Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޝާ ޑޮކިއުމަންޓްރީ

އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދާއި ސީއީއޯ ހުސައިން ފިޔާޒުގެ ޕާސްޕޯޓު ހިފަހައްޓައި، ފުލުހުން ވަނީ ތަހުގީގަށް ހަސަން ހާޒިރުކޮށްފައި. ގަޛުފުގެ ކުށާއި ކުށެއް ކުރުމަށް ރޭވުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު، މި މައްސަލައިގައި ހަސަން ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އެޕްރީލު 2026 | ބުދަ 08:05
އަދަދު އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ).

އަދަދު އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ). | އަދަދު

އޮންލައިން ނޫސް "އަދަދު" ގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލައިގެ ތަހުގީގަށް ހާޒިރުވެ، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ) ހަނު ހުރުމުގެ ޙައްޤު ބޭނުންކޮށްފި އެވެ.

އަދަދު ނޫހުން ގެނެސްދީފައިވާ ޑޮކިއުމަންޓްރީގެ މައްސަލައިގައި އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަން މިހާތަނަށް ތަހުގީގީ އެއްވެސް އިދާރާއަކުން ނިންމާފައިނުވާއިރު، އެ މައްސަލައިގެ ތަހުގީގަށް ބަލާ ފާސްކުރުމަށް ފުލުހުން ގޮސްފައި ވަނީ ހޯމަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ އިތުރުން ހަސަންގެ ޕާސްޕޯޓު ހިފަހައްޓައި ތަހުގީގަށް ހާޒިރުވާން އަންގާފައިވާއިރު، ބުދަ ދުވަހުގެ ހެނދުނު ހަސަނު ވަނީ ތަހުގީގަށް ހާޒިރުވެފަ އެވެ. އޭނާގެ ވަކީލު ސައްޔާހު ޚަލީލު ވިދާޅުވި ގޮތުގައި އޭނާ ވަނީ ހަނު ހުރުމުގެ ޙައްޤުގެ ބޭނުން ހިފާފަ އެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ތަކުގެ ތެރޭގައި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ދަށުން މީހަކު ކުރާ އަމަލަކަށް އެހެން މީހަކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށާއި، ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަންބަރުގެ ދަށުން މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށާއި، ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޛުފުގެ ކުށާއި، ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށެއް ކުރުމަށް އެދުމުގެ ކުށާއި، ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާގެ ދަށުން ކުށެއް ކުރުމަށް ރޭވުމުގެ ކުށް ހިމެނެއެވެ. 

މި މައްސަލައިގެ ތަހުގީގު ނުނިމެނީސް ދާޚިލީ ވަޒީރު އަލީ އިޙްސާން ވަނީ  ހަގީގަތާ ޚިލާފު ސީރިއަސް ތުހުމަތުތަކެއް އުފައްދައިގެން (ފެބްރިކޭޓްކޮށްގެން) ފެތުރުމަކީ ނޫސްވެރިކަމެއް ނޫންކަމަށް ވިދާޅުވެ، އެ ޑޮކިއުމަންޓްރީގައި ގެނެސްދީފައި ވަނީ ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެފަ އެވެ.   

އަދަދުއައިޝާ ޑޮކިއުމެންޓްރީމުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

28 އެޕްރީލު 2026

އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް

28 އެޕްރީލު 2026
އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް
28 އެޕްރީލު 2026

'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

28 އެޕްރީލު 2026
'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް
28 އެޕްރީލު 2026

ތަހުގީގު ނުނިމެނީސް ރައީސާ ގުޅޭގޮތުން އަދަދު ނޫހުން ގެނެސްދިނީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ވަޒީރު ވިދާޅުވެއްޖެ

28 އެޕްރީލު 2026
ތަހުގީގު ނުނިމެނީސް ރައީސާ ގުޅޭގޮތުން އަދަދު ނޫހުން ގެނެސްދިނީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ވަޒީރު ވިދާޅުވެއްޖެ
28 އެޕްރީލު 2026

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި

28 އެޕްރީލު 2026
"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި
27 އެޕްރީލު 2026

"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

27 އެޕްރީލު 2026
"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު