Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޝާ ޑޮކިއުމަންޓްރީ

ތަހުގީގު ނުނިމެނީސް ރައީސާ ގުޅޭގޮތުން އަދަދު ނޫހުން ގެނެސްދިނީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ވަޒީރު ވިދާޅުވެއްޖެ

28 އެޕްރީލު 2026 | އަންގާރަ 05:48

އަދަދު ނޫހުން ރައީސުލްޖުމްހޫރިއްޔާގެ އަބުރަށް އަރައިގަނެ ދޮގު ތުހުމަތުތަކެއް ކޮށްފައިވާތީ، އެ މީޑިއާ ފުލުހުން ބަލައި ފާސްކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ ދޮގު މައުލޫމާތު ފަތުރައިގެން މީހުންގެ އަބުރު ކަތިލުމަށް އޮތް ހުއްދައެއް ނޫންކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ގާނޫނަށްވުރެ މަތީގައި އެއްވެސް ފަރާތެއް ނުވާނެ ކަމަށެވެ. އަދި ފުލުހުންގެ މި ތަހުގީގަކީ ގާނޫނީ ސިޔާދަތު ދެމެހެއްޓުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އެޕްރީލު 2026 | އަންގާރަ 05:48
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން | ރައީސް އޮފީސް

އޮންލައިން ނޫސް "އަދަދު" ގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް، އެ ޑޮކިއުމަންޓްރީގައި ގެނެސްދީފައި ވަނީ ދޮގު ވާހަކަތަކެއްކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އަދަދު ނޫހުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ޒިނޭގެ ދޮގު ތުހުމަތުތަކެއް ކޮށްފައިވާކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި އެ ޚަބަރު ފެތުރި މީޑިއާ އައުޓްލެޓް ފުލުހުން ތަހުގީގުކޮށް ބަލައި ފާސްކުރުމަކީ ރަނގަޅު ނިންމުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި އޮތް ނަމަވެސް، އެއީ ދޮގު ވާހަކަތައް ފަތުރައިގެން މީހުންގެ އަބުރު ކަތިލުމަށް ދީފައިވާ ހުއްދައެއް ނޫންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ބައެއް މާއްދާތަކަށް ވެސް ޙަވާލާ ދެއްވާފައެވެ. އެގޮތުން އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ޚަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ޚިޔާލުތައް ފެތުރުމުގެ މިނިވަންކަން ނޫސްވެރިކަމަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ކޮންމެ މީހަކަށްމެ، އެމީހެއްގެ އަބުރާއި ގަދަރު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާކަމަށް ވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ހަގީގަތާ ޚިލާފު ސީރިއަސް ތުހުމަތުތަކެއް އުފައްދައިގެން (ފެބްރިކޭޓްކޮށްގެން) ފެތުރުމަކީ ނޫސްވެރިކަމެއް ނޫން ކަމަށެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓު ނިންމަވާލައްވަމުން ވަޒީރު ވިދާޅުވެފައި ވަނީ ގާނޫނަށްވުރެ މަތީގައި އެއްވެސް ފަރާތެއް ނުވާ ކަމަށެވެ.

އަދަދު ނޫހުން ގެނެސްދީފައިވާ ޑޮކިއުމަންޓްރީގެ މައްސަލައިގައި އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަން މިހާތަނަށް ތަހުގީގީ އެއްވެސް އިދާރާއަކުން ނިންމާފައިނުވާއިރު، އެ މައްސަލައިގެ ތަހުގީގަށް ބަލާ ފާސްކުރުމަށް ފުލުހުން ގޮސްފައި ވަނީ ވެސް ހޯމަ ދުވަހުގެރޭގެ ވަގުތެއްގައެވެ.

އެހެންނަމަވެސް ވަޒީރު މިހާރު ވަނީ އެއީ އަބުރަށް އަރައިގަތުންކަން ނިންމަވައި، އެއީ ފެބްރިކޭޓަޑް ވާހަކަތަކެއްކަމަށް ނިންމަވާފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ފުލުހުން އެ މަސައްކަތް ކުރަމުންދަނީ ގާނޫނީ ސިޔާދަތު ދެމެހެއްޓުމަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށެވެ.

އައިޝާ ޑޮކިއުމެންޓްރީއަދަދުއިހުސާން

އިތުރަށް ކިޔާލަން

28 އެޕްރީލު 2026

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި

28 އެޕްރީލު 2026
"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި
27 އެޕްރީލު 2026

"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

27 އެޕްރީލު 2026
"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި
27 އެޕްރީލު 2026

އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު

27 އެޕްރީލު 2026
އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު
23 އެޕްރީލު 2026

ޔުމްނުގެ މައްސަލައިގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅެއް އަޅާފައިވޭތޯ ނުވަތަ ނޫންތޯ މިނިސްޓަރަށް ވިދާޅުވެ ނުދެއްވުނު!

23 އެޕްރީލު 2026
ޔުމްނުގެ މައްސަލައިގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅެއް އަޅާފައިވޭތޯ ނުވަތަ ނޫންތޯ މިނިސްޓަރަށް ވިދާޅުވެ ނުދެއްވުނު!
23 އެޕްރީލު 2026

މަޖިލީހުގެ ނައިބު ރައީސް ނާޒިމްއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް ފުލުހުން އެކުލަވާލިކަމަށް ބުނާ ވާހަކަ ވަޒީރު ދޮގު ކުރައްވައިފި

23 އެޕްރީލު 2026
 މަޖިލީހުގެ ނައިބު ރައީސް ނާޒިމްއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް ފުލުހުން އެކުލަވާލިކަމަށް ބުނާ ވާހަކަ ވަޒީރު ދޮގު ކުރައްވައިފި
23 އެޕްރީލު 2026

މަރުގެ ޙުކުމް ތަންފީޒުކުރާ ވާހަކައަކީ ތާއީދުހޯދަން ރައީސް ދައްކަވާ ވާހަކައެއް ނޫން، އެކަން ކުރާނަން: އިޙުސާން

23 އެޕްރީލު 2026
މަރުގެ ޙުކުމް ތަންފީޒުކުރާ ވާހަކައަކީ ތާއީދުހޯދަން ރައީސް ދައްކަވާ ވާހަކައެއް ނޫން، އެކަން ކުރާނަން: އިޙުސާން
23 އެޕްރީލު 2026

ދަނާލްގެ ޙާދިސާ: "އައިމް ސޯ ކްލޯސް ޓު ގިވިންގ އަޕް" އޭ ބުނެ ކުރި މެސެޖާ ގުޅިގެން ފުލުހުން އެތަނަށް ދިއުމާ ދޭތެރޭ 4 ގަޑިއިރަށްވުރެ ގިނައިރު ހޭދަވި!

23 އެޕްރީލު 2026
ދަނާލްގެ ޙާދިސާ: "އައިމް ސޯ ކްލޯސް ޓު ގިވިންގ އަޕް" އޭ ބުނެ ކުރި މެސެޖާ ގުޅިގެން ފުލުހުން އެތަނަށް ދިއުމާ ދޭތެރޭ 4 ގަޑިއިރަށްވުރެ ގިނައިރު ހޭދަވި!
21 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން

21 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން
12 މާރިޗު 2026

ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން

12 މާރިޗު 2026
ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން
05 މާރިޗު 2026

ހަނގުރާމައަށް ދިޔަ ބައެއްގެ ތެރެއިން ތުރުކީގެ ޖަލެއްގައި ތާށިވެފައި ހުރި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ އަނބުރާ ރާއްޖެ ގެނެސްފި

05 މާރިޗު 2026
ހަނގުރާމައަށް ދިޔަ ބައެއްގެ ތެރެއިން ތުރުކީގެ ޖަލެއްގައި ތާށިވެފައި ހުރި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ އަނބުރާ ރާއްޖެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް