މުރާޖައާ ކޮށްދިނުމަށް އެދި ހަތް ދުވަހުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީއަށް އޮންނާނެއެވެ.








