Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

'އަދަދު' ނޫހުން އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީސް ބަލައިފާސްކޮށް ތަކެތި ގެންދިޔަ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި މި މައްސަލަ ބަލައިނުގަތުމަށް މަޖިލީހުގެ ރައީސް ނިންމެވީ، އެއީ ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ އަދި ކުއްލި މައްސަލައެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ މައްސަލައެއް ނޫން ކަމަށް ވިދާޅުވަމުން. މި މައްސަލައިގައި މެންބަރު ތުހުމަތު ކުރައްވާފައިވަނީ ފުލުހުންގެ މި އަމަލަކީ މީޑިއާގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 28 އެޕްރީލު 2026 | އަންގާރަ 06:40
ފުލުހުން އަދަދު ނޫހުގެ އޮފީހުގައި ހަރަކާތްތެރި ވަނީ: ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ މުދަލާ ތަކެތި ގެންގޮސްފައި

ފުލުހުން އަދަދު ނޫހުގެ އޮފީހުގައި ހަރަކާތްތެރި ވަނީ: ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ މުދަލާ ތަކެތި ގެންގޮސްފައި | ރާއްޖެ އެމްވީ

 'އަދަދު' ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން އަދަދު ނޫޙުގެ އޮފީހަށް ވަދެ، މުދަލާއި، ތަކެތި ގެންގޮސްފައިވާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފި އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވަނީ އެކަމާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލައިގައި ބުނީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު 'އަދަދު' ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ޒާތީ ގުޅުމެއް އޮތް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވ.

Advertisement - newsAdvertisement

އެގޮތުން ރައީސްގެ ހައިސިއްޔަތުން އެކަށީގެން ނުވާ އަދި އިސްލާމީ ޝަރީއަތުގައި މަނާކޮށްފައިވާ ފަދަ އަމަލުތަކެއް ރައީސްގެ އޮފީހުގެ ތެރޭގައި ހިންގާފައިވާ ކަމަށް އެ މުވައްޒަފު އެ ޑޮކިއުމަންޓްރީގައި ތުހުމަތު ކޮށްފައިވާ ކަމަށް މައްސަލައިގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

ކުއްލި މައްސަލައިގައި ބުނީ މި ޑޮކިއުމަންޓްރީ ދެއްކިތާ އެއް މަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ އެތަނުގެ މުދާތައް ގެންގޮސްފައި ވަނީ މި ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަކާ ގުޅިގެން ރައީސް އެކަން ދޮގު ކުރައްވާ އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ކަމަށެވެ.

ނޫހަކުން އާންމުކުރާ ކޮންޓެންޓާ ގުޅޭގޮތުން އުފެދޭ ޚިޔާލު ތަފާތު ވުމުގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ރެގިއުލޭޝަންގެ ގާނޫނުން ޚާއްސަ މެކޭނިޒަމެއް އެކަށައަޅާފައިވާއިރު އެ އިޖުރާއަތުން ބޭރުވެ ފުލުހުން ގަދަބާރުން މިނިވަން މީޑިއާ އެއްގެ އޮފީހަށް ވަދެ ބަލާފާސް ކޮށް، މުދާ ހިފެހެއްޓުމަކީ އާންމު ގޮތެއްގައި މީޑިއާތަކުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށް ވެސް މައްސަލައިގައި ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން އަދަދު ނޫހަކީ ސަރުކާރުގެ ނިންމުންތަކާއި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭގޮތުން ހޯދުންތައް ހޯދައި ގިނަ ރިޕޯޓުތަކެއް ޝާއިއުކުރަމުންދާ ނޫހެއް ކަން މައްސަލައިގައި ފާހަގަ ކޮށްފައިވާއިރު މިއީ އެ ސަބަބަށްޓަކައި އެ ނޫސް ހުއްޓުވުމުގެ ބޭނުމުގައި ފުލުހުން ހިންގި އަމަލެއް ކަމަށް ތުހުމަތު ކުރުމުގެ ޖާގަ ލިބޭ ކަމަށް ވެސް ކުއްލި މައްސަލައިގައި ވަނީ ބުނެފަ އެވެ. 

އެހެންކަމުން ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ އަދުލު އިންސާފާ ހަމަހަމަކަން ގާއިމްކުރުމަށްޓަކައި އަދަދު ނޫސް ބަލާފާސް ކުރުމާއި އެ ނޫހުގެ މުދާ ހިފެހެއްޓުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ރައްޔިތުންގެ މަޖިލީހުން ތަހުގީގު ކުރުމަށް ގޮވާލައި މެންބަރު މީކާއިލް ވަނީ ކުއްލި މައްސަލަ ހުށަހަޅުއްވާފަ އެވެ. 

ނަމަވެސް ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލައަކަށް ވާން ވާނެ ކަމަށް ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ކުއްލި މައްސަލައިގައި ބަޔާން ކުރާ ކަންކަމަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލައެއް ކަން ކަށަވަރު ކުރުމަކީ އެ މައްސަލަ ހުށަހަޅާ މެންބަރު ކުރައްވަން ޖެހޭ ކަމެއް ކަމަށެވެ. 

އެހެން ނަމަވެސް މެންބަރު ހުށަހެޅުއްވި މައްސަލައިގައި ކުއްލިމައްސަލައިގައި ހުންނަންވާ ޝަރުތުތައް ހަމަނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެހެން ނަމަވެސް މެންބަރު ހުށަހަޅުއްވާފައިވާ މައްސަލައިގައި ފުލުހުން ގަދަބާރުން މިނިވަން މީޑިއާއަކަށް ވަދެ ބަލައިފާސްކޮށް މުދާ ހިފެހެއްޓުމަކީ އާންމު ގޮތެއްގައި މީޑިއާތަކުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބަޔާންކޮށްފައިވާއިރު ފުލުހުން އަދަދު ނޫހަށް ވަދެފައިވަނީ ބަލައިފާސް ކުރުމުގެ ކޯޓު އަމުރެއްގެ ދަށުންކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. 
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އޭގެ އިތުރުން ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމަށް އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑު ކިޔުމުގެ ގޮތުން ހުށަހަޅާ މައްސަލައެއް ކަމަށާ މި ޝަރުތުތައް ވެސް އެ މައްސަލައިގައި ހަމަނުވާ ކަމަށް އިއުލާނު ކުރައްވާ ރިޔާސަތުން ވަނީ މި މައްސަލަ ބަލައިނުގަތުމަށް ނިންމަވާފަ އެވެ. 

އަދަދު ނޫސްއައިޝާ ޑޮކިއުމެންޓްރީމީކާއިލް އަހުމަދު ނަސީމްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވުން: މިނިސްޓަރު

ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވުން: މިނިސްޓަރު

28 އެޕްރީލު 2026
ތަހުގީގު ނުނިމެނީސް ރައީސާ ގުޅޭގޮތުން އަދަދު ނޫހުން ގެނެސްދިނީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ވަޒީރު ވިދާޅުވެއްޖެ

ތަހުގީގު ނުނިމެނީސް ރައީސާ ގުޅޭގޮތުން އަދަދު ނޫހުން ގެނެސްދިނީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ވަޒީރު ވިދާޅުވެއްޖެ

28 އެޕްރީލު 2026
"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި

28 އެޕްރީލު 2026
14 ވަޒީރަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

14 ވަޒީރަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

27 އެޕްރީލު 2026
"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

27 އެޕްރީލު 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު