Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިހާބު

އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ޑަބްލިއުޑީސީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ރަކީދޫ އާއި މ. ރަތްމަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު، 2026 މޭ 18 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައި. މި ދެ ރަށުގެ އިންތިޚާބު ޖޫން 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ކުރިމަތިލާން އެދޭ ފަރާތްތަކުން "މައި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ޖޫން 22 ވާ ހޯމަ ދުވަހު.

މަޚްތޫމް
މަޚްތޫމް | 3 މެއި 2026 | އާދީއްތަ 20:16
ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން. | ރާއްޖެ އެމްވީ

2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ވ. ރަކީދޫ އަދި މ. ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރަންޖެހޭ ޢަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، މި ދެ ރަށުގައި ބާއްވަންޖެހޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، 2026 ޖޫން 20 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވ. ރަކީދޫ އަދި މ. ރަތްމަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުކުރަންޖެހޭ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް 2026 މޭ 18 ވާ ހޯމަ ދުވަހުގެ 15:00 އާ ހަމައަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފަ އެވެ. މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 15:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އާ ހަމައަށެވެ.

Advertisement - newsAdvertisement

މި ރަށްތަކުގައި އިންތިޚާބުކުރަންޖެހޭ މަޤާމުތަކުގެ ތެރޭގައި ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަޤާމަށް އެއް މެންބަރު ހިމެނެ އެވެ. އަދި މ. ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް އެއް މެންބަރު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަޤާމަށް ދެ މެންބަރުން ހިމެނެ އެވެ.

ވ. ރަކީދޫ އަދި މ. ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 ޖޫން 20 ވާ ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 22 ވާ ހޯމަ ދުވަހުގަ އެވެ.

ރަކީދޫމ. ރަތްމަންދޫއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

02 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު

02 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު
02 މެއި 2026

"އާދްމީ ހަތަމް، ކާމް ހަތަމް"

02 މެއި 2026
"އާދްމީ ހަތަމް، ކާމް ހަތަމް"
01 މެއި 2026

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި

01 މެއި 2026
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި
01 މެއި 2026

ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި

01 މެއި 2026
ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި
30 އެޕްރީލު 2026

އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް

30 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު