Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީސީ އެމްޑީޕީ ދެކޮޅުވެރިކަން

އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް

އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާތައް ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމަށް އެ ޕާޓީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި، އެ ކޮމިޝަނުގެ ރައީސަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކޮށްފަ. ސަރުކާރަށް 12 ޑިމާންޑެއް ހުށަހަޅައިގެން ކުރިއަށްގެންދާ މި މުޒާހަރާތަކުގައި ފުލުހުން އަމަލުކުރަމުންދަނީ ގާނޫނާ ހިލާފަށް ކަމަށްވެސް އެމްޑީޕީން ތުހުމަތުކުރޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 30 އެޕްރީލު 2026 | ބުރާސްފަތި 01:36
އެމްޑީޕީގެ ސިލްސިލާ މުޒާހަރާގެ ތެރެއިން  29.04.2026

އެމްޑީޕީގެ ސިލްސިލާ މުޒާހަރާގެ ތެރެއިން 29.04.2026 | ސްކްރީން އިމޭޖް

ސިލްސިލާކޮށް އިދިކޮޅު އެމްޑީޕީ އިން ހިންގަމުންދާ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް އަމާޒުކޮށްފި އެވެ.

އެމްޑީޕީ އިން ބުދަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ވިދާޅުވީ އެމްޑީޕީގެ މުޒާހަރާތައް ކުރިއަށް ނުގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ އަށް އަންގާފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ޒާތީ ގޮތުން ދިމާ ނުކުރުމަށް އީސީ އިން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެފަދަ ކަމެއް އެމްޑީޕީގެ މުޒާހަރާތަކުގައި ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އަކީ ކޮރަޕްޓް ބޭފުޅެއް ކަމަށް ތުހުމަތު ކުރައްވާ އަންވަރު ވަނީ އޭނާ މަޤާމުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

"އޭނާ އެ ވަނީ 32،000 އަށް ވުރެ ގިނަ މީހުން ޕާޓީ އަކަށް ވަގަށް ވައްދާފައި. މިހާރު އެ ދަނީ އެމްޑީޕީ ޖޫރިމަނާކުރަން ތައްޔާރު ވަމުން. ޕާޓީ އަށް ފައިސާ ނުދީ އެ ފައިސާ އަކީ ޖޫރިމަނާ ފައިސާ އަށް ހަދަން އެ ވިސްނަނީ." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ މުޒާހަރާގައި ފުލުހުން، މުޒާހަރާތައް ހުއްޓުވުމަށް މަސައްކަތް ކުރާ ގޮތަށް މުޒާހަރާގެ ބައިވެރިން ވަނީ ފާޑު ކިޔާފަ އެވެ. އެ މުޒާހަރާގައި ޤާނޫނީ ވަކީލް މުހައްމަދު ނިޝާން ވަނީ ފުލުހުން އަމަލުކުރަމުން ދަނީ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދަނީ ކޮންމެ ރެއެއްގެ 09:00 އިން 12:00 އަށެވެ. މި މުޒާހަރާތަކުގައި އެމްޑީޕީ އިން ދަނީ 12 ޑިމާންޑެއް ސަރުކާރަށް ކުރަމުންނެވެ.

އެމްޑީޕީއިލެކްޝަންސް ކޮމިޝަންއަންވަރު އިބްރާހިމްމުޙައްމަދު ޒާހިދުމުޒާހަރާ

އިތުރަށް ކިޔާލަން

29 އެޕްރީލު 2026

މީކާއިލް ސަޕޯޓަރުންނަށް: ވާދަކުރާ ފަރާތްތަކަށް މަލާމާތުގެ ބަސްތައް، ފުރައްސާރައިގެ ބަސްތައް ރައްދު ނުކުރޭ

29 އެޕްރީލު 2026
މީކާއިލް ސަޕޯޓަރުންނަށް: ވާދަކުރާ ފަރާތްތަކަށް މަލާމާތުގެ ބަސްތައް، ފުރައްސާރައިގެ ބަސްތައް ރައްދު ނުކުރޭ
29 އެޕްރީލު 2026

ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް

29 އެޕްރީލު 2026
ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް
28 އެޕްރީލު 2026

އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް

28 އެޕްރީލު 2026
އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް
28 އެޕްރީލު 2026

ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް

28 އެޕްރީލު 2026
ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް
27 އެޕްރީލު 2026

މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހަައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި

27 އެޕްރީލު 2026
މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހަައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު